Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖައިލަމްގެ މަރުގެ މައްސަލަ

ޖައިލަމްގެ މަރު: މިއަދުވެސް ޚުލާސާ ބަޔާން ކުރިއަކަށް ނުގެންދެވުނު

ޖައިލަމްގެ މަރުގެ މައްސަލައިގައި 4 މީހަކަށް ދައުލަތުން ދައުވާކުރޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 ޑިސެމްބަރު 2021 | ހޯމަ 05:04
ޖައިލަމްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ފަރާތްތައް

ޖައިލަމްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ފަރާތްތައް

ހ. ހަންޑްރެޑް ފްލާވާސް, ޖައިލަމް އަހުމަދު ޝާކިރުގެ މަރުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ޖައިލަމްގެ މަރުގެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުން ކޮށްގެން ޤަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ 4 މީހެއްގެ މައްޗަށެވެ. އެއީ ނަސީބު ސައީދު، އިސްމާއިލް އަނީޤު، އަލީ އިރުފާން އަދި މުޙައްމަދު ހުމައިދުއެވެ.

މި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީޤު ވަނީ ދައުލަތުން އެދިފައިވާ ގޮތަށް ޑޮކްޓަރުގެ ރިޕޯޓާއި ގުޅިގެން ޚަބީރެއްގެ ގޮތުން ހާޒިރު ކުރަން ބޭނުންވި ފަރާތް ހާޒިރު ނުކުރުމަށް ނިންމަވާފައެވެ. އެއީ ޖައިލަމްގެ މެޑިކޯ ލީގަލް ރިޕޯޓު ތައްޔާރު ކުރެއްވި ބިދޭސީ ޑޮކްޓަރުގެ ބަދަލުގައި ހާޒިރު ކުރަން އެދުނު، އެ ރިޕޯޓު ތަރުޖަމާ ކުރެއްވި ދިވެހި ޑޮކްޓަރެވެ.

ދެން މި މައްސަލައިގައި ކުރިއަށް ގެންގޮސްފައިވަނީ ޚުލާސާ ބަޔާން އިއްވުމެވެ. އެހެންނަަމަވެސް، މި އަޑުއެހުމުގައި އެއް ދިފާއީ ވަކީލު ކަމަށްވާ އަލީ ސައީދު ވަނީ ބައެއް ލިއެކިއުންތައް ލިބިފައިނުވާ ކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އަދި ސިއްރު ކޮށްފައި ދޫކުރެވެން ހުރި ލިއެކިއުންތައް ދޫކޮށްދިނުމަށް ވަކީލު އެދިވަޑައިގެންނެވިއެވެ. އެގޮތުން ޚުލާސާ ބަޔާން ތައްޔާރު ކުރުމުގައި ކޮންމެހެން ބޭނުންވާ ލިއެކިއުންތައް ލިބިފައިނުވާކަމަށް ދިފާއީ ވަކީލު ވިދާޅުވުމާއި ގުޅިގެން ގާޒީ ވަނީ އެކަމަށް ރިއާޔަތް ކުރެއްވުމަށް ނިންމަވައި، އަޑުއެހުން ކުރިއަށް ނުގެންދިއުމަށް ނިންމަވާފައެވެ.

އެހެންނަމަވެސް، ދިފާއީ ވަކީލު އަލީ ޝާހު ވަނީ އެ ލިއެކިއުންތައް އެހާ މުހިއްމު ނޫންކަމަށް ވިދާޅުވެފައެވެ.

ގާޒީ އިސްމާއިލް ޝަފީއު ވަނީ ނުލިބި ހުރި ލިއެކިއުންތައް ފާހަގަ ކުރައްވައި ޝަރީއަތަށް އެކަން އެންގުމަށް އަމުރު ކުރައްވާފައެވެ. އަދި އެއަށްފަހު ޖެނުއަރީ މަހު އިތުރު އަޑުއެހުމެއް ބާއްވަވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވިއެވެ. އެގޮތުން ޖެނުއަރީ މަހުގެ 2 ވަނަ ހަފުތާ ތެރޭގައި އަޑުއެހުމެއް ބާއްވަވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު