Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮޕް26 ކޮންފަރެންސް

ކޮޕް26: ދުނިޔެ ސަލާމަތްކުރުމަށް ދުނިޔޭގެ ވެރިންނަށް ލިބުނު ފަހު ފުރުސަތު

ލަނޑުދަނޑިތަކަށް ވާސިލުވުމަށް މިހާރަށްވުރެ ހަރުދަނާ ނިންމުންތަކެއް އަވަހަށް ނިންމުމަށް އެއްބަސްވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 29 ޑިސެމްބަރު 2021 | ބުދަ 10:02
ގްލާސްގޯގައި ކުރިޔަށްގެންދިޔަ ކޮޕް26 ބައްދަލުވުން ނިންމާލުމުގެ ތެރެއިން

ގްލާސްގޯގައި ކުރިޔަށްގެންދިޔަ ކޮޕް26 ބައްދަލުވުން ނިންމާލުމުގެ ތެރެއިން

2021 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 31ން ނޮވެމްބަރ މަހުގެ 12 ވަނަ ދުވަހަށް ސްކޮޓްލެންޑްގެ ގްލާސްގޯގައި ކުރިޔަށްދިޔަ ކޮންފަރެންސް އޮފް ދަ ޕާޓީސް ނުވަތަ ކޮޕް ކޮންފަރެންސްގެ 26 ވަނަ ބައްދަލުވުމަކީ ދުނިޔެއަށް އެތައް ގޮތަކުން މުހިންމުވި ކޮންފަރެންސެކެވެ. 2015 ވަނަ އަހަރު ބޭއްވި ކޮޕް21 ވަނަ ބައްދަލުވުމުގައި ގައުމުތަކުން އެއްބަސްވި ޕެރިސް އެގްރިމެންޓްގައިވާ ކަންކަން ހާސިލުކުރުމަށް ގައުމުތަކުން ކުރަމުން ދިޔަ ކަންތައްތަކާއި ޕެރިސް އެގްރިމެންޓްގައިވާ ކަންކަން ހާސިލުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން އެއްބަސްވުމަކަށް އައުމަށް ގައުމުތަކުގެ ލީޑަރުންނަށް ލިބުނު މުހިންމު ފުރުސަތަކީ ކޮޕް26 ބައްދަލުވުމެވެ.

ދުނިޔެ ހޫނުވަމުންދާ ދިޔުން ވަކި މިންވަރެއްގައި ހިފަހައްޓައި މޫސުމީ ބަދަލުތަކުން ދުނިޔެއަށް އަންނަމުންދާ ބަދަލުތަކުން ކުދި ބިންތިރި ޖަޒީރާ ގައުމުތައް ސަލާމަތްކުރުމަށް ޖައްވަށް ވިހަ ގޭސް އެންމެގިނައިން ދޫކުރާ ގައުމުތަކުން ކުރުމަށް ތައްޔާރަށް ތިބީ ކޮންކަން ތައްތަކެއްކަން ސާފުވާން ލިބުނު ފުރުސަތަކީ ކޮޕް26 ބައްދަލުވުމެވެ. ވަކިން ޚާއްސަކޮށް ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީގައި ބެހެއްޓުމަށް ގައުމުތަކުން ކުރާނެ ކަންކަން ކޮޕް26 ބައްދަލުވުމުގައި ނިންމުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.

ދެ ހަފުތާގެ މުއްދަތަށް ސްކޮޓްލެންޑްގެ ގްލާސްގޯގައި ކުރިޔަށްގެންދިޔަ މިބައްދަލުވުން ނިންމާލާފައިވަނީ ކުރިން ނިންމާލުމަށް ކަނޑައަޅާފައިވާ ތާރީޚަށްވުރެ ފަހުންނެވެ. އެއީ ޕެރިސް އެގްރިމެންޓްގައި ގައުމުތަކުން އެންމެ ބޮޑަށް އެއްބަސްވި ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީގައި ބެހެއްޓުމުގެ ވައުދުގެ ދަށުން އެކަން ހާސިލުކުރުމަށް ގައުމުތަކުން ކުރާނެ ކަންކަމަށް އައު ވައުދުތަކެއް އެކަށައަޅާ އެކަންކަމަށް އެއްބަސްވުމަކާ ހަމައަށް އިތުރު ވަގުތު ބޭނުންވެގެންނެވެ. ހޫނުގަދަ ބަހުސްތަކަށްފަހު ކޮޕް26 ގެ ރައީސް އަލޯކް ޝަރްމާ ބައްދަލުވުން ނިންމާލިއިރު 200އެއްހާ ގައުމުން ވަނީ މޫސުމީ ބަދަލުތަކާއި ގުޅިގެން ދެން ކުރާނެ އައު ކަންތައްތަކަކަށް އެއްބަސްވެފައެވެ.

ކޮޕް26 ނިމިގެންދިޔައިރު ގައުމުތަކުން އެއްބަސްވި މުހިންމު ބޮޑެތި ކަންކަމަކީ:

އެއްބަސްވުމުގައި ފާހަގަކޮށްފައިވާ އެއްކަމަކީ ދުނިޔެ ހޫނުވުން ކުޑަކުރުމަށް ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މިންވަރު މަދުކުރުމަށް މިހާތަނަށް ގައުމުތަކުން އެއްބަސްވެފައިވާ އެއްބަސްވުންތަކާއި ވެފައިވާ ވައުދުތަކުން އަދި އެކަމެއް ހާސިލެއްނުވާނެއެވެ. އަދި އެއީ ދުނިޔެ ހޫނު ވަމުންދާ މިންވަރު 1.5 ޑިގްރީގައި ހިފެހެއްޓުމަށް އެންމެ އެކަށޭނެ ނިންމުންތަކެއްވެސް ނޫނެވެ.

އެހެންކަމުން ކޮޕް26 ގައި ނިންމާފައިވަނީ ޕެރިސް އެގްރިމެންޓްގައި ގައުމުތަކުން އެއްބަސްވި ކަންތައްތަކަށް ވާސިލުވުމަށް ސަރުކާރުތަކުން އެކުލަވާލާފައިވާ ލަނޑުދަނޑިތަކާއި ސިޔާސަތުތައް މިހާރަށްވުރެ ބޮޑަށް ހަރުދަނާކޮށް އަންނަ އަހަރު ނިމެންވާއިރަށް ހުށަހެޅުމަށެވެ. ކުރިން އެއްބަސްވެފައިވަނީ ކޮންމެ ފަސް އަހަރަކުން އެސިޔާސަތުތައް ހުށަހަޅައި އެ ސިޔާސަތުތައް މުރާޖާކުރާ ގޮތަށެވެ. ނަމަވެސް މިހާރު އެއަށްވުރެ އަވަހަށް އެހުށަހެޅުންތައް ހުށަހެޅުމަށް ވަނީ އެއްބަސްވެފައެވެ.

ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މިންވަރު އަވަސް މުސްތަގްބަލެއްގައި ބޮޑުތަނުން ކުޑަ ނުކުރެވިއްޖެނަމަ ދުނިޔެ ހޫނު ވަމުންދާ މިންވަރު 1.5 ޑިގްރީއަށްވުރެ މައްޗަށްދާނެ ކަމުގެ އިންޒާރު ސައިންސްވެރިން އަންނަނީ ދެމުންނެވެ. އަދި ދުނިޔެ ހޫނުވަމުންދާ ދިޔުން ނުހިފެހެއްޓޭކަމަށްވާނަމަ ކަނޑުގެ ލޮނުގަނޑު މިހާރަށްވުރެ ބޮޑަށް އުފުލިގެންދާނެކަމަށް ސައިންސްވެރިން ބުނެއެވެ. މީގެއިތުރުން ހަނަފަސްކަން މިހާރަށްވުރެ ބޮޑުވުމާއި ނުރައްކާތެރި ނަގޫރޯޅިތަކާއި ކޮޅިގަނޑުތައް އުފެދުމާއި މިހާރު ދުނިޔެ ތަޖުރިބާކުރަމުންދާ ޖަންގަލިތައް އެނދުމުގެ ހާދިސާތަކަށްވުރެ ބޮޑަށް އެކަންކަން ތަޖުރިބާކުރަންޖެހޭނެކަމަށް ސައިންސްވެރިން އަންނަނީ ބުނަމުންނެވެ.

ބައްދަލުވުން ނިންމާލަމުން ކޮޕް26 ގެ ރައީސް އަލޯކް ޝަރްމާ ވިދާޅުވީ އަދިވެސް ދުނިޔެ ހޫނު ވަމުންދާ މިންވަރު 1.5 ޑިގްރީގައި ހިފެހެއްޓުމުގެ އުންމީދު އެބައޮތްކަމަށެވެ. އެހެންނަމަވެސް ވެފައިވާ ވައުދުތަކާއި އެއްގޮތަށް ކަންތައްތައް ނުކޮށްފިނަމަ އެއީ ވަރަށް ފަސޭހައިން އަތުން ދޫވެގެންދާނެކަމެއް ކަމަށް ޝަރްމާ ވިދާޅުވިއެވެ. ދިރިތިބުމަށްޓަކައި ގައުމުތަކުން ވީ ވައުދުތަކާއި އެއްގޮތަށް އަމަލުކުރަންޖެހޭކަމަށް ޝަރްމާ ވިދާޅުވިއެވެ.

ކޮޕް26ގެ އެއްބަސްވުން އެކުލަވާލިއިރު އެންމެ ފުރަތަމަ ހިމަނާފައިވަނީ ގައުމުތަކުން ހަކަތަ އުފެއްދުމުގައި ބޯޓުދެއްޔަށް ވަމުން އަންނަ ބަރޯސާވުން ހުއްޓާލައި އެއަށްދޭ ސަބްސިޑީ ކަނޑާލުމަށެވެ. ސައިންސްވެރިން ބުނާގޮތުގައި ބޯޓުދެލި އަންދައިގެން ހަކަތަ އުފެއްދުމަކީ ދުނިޔެ ހޫނުވުމަށް އެންމެ ބޮޑަށް މަގުފަހިވާ ނުރައްކާތެރި ވިހަ ގޭސް ޖައްވަށް އެންމެ ގިނައިން ބޭރުވާ ގޮތެވެ. އެހެންކަމުން ކޮޕް26 ގެ ތެރެއިން މަސައްކަތް ކުރަމުންދިޔައީ ބޯޓުދެއްޔަށް ބަރޯސާވާ މިންވަރު ކުޑަކޮށް އެކަން އެއްކޮށް ހުއްޓާލުމަށެވެ.

ބައްދަލުވުމުގެ ތެރޭގައި އެންމެ ބޮޑެތި ބަހުސްތަކެއް ހިނގިކަމަކަށް ވެގެންދިޔަ ކަމަކީވެސް މިކަމެވެ. މިއާއެކު ފަހު ވަގުތު އިންޑިޔާއިން ދެކޮޅު ހެދުމާއެކު ފޭސްތަކަކަށް ބަހާލައިގެން ބޯޓުދެލި އަންދާ މިންވަރު މަދުކުރުމުގެ އެއްބަސްވުމަށް ވަނީ ބަދަލުގެނެސްފައެވެ. މިއާއެކު ގައުމުތަކުން ވަނީ އެކަމާ ދެކޮޅަށް އަޑުއުފުލާފައެވެ. ނަމަވެސް ބައްދަލުވުމުގެ މުޅި އެއްބަސްވުން ދެމެހެއްޓުމުގެ މުހިންމުކަން ބޮޑުވުމުގެ ސަބަބުން ގައުމުތަކުން ވަނީ އެގޮތަށް އެއްބަސްވެފައެވެ.

ކޮޕް26 ބައްދަލުވުމުގައި އެއް ކަމަކަށް އެންމެ ބޮޑަށް ޑިމާންޑްކުރި ކަމަކީ މޫސުމީ ބަދަލުތަކާއި ގުޅިގެން ދޭންޖެހޭ ފައިސާގެ މިންވަރު އިތުރުކުރުމެވެ. އެގޮތުން ފަގީރު އަދި މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ގައުމުތަކުން މިބައްދަލުވުމުގައި ވަނީ މުއްސަނދި އަދި ދުނިޔެ ހޫނުވުމަށް އެންމެ ބޮޑަށް މަގުފަހިވާ ކަންކަން ކުރާ ގައުމުތަކުން އެގައުމުތަކަށް ދޭ އެހީ އިތުރުކުރުމަށް ގޮވާލާފައެވެ.

އެގޮތުގެމަތިން ކުރި މަސައްކަތުގެ ނަތީޖާގެ ގޮތުން ތަރައްގީވެފައިވާ ގައުމުތަކުން ކްލައިމެޓް ފައިނޭންސްގެ ގޮތުގައި ތަރައްގީވަމުން އަންނަ ގައުމުތަކަށް ދޭ ފައިސާގެ މިންވަރު 2025 ވަނަ އަހަރު އަންނަންވާއިރަށް ދެ ގުނަ ކުރުމަށް ވަނީ އެއްބަސްވެފައެވެ.

މީގެއިތުރުން ފުރަތަމަ ފަހަރަށް އެއްބަސްވުމުގައި ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ކުރަންޖެހޭ މަސައްކަތުގެ ސަބަބުން އެގައުމުތަކަށް ކުރިމަތިވާ ދަތިތަކާއި ގެއްލުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެގައުމުތަކަށް ލިބޭ ގެއްލުންތަކުގެ ވާހަކަ ވަނީ ކަވަރ ބައިގައި ހިމަނާފައެވެ. މިއީ ބައެއް ގައުމުތަކުން މިހާރުވެސް އެތައް އަހަރަކު ތަހައްމަލުކުރަމުންދާ ގެއްލުންތަކަކަށްވާއިރު އެގައުމުތަކުން ބުނަމުން އަންނަނީ އެކަމުގެ ބަދަލު މުއްސަނދި ގައުމުތަކުން ދޭންޖެހޭނެކަމަށެވެ.

މޫސުމީ ބަދަލުވުންތަކަށް އެޑަޕްޓްވުމަށާއި ލިބޭ ގެއްލުންތަކަށް ބަދަލު ދިނުމަށް ކުދި ޖަޒީރާ ބިންތިރި ގައުމުތަކުން އަންނަނީ ގޮވާލަމުންނެވެ. ނަމަވެސް އަދިވެސް މިކަމުގައި އެންމެންނަށް އެއްބަސްވެވޭ ސާފު ނިންމުމަކަށް އާދެވިފައެއްނުވެއެވެ. ނަމަވެސް މިބައްދަލުވުމުގެ ތެރެއިން މިކަމުގެ މަޝްވަރާތައް ކުރިޔަށް އޮތްތަނުގައިވެސް ކުރިޔަށް ގެންދިޔުމަށް ތަރައްގީވެފައިވާ ގައުމުތަކުން ވަނީ އެއްބަސްވެފައެވެ.

ކާބަން މާކެޓްގައި ގެންގުޅޭނެ އުސޫލުތަކެއް މިފަހަރުގެ ކޮޕް ބައްދަލުވުމުގައި ވަނީ ކަނޑައަޅާފައެވެ. މިއީ މީގެކުރިން ދެ ބައްދަލުވުމެއްގައި އެކުލަވާލަން މަސައްކަތްކޮށް ނުވެފައިވާކަމެކެވެ. މިއާއެކު ބޮޑެތި ޖަންގަލިތައް ހިމާޔަތްކުރުމާއި އިޔާދަކުރަނިވި ހަކަތައަށް ދިޔުމާއި މިނޫންވެސް މޫސުމީ ބަދަލުތަކާއި ގުޅޭ ބޮޑެތި މަޝްރޫއުތައް ހިންގުމުގެ މަގުފަހިވެގެންދާނެއެވެ.

މައިގަނޑު ނިންމުންތައް ނޫނަސް މިފަހަރުގެ ބައްދަލުވުމުގައި ވަނީ މުހިންމު ނިންމުންތަކެއް ގައުމުތަކުން ނިންމާފައެވެ. އެގޮތުން އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިސްވެއޮވެ ޖައްވަށް މީތޭން ގޭސް ދޫކުރުން ހުއްޓާލުމަށް އެކުލަވާލި އެއްބަސްވުމުގައި 100 ގައުމަކުން ވަނީ 2020 ވަނަ އަހަރު މީތޭން ބޭރުކުރަމުން އައި މިންވަރުން 2030 ވަނަ އަހަރު އަންނަންވާއިރަށް 30 އިންސައްތަ މަދުކުރުމަށް އެއްބަސްވެފައެވެ.

އަނެއްކޮޅުން ދުނިޔެއަށް އެންމެ ގިނައިން ކާބަން ބޭރުކުރާ ދެ ގައުމުކަމުގައިވާ އެމެރިކާ އާއި ޗައިނާ ގުޅިގެން ވަނީ މޫސުމީ ބަދަލުތަކުގެ އަސަރުކުޑަކުރުމަށް ކުރާނެ ކަންތައްތަކެއް އެކުލަވާލާ ހާމަކޮށްފައެވެ. މިއެއްބަސްވުމަކީ ޒަމާންތަކެއް ވަންދެން ޗައިނާއިން ދުނިޔެ ހޫނުވުން ކުޑަކުރުމަށް ކުރާނެ ކަންތައްތަކާއި ގުޅޭގޮތުން އެއްޗެއް ނުބުނެ އޮތުމަށްފަހު ކުރާނެ ކަންތައްތަކެއް ހާމަކުރި ފުރަތަމަ ފަހަރެވެ.

މީގެއިތުރުން ކުންފުނިތަކާއި އިންވެސްޓަރުން ވަނީ ދުއްވާތަކެތިން ބޭރުވާ ވިހަ ގޭހުގެ މިންވަރު މަދުކުރުމަށް ކުރާނެ ކަންތައްތަކެއްގެ މައްޗަށް އެއްބަސްވެފައެވެ. މީގެއިތުރުން ބޮޑެތި ޖަންގަލިތައް ހިމާޔަތްކުރުމާއި ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނެވި މަޝްރޫއުތަކަށް އިންވެސްޓްކުރުމަށް ވަނީ ވައުދުތަކެއްވެފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމަކަށް މިފަހަރު ކެނެޑާ

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމަކަށް މިފަހަރު ކެނެޑާ

02 ސެޕްޓެމްބަރު 2017
އޮލިމްޕިކް އަދި ދުނިޔޭގެ ޗެމްޕިއަން ފެތުންތެރިޔާ އެޑަމް ޕީޓީގެ ތަފާތު ވާހަކައެއް

އޮލިމްޕިކް އަދި ދުނިޔޭގެ ޗެމްޕިއަން ފެތުންތެރިޔާ އެޑަމް ޕީޓީގެ ތަފާތު ވާހަކައެއް

30 އޯގަސްޓު 2017
މެލާނީ: މޮޑެލްގެ ދުނިޔެ ބަދަލުކޮށްލި މޮޑެލެއް

މެލާނީ: މޮޑެލްގެ ދުނިޔެ ބަދަލުކޮށްލި މޮޑެލެއް

07 ޖޫން 2017
"މޭކް އަވަރ ޕްލެނެޓް ގްރޭޓް އަގެއިން" – ޓްރަމްޕްގެ ނިންމެވުމާ އެކު ދުނިޔެ ކެކެނީ!

"މޭކް އަވަރ ޕްލެނެޓް ގްރޭޓް އަގެއިން" – ޓްރަމްޕްގެ ނިންމެވުމާ އެކު ދުނިޔެ ކެކެނީ!

03 ޖޫން 2017
ޕްރޮފައިލް: އުމަރު ބިން އަލް ޚައްތާބު – އިސްލާމީ ދުނިޔެ ދުށް ނަމޫނާ ލީޑަރެއް

ޕްރޮފައިލް: އުމަރު ބިން އަލް ޚައްތާބު – އިސްލާމީ ދުނިޔެ ދުށް ނަމޫނާ ލީޑަރެއް

02 ޖޫން 2017

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު