Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އެމްއެމްޕީއާރުސީ

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ޖަޕާނުގައި އެމްއެމްޕީއާރުސީއިން ގިނަ ހަރަކާތެއްގައި ބައިވެރިވަނީ!

އޮކްޓޯބަރ މަހުގެ 24 އިން 27 އަށް "ޓުއަރިޒަމް އެކްސްޕޯ ޖަޕާން" ގައި ބައިވެރިވާނެ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް, ރާއްޖެ އެމްވީ | 25 އޮކްޓޯބަރު 2019 | ހުކުރު 04:16
ރާއްޖޭގެ ފަތުރުވެރިކަން އިޗްތޮހާރުކުރުމަށް ޖަޕާނުގައި ބަހައްޓައިފައިވާ ސްޓޯލެއް

ރާއްޖޭގެ ފަތުރުވެރިކަން އިޗްތޮހާރުކުރުމަށް ޖަޕާނުގައި ބަހައްޓައިފައިވާ ސްޓޯލެއް

ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ޖަޕާނުގައި ކުރިޔަށް ގެންދިޔުމަށް މޯލްޑިވިސް މަރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރުސީ) އިން ނިންމައިފިއެވެ.

މިކަން އިއުލާނުކޮށް އެމްއެމްޕީއާރުސީ އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ޖަޕާނުގައި ބާއްވާ "ޓުއަރިޒަމް އެކްސްޕޯ ޖަޕާން" ގައި ބައިވެރިވުމުގެ އިތުރުން ރޯޑް ޝޯއެއް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާކަމަށެވެ.

Advertisement - businessAdvertisement

ޖަޕާނުގެ ބޭއްވޭ އެންމެ ބޮޑު ޓުއަރިޒަމް ފެއަރ ޓުއަރިޒަމް އެކްސްޕޯ ޖަޕާން ގައި ބައިވެރިވުމަށް ހަމަޖެހިފައިވާއިރު މި އަހަރުގެ ފެއަރ ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ، އޮކްޓޯބަރ މަހުގެ 24 އިން 27 ގެ ނިޔަލަށް ޖަޕާނުގެ އޮސާކާގައެވެ. އެގޮތުން މި ފެއަރ ގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން އެމްއެމްޕީއާރުސީއާއެކު ރާއްޖޭގެ 4 ކުންފުންޏަޔަކުން ބައިވެރިވާނެކަމަށް އެ ފަރާތުން ވަނީ ބުނެފައެެވެ.

އެމްއެމްޕީއާރުސީން ބުނެފައިވަނީ މި ފެއާރގެ ސަބަބުން ޖަޕާނުގެ މާރކެޓުގައި ޕްރޮފެޝަނަލް ފަރާތްތަކާއި ބައްދަލުކޮށް ގުޅުން ބަދަހިކުރުމުގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަން މިހާރަށް ވުރެ ބޮޑަށް ޖަޕާނުގައި އިޝްތިހާރު ކުރުމަށް ކުރެވިދާނެ ކަންކަމާއި މެދު މަޝްވަރާ ކުރެވިގެންދާނެކަމަށެވެ. މި ފެއާރގައި ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތައް އިތުރުކުރުމުގެ ގޮތުން އެކި ޕްރޮމޯޝަނަލް ހަރަކާތްތައް ކުރިޔަށް ގެންދިޔުމާއި ދިވެހިންގެ ކެއުމުގައި ހިމެނޭ ބައެއް ބާވަތްތަކުގެ ރަހަބަލާލުމުގެ ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން "ޖާރނީ ޓު ދި ސަނީ ސައިޑް" ގެ ދަށުން ބޭއްވުމަށް ހަމަޖެހިފައިވާ ރޯޑްޝޯ ކުރިޔަށް ދާނީ މި ހިނގާ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެން 31 ގެ ނިޔަލަށް ޖަޕާނުގެ ނަގޯޔާ، ޓޯކިޔޯ، ފުކުއޯކާ އަދި އޮސާކާގައެވެ. މި ރޯޑްޝޯވގައި އެމްއެމްޕީއާރުސީއާއިއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ 7 ކުންފުންޏަކުން ބައިވެރިވުމަށް ހަމަޖެހިފައިވާއިރު، ޖަޕާނުގެ ޓޮޕް ޓްރެވަލް އޭޖެންޓުން ޝޯގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އެކި ގައުމުތަަކަށް ހާއްސަކޮށްގެން މިއަހަރު ކުރިޔަށް ގެންދާ ރޯޑްޝޯވ ތަކުގެ ތެރެއިން 10 ވަނަ ޝޯއެވެ. މި ރޯޑް ޝޯ އަކީ ސިންގަޕޯރ އެއާރލައިން އާއިއެކު ޖޮއިންޓް ޕްރޮމޯޝަނެއްގެ ދަށުން ކުރިޔަށް ގެންދެވޭ ރޯޑް ޝޯއެއްކަން ފާހަގަކޮށްލެވެއެވެ.

ޖަޕާނަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކުރާ އެއް ގައުމުކަމުގައިވާއިރު 2018 ވަނަ އަހަރު 42،304 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ 2017 ވަނަ އަހާރާއި އަޅާ ބަލާއިރު 2.8 އިންސައްތައިގެ ކުރިއެރުމަކަށް ވާއިރު މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް 30،049 ފަތުރުވެރިން ޖަޕާނުން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ 2018 ވަނަ އަހަރުގެ މި މުއްދަތާއި އަޅައި ބަލާއިރު 13.2 އިންސައްތައިގެ ކުރިއެރުމެކެވެ. ޖަޕާނަކީ 9 ވަނައަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

ފަތުރުވެރިކަން 11 ޕަސެންޓް، މަސްވެރިކަން 28 ޕަސެންޓް ދަށަށް ގޮސްފި

ފަތުރުވެރިކަން 11 ޕަސެންޓް، މަސްވެރިކަން 28 ޕަސެންޓް ދަށަށް ގޮސްފި

10 އެޕްރީލު 2017
ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު

ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު

31 މާރިޗު 2017
ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ

ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ

29 މާރިޗު 2017
ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި

ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި

17 މާރިޗު 2017
މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު

މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު

09 މާރިޗު 2017

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު