Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުހިޔާ ފްލެޓް

ހިޔާ ފްލެޓުގައި ދިރިއުޅޭ މީހުންގެ ކަންބޮޑުވުން، މުއްދަތު އިތުރުކުރުން ރަނގަޅު؟

ހިޔާ ފްލެޓްތަކުގެ ކުއްޔަކީ މަހަކު 7,500 ރުފިޔާ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 26 ޑިސެމްބަރު 2021 | އާދީއްތަ 12:54
ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތައް

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތައް

ބޯހިޔާވަހިކަމުގެ ދަތިކަމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރެއެވެ. މި މަސައްކަތުގެ ދަށުން ހިޔާ މަޝްރޫއުން ފްލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރެވި އެތަނުގައި ބައެއް ފަރާތްތައް ވަނީ ދިރިއުޅެން ވެސް ފަށާފައެވެ.

ހިޔާ ފްލެޓްތަކުގެ ކުއްޔަކީ މަހަކު 7,500 ރުފިޔާއެވެ. އަދި ފްލެޓްގެ މެނޭޖްމެންޓް ފީގެ ގޮތުގައި ކޮންމެ މަހަކު 1,000 ރުފިޔާ ނަގާނެއެވެ. ފްލެޓްތަކަށް ފައިސާ ދައްކާ ޚަލާސް ކުރަން ޖެހޭނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެންނެވެ.

މި ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތް ނިންމަން ޖެހޭނީ އެތަނަށް ބަދަލުވާ މީހުން އަމިއްލައަށެވެ. ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ މަސައްކަތް ހަވާލު ކުރެވުނު ކޮންޓްރެކްޓަރާއެކު އެތަނުގެ ފިނިޝިންގ މަސައްކަތް ކުރުމަށް އެއްބަސްވެވިފައެއް ނުވެއެވެ. އެހެންކަމުން، މި ތަންތަން އާންމުންނާ ހަވާލު ކުރެވިފައިވަނީ ފިނިޝިންގ މަސައްކަތް ނުނިންމައެވެ. އެހެންކަމުން ފްލެޓްތަކުގައި މުށިޖެހުމާއި، ކުލަލުމާއި، ބަދިގެ ކަބަޑުސެޓު ޖެހުމާއި، ފަންކާއާއި ބޮކިވެސް ހަރުކުރަންޖެހޭނީ ފްލެޓްތަކުގެ ވެރިންގެ ޚަރަދުގައި އަމިއްލައަށެވެ. އެގްރިމެންޓްގައި ސޮއިކުރުމަށްފަހު ފުރަތަމަ ތިން މަސް ދިނީ ފިނިޝިންގ މަސައްކަތްތައް ކުރުމަށެވެ. މި މުއްދަތުގައި އެއްވެސް ކުއްޔެއް ނުނަގާގޮތަށް ސަރުކާރުންވަނީ ލުއި ދީފައެވެ.

މިހާތަނަށް އައިރު ގާތްގަނޑަކަށް 1500 މީހުން ވަނީ ދިރިއުޅެން ފަށާފައެވެ. ނަމަވެސް އާބާދުވަމުންދާ ސަރަހައްދަކަށްވާތީ، ގިނަ ދަތިތައް ކުރިމަތިވަމުންދާ ކަމަށް އެސަރަހައްދުގައި ދިރިއުޅެމުންދާ މީހުން ބުނެއެވެ.

ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތްތަކަށް ދިން މުއްދަތު މިމަހުގެ ނިޔަލަށް ހަމަވާނެއެވެ. މުއްދަތު އިތުރުކޮށްދިނުމަށް ވަރަށް ގިނަ ބަޔަކު ވަނީ އެދިފައެވެ. އެގޮތަށް ގިނަ ބަޔަކު އެދެމުންދަނީ ބައެއް ސާމާނު ލިބުމުގައި ދަތިތައް ހުރުމާއި، މާލީ ގޮތުން ތަނަވަސްކަން ނެތުމުގެ ސަބަބުންނެވެ. މިކަމާ ގުޅިގެން ސަރުކާރުން މިހަފްތާގެ ތެރޭގައި ގޮތެއް ނިންމާއިރު މުއްދަތު އިތުރުކޮށްދިނުމަކީ އެންމެ ރަނގަޅު ގޮތްތޯ ވެސް ބައެއް މީހުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

ކޮވިޑާ ގުޅިގެން ސަރުކާރަށް ވެސް މާލީ ގޮތުން އެތައް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާއިރު، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނީ، ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތްތައް އިތުރުކޮށްދިނުމަށް ވަރަށް ގިނަ ބަޔަކު އެދެމުންދާތީ ސަރުކާރާ މަޝްވަރާ ކުރަމުންދާ ކަމަށާއި، އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ. އަދި އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ލުއި ފަސޭހަވާނެ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަށް ކަމަށެވެ.

އެޗްޑީސީން ވަނީ ދާދިފަހުން ހިޔާ ފްލެޓްގައި ދިރިއުޅޭ އާންމުންނަށް އަމާޒުކޮށްގެން ދިރާސާއެއް ވެސް ކުރިއަށް ގެންގޮސްފައެވެ. މި ސަރުކާރަކީ ރައްޔިތުންގެ ކަންބޮޑުވުންތައް ވެސް އަހާ ސަރުކާރަކަށްވާއިރު ގިނަ ބަޔަކު ގަބޫލުކުރަނީ މިކަމުގައި ވެސް ރަނގަޅު އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2017

ފަތުރުވެރިކަމަށް ކޭލަކުނު ދޫކުރާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފި

02 ޑިސެމްބަރު 2017
ފަތުރުވެރިކަމަށް ކޭލަކުނު ދޫކުރާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފި
08 އޮކްޓޯބަރު 2017

ރައީސް ޔާމިން ވަޑައިގަންނަވަންވީ ގެދޮރުނެތް މީހުންނާއި ހާއްސަ އެހީ ބޭނުންވާ މީހުންގެ ގާތަށް!

08 އޮކްޓޯބަރު 2017
ރައީސް ޔާމިން ވަޑައިގަންނަވަންވީ ގެދޮރުނެތް މީހުންނާއި ހާއްސަ އެހީ ބޭނުންވާ މީހުންގެ ގާތަށް!
04 އޮކްޓޯބަރު 2017

އަސާސީ ހިދްމަތުގެ އަގު ހެޔޮ ކުރެވޭކަށްނެތް، އެކަމަކު ހިޔާނާތެއް ފަޅާއަރާއިރު މިލިއަން ޑޮލަރު!

04 އޮކްޓޯބަރު 2017
އަސާސީ ހިދްމަތުގެ އަގު ހެޔޮ ކުރެވޭކަށްނެތް، އެކަމަކު ހިޔާނާތެއް ފަޅާއަރާއިރު މިލިއަން ޑޮލަރު!
10 ސެޕްޓެމްބަރު 2017

ރޮހިންޖާ މީހުންގެ އަސްލު: ކިހާވަރަކަށް އެނގޭބާ!

10 ސެޕްޓެމްބަރު 2017
ރޮހިންޖާ މީހުންގެ އަސްލު: ކިހާވަރަކަށް އެނގޭބާ!
13 އޯގަސްޓު 2017

ރައީސަށް ތާއީދު ދައްކަން ބޭނުން ނަމަ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާށެވެ.؟!

13 އޯގަސްޓު 2017
ރައީސަށް ތާއީދު ދައްކަން ބޭނުން ނަމަ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާށެވެ.؟!
26 ޖުލައި 2017

މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!

26 ޖުލައި 2017
މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!
17 ޖުލައި 2017

ބޯހިޔާވަހިކަމުގެ އިންތިޒާރުގައި އުމުރު ދުވަސް، އަތުގައި ފައިސާއެއް ނެތް!

17 ޖުލައި 2017
ބޯހިޔާވަހިކަމުގެ އިންތިޒާރުގައި އުމުރު ދުވަސް، އަތުގައި ފައިސާއެއް ނެތް!
26 މާރިޗު 2017

!އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަަކަ ނުދައްކާށެވެ، ސުވާލުވެސް ނުކުރާށެވެ

26 މާރިޗު 2017
!އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަަކަ ނުދައްކާށެވެ، ސުވާލުވެސް ނުކުރާށެވެ
16 ފެބުރުއަރީ 2017

ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ

16 ފެބުރުއަރީ 2017
ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ
17 ޖެނުއަރީ 2017

ދުނިޔޭގެ ދެބައިކުޅަ އެއްބައި އާބާދީގެ މިލްކިއްޔާތު އެންމެ އަށް މީހުންގެ އަތުގައި!

17 ޖެނުއަރީ 2017
ދުނިޔޭގެ ދެބައިކުޅަ އެއްބައި އާބާދީގެ މިލްކިއްޔާތު އެންމެ އަށް މީހުންގެ އަތުގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް