Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އެއަރޕޯޓް ތަރައްގީކުރުން

އެއަރޕޯޓް ތަރައްގީކޮށް ނިމޭއިރު 3 މިލިއަން ފަތުރުވެރިންނާ ގާތްކުރާނެ

އެއަރޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ނިންމާލެވޭނެކަމަށް ލަފާކޮށްފައިވަނީ 2023 އަށް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 26 ޑިސެމްބަރު 2021 | އާދީއްތަ 07:05
ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް

ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް ފުރިހަމައަށް ނިމޭއިރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު 3 މިލިއަންއާ ގާތްކުރާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިކަމާއެކު ރާއްޖޭގެ ފަތުރުވެރިކަމަށް އަންނާނެ ކުރިއެރުމާ ގުޅޭގޮތުން ރާއްޖެޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ އެއަރޕޯޓުގެ މަސައްކަތް ފުރިހަމައަށް ނިންމާލެވޭނެ ކަމަށް ލަފާކުރެވެނީ 2023 ވަނަ އަހަރު ކަމަށެވެ.

Advertisement - businessAdvertisement

2023 ވަނަ އަހަރު އެއަރޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ނިމެންވާއިރަށް ރާއްޖެއަށް 3 މިލިއަނާ ގާތްކުރާ އަދަދަކަށް ފަތުރުވެރިން އަންނާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރ ވިދާޅުވިއެވެ. އެއަރޕޯޓުގެ މަސައްކަތް ނިމޭއިރު، 6 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްގީކުރެވިގެންދާނެ ކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ހަމައެކަނި މާލޭގެ އެއަރޕޯޓަށް ބަރޯސާނުވެ، އަތޮޅުތެރޭގެ އެއަރޕޯޓުތައް ތަރައްގީކުރުން މުހިންމު ކަމަށެވެ. ގިނަ ފަތުރުވެރިންނަކީ އަތޮޅުތެރެއަށް ދަތުރުކުރާ ބަޔަކަށްވުމާއެކު އެ އެއަރޕޯޓްތައް ތަރައްގީކުރެވިގެންދިއުމަކީ ފަތުރުވެރިކަން ކުރިއަރައިގެންދާނެ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށްދާއިރު މި މަސައްކަތުގެ ތެރޭގައި އެއާޕޯޓުގެ އާ ޓާމިނަލް އެޅުމުގެ މަސައްކަތާއި، އާ ރަންވޭ އާއި، އޭޕްރޮން އާއި، ފިއުލް ފާމަކާއި، ކާގޯ ޓާމިނަލްއެއް ތަރައްގީކުރުމަށް ވަނީ ހަމަޖައްސާފައެވެ. މި މަސައްކަތްތައް ނިމުމުން 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ވަރަށް އެއަރޕޯޓް ތަރައްގީކުރެވިގެންދާނެ ކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް ބަލާއިރު، މި އަހަރު ނިމުމުގެ ކުރިން 1.3 މިލިއަން ފަތުރުވެރިން ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ. މި އަހަރުގެ ޖެނުއަރީ 1 އިން ޑިސެމްބަރު 22 ވަނަ ދުވަހުގެ ނިޔަލަށް 1،271،020 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. މިގޮތުން މި ހިނގާ ޑިސެމްބަރު މަހުގެ 1 އިން 22 ވަނަ ދުވަހުގެ ނިޔަލަށް 113،367 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. އަދި މި އަހަރުގެ ޖުލައި އިން ފެށިގެން ކޮންމެ މަހަކު ވެސް އެއް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަމުންދެއެވެ.

މީގެ އިތުރުން މި އަހަރުގެ ބެޑް ނައިޓްސް 2019 ވަނަ އަހަރުގެ ބެޑް ނައިޓަށްވުރެ އިތުރުވެފައިވާކަމަށް ވެސް ޓުއަރިޒަމް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މިގޮތުން 2019 ވަނަ އަހަރު ބެޑް ނައިޓް ހުރީ 10.7 މިލިއަންގައެވެ. މި އަހަރު ނިމޭއިރު މި އަދަދު 11 މިލިއަނަށް އަރާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަވާހިރަކަށް 7.8 މިލިއަން ޑޮލަރު ހުށަހެޅުމުންވެސް ވިއްކަން އެއްބަހެއް ނުވި

ޖަވާހިރަކަށް 7.8 މިލިއަން ޑޮލަރު ހުށަހެޅުމުންވެސް ވިއްކަން އެއްބަހެއް ނުވި

13 މެއި 2017
މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު

މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު

09 މާރިޗު 2017
ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

05 މާރިޗު 2017
ޖުމްލަ 3.4  މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް

ޖުމްލަ 3.4 މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް

09 ފެބުރުއަރީ 2017
2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު