Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އައު އަހަރުގެ އަމާޒު

"ނިއު އިޔަރ ނިއުމީ"، އިބިލީހުގެ ކައިވެންޏަށް!

ގިނަ ބަޔަކު އަންނަނީ މިއަހަރު ނުވި ކަންތައްތައް މިއަންނަ އަހަރު ކުރުމަށް އަޒުމު ކަނޑައަޅަމުން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 27 ޑިސެމްބަރު 2021 | ހޯމަ 03:09
ގިނަ ބަޔަކު އަންނަނީ އައު އަހަރާއެކު ކުރާނެ ކަންތައްތައް ރާވަމުން

ގިނަ ބަޔަކު އަންނަނީ އައު އަހަރާއެކު ކުރާނެ ކަންތައްތައް ރާވަމުން

ކޮންމެ އަހަރެއް ނިމުމަކާ ގާތްވަމުންދާ ވަރަކަށް އެންމެ ގަދަޔަށް ދެކެވެމުންދާ ވާހަކައަކީ، އަންނަ އަހަރަށް ތިމާ ކުރާނެ ކަންތައްތަކުގެ ވާހަކައެވެ. އައު އަހަރާއި ދިމާކޮށް މީހާގެ އުޅުން ބަދަލުކުރާނެ ގޮތުގެ ވާހަކައެވެ. އަދި އަންނަން އޮތް އަހަރުގައި ކުރަން ރާވާފައިވާ ކަންކަމުގެ 'ބަކެޓް ލިސްޓް' ތަކެވެ. ނަމަވެސް ހިތާމައަކީ ކޮންމެ އަހަރެއް ނިމިގެންދާއިރު މި ކަނޑައަޅާ އަމާޒުތަކަށް އަންނަ އަހަރުގައި ވެސް ގިނަ ބަޔަކަށް ވާސިލު ނުވެވުމެވެ. ގިނަ ފަހަރަށް ފެންނަނީ ކޮންމެވެސް ސަބަބަކާ ހުރެ މިފަދަ ކަންތައްތައް ނުވެ އައު އަހަރުގެ 365 ދުވަސް ނިމިގެންދާ މަންޒަރެވެ. އެވޭލާ ދިވެހީން ބުނެއުޅޭ ގޮތުންނަމަ، އައު އަހަރަށް ކުރާން ރޭވި ކަންތައްތައް "އިބިލީހުގައި ކައިވެންޏަށް" ވެގެންދާ ތަނެވެ.

މި އަހަރު ނިމެން އެންމެ ހަތަރު ދުވަހަށްވެފައި ވާއިރު، މިއަހަރު ވެސް އެންމެ ވަރުގަދައަށް ދެކެވެމުންދަނީ "ނިއު އިޔަރ ނިއު މީ" ގެ ވާހަކައެވެ. މީގެ ތެރެއިން ވެސް އެންމެ ގިނައިން އަޑުއިވޭ ވާހަކައަކީ "މިއަންނަ އަހަރު އަހަރެން ހިކޭނަމޭ" ބުނާ ވާހަކައެވެ. މިދިޔަ މަހު ރައްޓެއްސަކާ ދިމާވިއިރު، އަޑުއިވިގެންދިޔައީ މި އަހަރުގެ "ރަން ތާރީޚު" ކަމުގައިވާ 21.12.21 ގައި އޮންނަ ކައިވެނި ޕާޓީއަކަށް އޭނާ ހިކެން މަސައްކަތްކުރާ ވާހަކައެވެ. ނަމަވެސް އެޕާޓީ ތެރެއިން ދިމާވުމުން ބުނީ އެކަން ނުވީ ވަގުތު ނެތުމުން ކަމަށެވެ. އެކަމާ އުޅެން މާ ލަސްވީ ކަމަށެވެ. އެކަމަކު ހަމަ ޔަގީނުން ވެސް މިއަންނަ އަހަރު ހިކޭނެ ކަމަށެވެ.

އެވަގުތު ހަނދާނަށް އައީ ފެންވަރައިގެން ތުވާލިން ގައި ހިއްކާ ހިއްކުމެވެ. އަނެއްކާ ރަހުމަތްތެރިޔާ މިއުޅެނީ އެގޮތަށް ހިކެންބާއޭ ވެސް ހިތަށް އެރިއެވެ. ނަމަވެސް ރަހުމަތްތެރިޔާއަށް އިތުބާރު ކުރީމެވެ. މި އަންނަ އަހަރު އޭނާގެ އަމާޒަށް ވާސިލުވާނެކަމުގެ އުންމީދުގައި މިހުރީ މަޑުކޮށްގެންނެވެ. އަނެއްކާ މިކަން ވެސް އިބިލީހުގެ ކައިވެންޏަށް ނުވިއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ.

މިފަދަ އެހެން ކަމަކަށް ބަލާލާނަމެވެ. ރާއްޖޭގެ ކަންކަން އޮންނަ ގޮތުން ޑިގްރީ ހާސިލުކުރުމަށް ގިނަ ދަރިވަރުން މިހާރު ކިޔަވަމުން އަންނަނީ ވަޒީފާ އަދާކުރަމުންނެވެ. ފަތިހު މުނާޖާ ކޮނޑު އަޅައިގެން ދާނީ ވަޒީފާއަށެވެ. ޑިއުޓީ ނިންމާލުމަށްފަހު ކަރުން ޓައިނަގާ ޖީބަށް ލައިގެން އަވަސްވެގަންނާނީ ކްލާހަށް ދިއުމަށެވެ. މިފަދަ ހާލެއްގައި ކިޔަވަމުން އަންނައިރު ކޮންމެ ދަރިވަރެއްގެ ވެސް އަމާޒަކަށްވެފައި އޮންނަނީ ވީ އެންމެ އަވަހަކަށް ކިޔެވުން ފުރިހަމަ ކުރުމަށެވެ. ނަމަވެސް ވަޒީފާ އަދާކުރަމުން ކިޔަވަން ޖެހޭތީ ގިނަ ދަރިވަރުންނަށް އޮންނަނީ ކިޔެވުމަށް އެވަރަށް ސަމާލުކަން ނުދެވިފައެވެ. އަހަރުގެ މެދުތެރެއިން ބައެއް މާދާތައް ދޫކޮށްލަނީ މަދު ކުދިންތަކެއް ނޫނެވެ. އައު އަހަރު ފެށެން ގާތްވުމާއެކު މި ދަރިވަރުން ވެސް އަމާޒު ހިފަނީ ނިމުނު އަހަރާއި ޚިލާފަށް އަންނަ އަހަރުގައި ކިޔެވުމަށް އިތުރަށް ސަމާލުކަންދީ އަވަހަށް ކިޔެވުން ފުރިހަމަ ކުރުމަށެވެ.

މީގެ ދެތިން ދުވަސް ކުރިން ރައްޓެހިންތަކަކާއެކު ކޮފީ މޭޒެއްގެ ދޮށުގައި ފޮނި އަނގަތަޅާލަން އިން ވަގުތެކެވެ. އޭރުވެސް އެންމެ ގަދައަށް ދެކެވުނީ އަންނަ އަހަރުގެ ވާހަކައެވެ. އަންނަ އަހަރުގައި ކުރަން ރާވާފައިވާ ކަންކަމުގެ ވާހަކައެވެ. އެވަގުތު އެތަނުގައި އިން ރަހުމަތްތެރިއެއްގެ ދައުވަތެއް ވެސް ލިބުނެވެ. ރަހުމަތްތެރިޔާ މިއަންނަ އަހަރު ތުރުކީއަށްދާން ޓާގެޓުކޮށްފައި ވާތީ އޭނާއާއެކު އެދަތުރުގައި ބައިވެރިވުމަށެވެ. އެހާ ހިސާބުން އިސްތަމްބޫލަށް ގޮސް އެތަނުގައި ފޮޓޯ ނަގާލައި މާޒީއަށް ރައްކާކުރުމުގެ ޚިޔާލު އުފެދުނެވެ.

އައު އަހަރާ ދިމާކޮށް މިހާރު ސޯޝަލް މީޑިއާގައި އެންމެ 'ހިޓްކޮށް' ދެކެވޭ ވާހަކައަކީ މިއަންނަ އަހަރަށް ލޯބިވެރިއަކު ހޯދުމުގެ ވާހަކައެވެ. 2021ގެ 'އެކެއް' ގައި ހިފައިގެން ތިބި ގިނަ ބަޔަކު އަންނަނީ 2022 ވަނަ އަހަރުގެ 'ދޭއްގައި' ހިފައިގެން ކުރިއަށް ދިއުމަށް އަޒުމް ކަނޑައަޅަމުންނެވެ. މިވަރުން އަދި ނޭނގިދާނެއެވެ. އިތުރަށް ތިލަކޮށްލަދޭނަމެވެ. މިއަހަރު 'ސިންގަލްކޮށް' ތިބި ގިނަ ބަޔަކު އަންނަނީ މިއަންނަ އަހަރު 'މިންގަލް' ކޮށްލުމުގެ ހުވަފެން ދެކެމުންނެވެ.

މިދިޔަ އަހަރު ނިމުނީ ވެސް މިފަދަ އެތަކެއް ވާހަކަތަކާ ސަޅިބައިސާތަކާއެކުއެވެ. މި އަހަރުގައި ބަރުދަން ބަހައްޓާނެ ވަކި އަމާޒަކާއެކުއެވެ. ދީނަށް އިތުރަށް އަހުލުވެރިވުމުގެ ހެޔޮ ވިސްނުމާއެކުއެވެ. ދިރިއުޅުން އިޤްތިޞާދު ކުރާނޭ ގޮތްތަކުގެ އައު ޚިޔާލުތަކާއެކުއެވެ. ނަމަވެސް މިކަންތައްތައް ހާސިލުވީ ކިހާ މިންވަރަކަށްތޯ، މިއީ މިއަދު އުފައްދަން ޖެހިފައިވާ ސުވާލެކެވެ. ގިނަ ބަޔަކު ބުނަމުން އަންނަނީ މިއަހަރަށް އަމާޒުހިފި ގިނަ ކަންތައްތައް ހަމަ ރަނގަޅަށް ވެސް އިބިލީހުގެ ކައިވެންޏަށްވީ ކަމަށެވެ. އަނެއްކާވެސް މިއަންނަ އަހަރު އެ ލިސްޓުގެ ތެރެއަށް އިތުރު ކަންތައްތަކެއް ހިމަނައި، އެކަންތައްތައް ހާސިލުކުރަން މަސައްކަތް ކުރާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

23 މާރިޗު 2019
ނިއުމާގެ އަޑު ގެއްލުނީ ކީއްވެ؟

ނިއުމާގެ އަޑު ގެއްލުނީ ކީއްވެ؟

11 އޮކްޓޯބަރު 2018
މަޝްވަރާތައް: އިނބިލީހުގެ ކައިވެންޏަށް ނުވިއްޔާ ރަނގަޅު!

މަޝްވަރާތައް: އިނބިލީހުގެ ކައިވެންޏަށް ނުވިއްޔާ ރަނގަޅު!

18 ޖުލައި 2018
ނިއުކްލިއާ ރިއެކްޓަރެއްގެ މަސައްކަތް ދަނީ ހިނގަމުން! ކޮބައިބާ ލީޑަރު ކިމް ވެވަޑައިގަތް ވައުދުފުޅު؟

ނިއުކްލިއާ ރިއެކްޓަރެއްގެ މަސައްކަތް ދަނީ ހިނގަމުން! ކޮބައިބާ ލީޑަރު ކިމް ވެވަޑައިގަތް ވައުދުފުޅު؟

28 ޖޫން 2018
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

30 މެއި 2018

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު