Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުމަސް ކިރާ އަދަދު ލިމިޓްކުރުން

އާދިއްތަ ދުވަހުން ފެށިގެން މިފްކޯއަށް މަސް ކިރާ އަދަދު ލިމިޓްކުރަން ނިންމައިފި

24 ޑިސެމްބަރު 2021 | ހުކުރު 14:17

މަސް ކިރާ އަދަދު ލިމިޓްކުރީ ކެޕޭސިޓީއަށްވުރެ އިތުރަށް މަސް ލިބެމުންދާތީ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 24 ޑިސެމްބަރު 2021 | ހުކުރު 14:17
ފެލިވަރު މަސް ފެކްޓަރީ

ފެލިވަރު މަސް ފެކްޓަރީ

މިފްކޯގެ ފްރީޒިންގ ކެޕޭސިޓީއަށްވުރެ އިތުރަށް މަސް ލިބެމުންދާތީ، އާދިއްތަ ދުވަހުން ފެށިގެން ދޯންޏަކުން 5 ޓަނުގެ މަސް ކިރާގޮތަށް ހަމަޖައްސައިފިއެވެ.

މިކަމާއި ގުޅިގެން މިފްކޯއިން ނެރުނު ބަޔާނެއްގައި ވަނީ މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން އާދަޔާއި ޚިލާފަށް ރަގަޅުވެ، ހުރިހާ ހިސާބެއްގެ ދޯނިފަހަރު އެއްފަހަރާ އެކުންފުނީގެ ސެންޓަރުތަކާއި ބޯޓުފަހަރަށް މަސްކިރުވުމަށް އަންނަމުންދާތީ، މިފްކޯގެ ފްރީޒިންގ ކެޕޭސިޓީއަށް ވުރެ އިތުރަށް މަސް ލިބެމުން ދިއުމާއެކު މަސްކިރުވުމަށް ދަތިތަކާއި ދިމާވަމުންދާކަމަށެވެ.

ދޯނިފަހަރު ކިޔުގައި ހޭދަކުރާ ވަގުތު މަދުކުރުމުގެ ގޮތުންނާއި ރަނގަޅު ކޮލިޓީގައި މަސް ގަންނަން ބޭނުންވާތީ، 23 ޑިސެމްބަރ 2021 ވަނަ ދުވަހު ކިއުއަށް އަރާފައިވާ ދޯނިފަހަރުގެ މަސް، ހުކުރު ދުވަހުގެ ބަޔަކާއިއެކީގައި ކިރުމުގެ މަސައްކަތް ކޮށްފައިވާކަމަށް މިފްކޯއިން ބުނެފައިވެއެވެ. އާންމުގޮތެއްގައި ހުކުރު ދުވަހަކީ މަސް ނުކިރާ ދުވަހެއް ނަމަވެސް ހާލަތަށް ބަލައި ފާއިތުވި 4 ހުކުރުދުވަހު ވެސް މަސް ކިރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިޔަށް ގެންގޮސްފައިވާކަމަށް މިފްކޯއިން ބުނެފައިވެއެވެ. އަދި ކޯލްޑް ސްޓޯރުތައް ފުރެމުން އަންނާތީ، މެދުކެނޑުމެއްނެތި ކެރިއަރ ބޯޓުތައްގެނެސް ލޯޑުކޮށް އެކްސްޕޯޓް ކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

މިގޮތަށް ޕްލޭންކޮށްގެން މަސްގަތުމުގެ މަސައްކަތް ކުރިނަމަވެސް މަސްކިރަން އަންނަ ދޯނިފަހަރާއި، އެދޯނިތަކުން ގެންނަ އަދަދުތައް މާބޮޑަށް ގިނަވެ، މިހާރު ކިޔުގައިހުރި ދޯނިފަހަރުގެ މަސްކިރައި، ފްރީޒްކުރުމަށް ވަގުތު ބޭނުންވާތީ 25 ޑިސެމްބަރ 2021 އިން ފެށިގެން ދޯންޏަކުން 5 ޓަނުގެ މަސް ކިރާ ގޮތަށް ހަމަޖައްސާފައިވާކަމަށް މިފްކޯއިން ބުނެފައިވެއެވެ. މިގޮތަށް ނިންމި ނަމަވެސް ސެންޓަރުތަކުން ކިއު ނަމްބަރު ދީފައިހުރި ދޯނިފަހަރު މަސްކިރައި ނިމެންދެން، އެދޯނިފަހަރުގެ މަސް ކޮންޓްރޯލް ނެތި ކިރަމުންދާނެ ކަމަށް މިފްކޯއިން ބުނެފައިވެއެވެ.

ފާއިތުވެދިޔަ 2020 އަހަރު މިފްކޯއިން ގަނެފައިވަނީ 49,392 ޓަނު މަހެވެ. ނަމަވެސް މިއަހަރުގެ މިހާތަނަށް 56,198 ޓަނުމަސް ގަނެވިފައިވެއެވެ. ހަމައެކަނި މި ޑިސެމްބަރ މަހުގެ މިހިސާބަށް 8,796 ޓަނު މަސް ގަނެފައިވެއެވެ. މިއީ މިފްކޯގެ ތާރީޚުގައި މަހެއްގެ ތެރޭގައި އެންމެ ގިނައިން މަސްލިބޭނެ މަސްކަމަށާއި މިމަސްނިމޭއިރު 10,500 ޓަނު މަސް ގަނެވޭކަމަށް އަންދާޒާކުރެވޭ ކަމަށް މިފްކޯއިން ބުނެފައިވެއެވެ. އެ ކުންފުނީގެ މަސް ގަތުމުގެ ކެޕޭސިޓީ އަށް ގެނެސްފައިވާ ހެޔޮ ބަދަލާއެކު މިހާރު ދުވާލަކު 400 ޓަނާއި 500 ޓަނުގެ މަސް ގަންނަމުންދާކަމަށް މިފްކޯއިން ބުނެފައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

17 ޖޫން 2017

ބެޔަސް ނުބެޔަސް ސްކީމްގައި ބައިވެރި ނުވަނީ މަސްވެރިން ތަނަވަސް ވުމުން: ފިޝަރީޒް މިނިސްޓްރީ

17 ޖޫން 2017
ބެޔަސް ނުބެޔަސް ސްކީމްގައި ބައިވެރި ނުވަނީ މަސްވެރިން ތަނަވަސް ވުމުން: ފިޝަރީޒް މިނިސްޓްރީ
16 ޖޫން 2017

އާއްމުންނަށް ވިއްކި ހިއްސާ އެކަށައަޅައި އަންނަ އާދިއްތަދުވަހު އިއުލާނުކުރާނަން: އުރީދޫ

16 ޖޫން 2017
އާއްމުންނަށް ވިއްކި ހިއްސާ އެކަށައަޅައި އަންނަ އާދިއްތަދުވަހު އިއުލާނުކުރާނަން: އުރީދޫ
08 ޖޫން 2017

މަސްވެރިކަމާއި ފަތުރުވެރިކަން ދަށަށް ހިނގައްޖެ

08 ޖޫން 2017
މަސްވެރިކަމާއި ފަތުރުވެރިކަން ދަށަށް ހިނގައްޖެ
20 މެއި 2017

ރޯދަ މަސް ފެށެން ހަފްތާއެއް، ބައެއް ތަކެތި ބާޒާރުން ލިބުން ދަތި

20 މެއި 2017
ރޯދަ މަސް ފެށެން ހަފްތާއެއް، ބައެއް ތަކެތި ބާޒާރުން ލިބުން ދަތި
01 މެއި 2017

މާދަމާއިން ފެށިގެން މެގަ މޯލްޑިސްގެ ދަދުރުތައް ވަގުތީ ގޮތުން ހުޓާލަނީ

01 މެއި 2017
މާދަމާއިން ފެށިގެން މެގަ މޯލްޑިސްގެ ދަދުރުތައް ވަގުތީ ގޮތުން ހުޓާލަނީ
10 އެޕްރީލު 2017

ފަތުރުވެރިކަން 11 ޕަސެންޓް، މަސްވެރިކަން 28 ޕަސެންޓް ދަށަށް ގޮސްފި

10 އެޕްރީލު 2017
ފަތުރުވެރިކަން 11 ޕަސެންޓް، މަސްވެރިކަން 28 ޕަސެންޓް ދަށަށް ގޮސްފި
05 މާރިޗު 2017

ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

05 މާރިޗު 2017
ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި
04 ފެބުރުއަރީ 2017

ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ

04 ފެބުރުއަރީ 2017
ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ
03 ފެބުރުއަރީ 2017

މަސްވެރިކަމަށް 32 ޕަސެންޓްގެ ކުރިއެރުމެއް

03 ފެބުރުއަރީ 2017
މަސްވެރިކަމަށް 32 ޕަސެންޓްގެ ކުރިއެރުމެއް
06 ޖެނުއަރީ 2017

މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!

06 ޖެނުއަރީ 2017
މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް