Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުގެމަންދޫ ރައްޔިތުންނަށް އުފާވެރިކަން

ހިތްދަތި ހާލަތެއް ނަމަވެސް މިއަދު ގެމަންދޫ ރައްޔިތުން ތިބީ އުފަލުން!

29 ޑިސެމްބަރު 2021 | ބުދަ 08:00

20 ފޫޓު މަތިން ރާޅުއައި

އަމްނާ އިމާދު
އަމްނާ އިމާދު | 29 ޑިސެމްބަރު 2021 | ބުދަ 08:00
ސުނާމީ ކާރިސާގައި ގެމަންދޫ ރައްޔިތުން ބަދަލުކުރީ ދ.ކުޑަހުވަދޫއަށް،

ސުނާމީ ކާރިސާގައި ގެމަންދޫ ރައްޔިތުން ބަދަލުކުރީ ދ.ކުޑަހުވަދޫއަށް،

ތިމާގެ ހާލަތު ބަދަލުވެގެން ދާނީ ތިމާ އެހާލަތެއް ބަދަލުކުރީމައެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި އެބާރު އަހަރުމެންގެ އަތުން ދޫވެގެން ދެއެވެ. ގުދުރަތީ ކާރިސާއަކުން ވެސް މުޅި ދިރިއުޅުން ބަދަލުވެގެން ހިނގައިދާނެއެވެ. އެފަދަ ކާރިސާއަކާ ގުޅިގެން ދިރިއުޅުން ބަދަލުވެގެންދިޔަ އެއް ބަޔަކީ ދ. ގެމަންދޫ ރައްޔިތުންނެވެ. ދަތި ހާލަތުގައި ވެސް ގެމަންދޫގެ ރައްޔިތުން އެރަށުގައި ދިރިއުޅެމުން ދިޔައީ ވަރަށް އުފާވެރިކޮށެވެ. މަދު އާބާދީއެއް ނަމަވެސް އޭރުގެ އެރަށުގެ ރައްޔިތުން ތިބީ އެރަށުގައި ދިރިއުޅުން އާރާސްތު ކުރުމަށް އަތުކުރި އޮޅާލައިގެންނެއެވެ. މުޅި ދިރިއުޅުން އެރަށަކަށް ބަރޯސާކުރި ނަމަވެސް ހާލަތު ބަދަލުވެގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އެއީ 26 ޑިސެންބަރު 2004ގައި ރަށަށް އެރި ބޮޑު ރާޅާއެކު މުޅި ރަށް ދޮވެ، ސުންނާފަތިވުމާ ގުޅިގެންނެވެ. 20 ފޫޓު މަތިން އައި ރާޅު ރަށުގެ އިރުމަތީ ފަރާތުން އެރިއިރު ފޭބީ ހުޅަނގު ފަރާތުންނެވެ.

އެރަށުގެ މީހެއް އެދުވަހުގެ ތަޖުރިބާ ރާއްޖެއެމްވީއާ ހިއްސާކުރަމުން ބުނެފައިވަނީ ދުވަހަކު ވެސް އެފަދަ ދުވަހެއް ދެކެން ބޭނުން ނުވާ ކަމަށާއި، ގިޔާމަތްވީ ކަމަށް ބެލެވުނު ކަމަށެވެ. ރާޅު އެރުމުގެ ކުރިން އެރަށުގެ ހާލަތާ ބެހޭ ގޮތުން އޭނާ ބުނީ އެދުވަހަކީ ފޯރިގަދަ ފުޓްބޯޅަ މެޗަކަށް ތައްޔާރުވަމުން ދިޔަ ދުވަހެއް ކަމަށާއި، އެމެޗަށް ތައްޔާރުވުމުގެ މަސައްކަތުގައި ރަށުގެ ސްކޫލު ކުދިންނާއި ޒުވާނުން ފޯރިއާއެކު ދިޔައީ ތައްޔާރުވަމުން ކަމަށެވެ. އޭނާ ކިޔައިދިން ގޮތުގައި އެމަސައްކަތަށް އަންހެން ވެރިންގެ އެއްބާރުލުން ވެސް ލިބެމުންދިޔައެވެ. މަސައްކަތުގައި އުޅުމަށްފަހު ވެފައި ހުރި ވަރުބަލިން 15 އަހަރުގެ އެޒުވާނާ ގެއަށް ދިޔައީ ސައިބޯށެވެ. ސައިބޯން ތައްޔާރުވިތަނާ އެހެން ނޫނީ އަޑުނީވޭ އަޑުފަށްގަނޑެއް އިވުނެއެވެ. ވަރަށް ބާރަށް ހަޅޭ ލަވާ އަޑެވެ. ސަލާމަތަށް ގޮވާއަޑެވެ. ނަމަވެސް ކުޅިވަރުގެ ޖޯޝާފޯރީގެ އަޑު ކަމަށްހީކޮށް އޭނާ ސައިބޯން ފެށިއެވެ. އެއަޑު މަޑުނުވުމުން ވެގެން އުޅޭ ގޮތެއް ބެލުމަށް އެޒުވާނާ ގެއިން ބޭރަށް ދިޔައެވެ. ގޭގެ ދޮރު މައްޗަށް އެރިތަނާ ފައިގައި ފެން ޖެހުނެއެވެ. ވެގެން އުޅޭ ގޮތެއް ބެލުމަށް އަޑު ބާރަށް އިވޭ ސަރަހައްދާ ދިމާލަށް ހިނގައިގަތެވެ.

އެޒުވާނާއަށް ހިނގާފައި ދެވުނީ ރަށުގެ ބޮޑުމަގުގައި ހުންނަ ރަށު އޮފީހާ ހިސާބަށެވެ. ކުއްލިއަކަށް ޖެހި ރާޅާއެކު، އޭނާ ވެސް އޮއެވަރާއެކު ދަމައިގަތެވެ. ނަސީބު ރަނގަޅުކަމުން އެސަރަހައްދުގައި ޖަހާފައި ހުރި ދިރާގު އެންޓަނާގައި ހިފުނީއެވެ. އޭގައި ހިފަހައްޓައިގެން ހުރިއިރު، ރާޅުތައް ގެތަކުގެ މަތިން އަންނަތަން ފެނެއެވެ. ގެތަކާއި ފާރުތައް ވެއްޓި، މީހުންތައް ރާޅާއެޅު އޮޔާ ދާތަން ފެނެއެވެ. ކުރާނެ ކަމެއް ނެތި ގޮތް ހުސްވެފައި އަމިއްލަ ފުރާނަ ސަލާމަތް ކުރެވޭތޯ ދުއާކޮށްކޮށް އޮތީއެވެ.

އެންމެ ހިތްދަތިވި ވަގުތު ހިއްސާކޮށް ރާއްޖެއެމްވީއަށް އެމީހާ ބުނީ ރާޅުއަރާ ހަމަކުރި ވަގުތަކީ ރަށުގެ ކޯޓުގައި އިދާރީ މަސައްކަތުގައި އުޅުނު އަންހެން މީހާ ބޭރަށް ނުކުތް ވަގުތެވެ. އެރާޅާއެކު އެ އަންހެން މީހާ ވެސް ދަމާގަތްއިރު، އަތު ޖެހޭތޯ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް ދިރާގުގެ އެންޓަނާގައި އަތް ނުޖެހި އޭނާ ވެސް ގެއްލިގެން ދިޔައީއެވެ. ނަމަވެސް ރަށު އޮފީހުގައި މަސައްކަތުގައި އުޅުނު ދެމީހުންނަށް އެންޓަނާގައި ހިފެހެއްޓި ސަލާމަތްވިކަން އޭނާ ފާހަގަކުރިއެވެ.

ރާޅުގެ ބާނި މަޑުވުމާއެކު މީހުން ހޯދުމުގެ މަސައްކަތް ފެށިއެވެ. ކުދިކުދި ބޮއްކުރާތަކުގައެވެ. އެމީހާ ކިޔައިދިން ގޮތުގައި ރަށުގެ ފިރިހެނުންނަކީ މަހަށް ދާ ބައެއް ކަމުން ރާޅު އެރިވަގުތަކީ ރަށުގައި ގިނަ ފިރިހެންވެރިން ނެތް ވަގުތެކެވެ. ތިބީ ސްކޫލުގައި ކިޔަވަމުން ދިޔަ ކުދިންތަކާއި، އަންހެންވެރިންނެވެ. މުޅި ރަށް ދޮވެވިގެން ދިޔައިރުގައި 8 މީހުން މަރުވެފައިވެއެވެ.

މިހާދިސާއާއެކު އެރަށުގެ ރައްޔިތުން ދިިރިއުޅުން ބަދަލުކުރީ ދ. ކުޑަހުވަދޫއަށެވެ. އެރަށުގެ އާއްމު ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ދިޔަ ކަމަށް އެޒުވާނާ ބުންޏެވެ. އަދި އެކަން ގެމަންދޫގެ ގިނަ ރައްޔިތުން ފާހަގަކުރެއެވެ. ބޯހިޔާވަހިކަން ފޯރުކޮށްދީ، ކާން ބޯން ދިނެއެވެ. ދުވަސްތައް ފާއިތުވަމުން ގޮސް ވަގުތީ ޓެންޓުތައް އަޅައިގެން އެތަނުގައި ގެމަންދޫގެ ރައްޔިތުން ދިރިއުޅެން ފެށިއެވެ. އަދި 2007 ވަނަ އަހަރުގެ ތެރޭގައި އެމީހުންނަށް ދައީމީ ހިޔާވައްސެއް ލިބިގެންދިޔައެވެ. ސަރުކާރުން އެ އާއިލާތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ނަތީޖާއެއް ގޮތުން ދިރިއުޅުމަށް އާރޯކަން ލިބިގެން ދިޔައެވެ. މިއަދު ގެންމަންދޫގެ ރައްޔިތުން ކުޑަހުވަދޫގައި ދިރިއުޅުން އާރާސްތުކުރަމުންދަނީ ވަރަށް ތަނަވަސްކަމާއެކުއެވެ.

ގެމަންދޫ މީހުން ބުނާ ގޮތުން ކުޑަހުވަދޫއަށް ދިރިއުޅުން ބަދަލުކުރުމަކީ ދިރިއުޅުމަށް އެޅުނު އެންމެ މުހިންމު އެއް ފިޔަވަޅެއެވެ. ކުޑަހުވަދޫއަށް ދިރިއުޅުން ބަދަލުކުރި ހިސާބުން ދުވަސްކޮޅަކަށް ދިރިއުޅެން އުނދަގޫވި ނަމަވެސް މިއަދު މާބޮޑަށް އަތްމަތި ތަނަވަސްވެއްޖެއެވެ. އާއްމުދަނީ އިތުރުވެ، ވަޒީފާއަށް ދާނެ ދާއިރާތައް ފެންނަން ފަށައިފިއެވެ. ކުޑަހުވަދޫގައި އެޅިގެން ދިޔަ އެއަޕޯޓުގެ ސަބަބުން ގެސްޓްހައުސް ވިޔަފާރި ވަނީ ފުޅާވާން ފަށާފައެވެ. ރަށް ވަށައިގެން އޮންނަ ރިސޯޓުތަކުން ޒުވާނުންނަށް ފަހި ފުރުސަތުތައް ލިބިގެންދެއެވެ. މަސްވެރިކަމަށް އާރޯކަން ލިބި، މަސް އުފައްދާ ވިއްކާނެ މާކެޓްތައް އިތުރުވެފައިވާ ކަމަށް އެމީހުން ބުނެއެވެ. ހާލަތު ނިޔާކުރި ގޮތުން ދިރިއުޅެން ގަސްތުކުރި ރަށް ހަލާކުވެ ދިޔަ ނަމަވެސް މިއަދު ގެމަންދޫ ރައްޔިތުން ދިރިއުޅެމުންދަނީ މާ އުފަލުންނެވެ!

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

11 ޖުލައި 2017

މިއަދު އަދީބަށް ޕެނަޑޯލް ގުޅައެއް ދިއްކޮށްލަންވެސް ނިހާނުމެން ނުކުޅެދިފަ!

11 ޖުލައި 2017
މިއަދު އަދީބަށް ޕެނަޑޯލް ގުޅައެއް ދިއްކޮށްލަންވެސް ނިހާނުމެން ނުކުޅެދިފަ!
30 ޖޫން 2017

އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

30 ޖޫން 2017
އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް
12 އެޕްރީލު 2017

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017
އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ
11 މާރިޗު 2017

މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!

11 މާރިޗު 2017
މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!
28 ފެބުރުއަރީ 2017

ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!

28 ފެބުރުއަރީ 2017
ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!
26 ފެބުރުއަރީ 2017

ބިން ވިއްކާތީ ނިދިނައި މީހުން މިއަދު ހަރުތަކަށް ވަދެ ފިލާފައި!

26 ފެބުރުއަރީ 2017
ބިން ވިއްކާތީ ނިދިނައި މީހުން މިއަދު ހަރުތަކަށް ވަދެ ފިލާފައި!
07 ފެބުރުއަރީ 2017

"ބަޣާވާތަށް" ފަސް އަހަރު: އެ ދުވަހަށް ވުރެ މިއަދުގެ ހާލަތު މާ ގޯސް!

07 ފެބުރުއަރީ 2017
"ބަޣާވާތަށް" ފަސް އަހަރު: އެ ދުވަހަށް ވުރެ މިއަދުގެ ހާލަތު މާ ގޯސް!
03 ފެބުރުއަރީ 2017

ފެބުރުއަރީ 7 - ބަޣާވަތްކުރި މީހުން މިއަދު ތިބީ ކޮންހާލެއްގަ؟

03 ފެބުރުއަރީ 2017
ފެބުރުއަރީ 7 - ބަޣާވަތްކުރި މީހުން މިއަދު ތިބީ ކޮންހާލެއްގަ؟
23 ޖެނުއަރީ 2017

ކިތަންމެ އަނިޔާއެއް ކުރިނަމަވެސް ރާއްޖޭޓީވީގެ ނޫސްވެރިން ފަހަތަކަށް ނުޖެހޭނެ

23 ޖެނުއަރީ 2017
ކިތަންމެ އަނިޔާއެއް ކުރިނަމަވެސް ރާއްޖޭޓީވީގެ ނޫސްވެރިން ފަހަތަކަށް ނުޖެހޭނެ
18 ޖެނުއަރީ 2017

ރިލްވާނުގެ 31 ވަނަ އުފަން ދުވަސް: މާޔޫސްކަމާއި ހިތްދަތި ދުނިޔެއެއްގައި މަޔެއް!

18 ޖެނުއަރީ 2017
ރިލްވާނުގެ 31 ވަނަ އުފަން ދުވަސް: މާޔޫސްކަމާއި ހިތްދަތި ދުނިޔެއެއްގައި މަޔެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް