Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އައިޖީއެމްގެ ޚިދުމަތް ފުޅާކުރުން

އައިޖީއެމްއެޗްގައި އިތުރު ޚިދުމަތްތައް ތައާރަފުކޮށް ފަސޭހަ އިންތިޒާމްތައް ހަމަޖައްސަނީ!

ސެންޓަރ ފޯ މެންޓަލް ހެލްތް އިންޕޭޝަންޓްގެ ވޯޑް ޖެނުއަރީ މަހުގެ ތެރޭގައި ހުޅުވާނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 23 ޑިސެމްބަރު 2021 | ބުރާސްފަތި 10:25
އިންދިރާގާދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)

އިންދިރާގާދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)

އިންދިރާގާދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި އިތުރު ޚިދުމަތްތައް ތައާރަފްކޮށް، ރައްޔިތުންނަށް ލުއި ފަސޭހަވާނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސައިދިނުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް އެހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް ސަލީމް ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް ދެއްވި ޚާއްސަ އިންޓަވިޔުއެއްގައި ސަލީމް ވިދާޅުވީ އައިޖީއެމްއެޗްގެ ޚިދުމަތްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތްތަނުގައި އައު ޚިދުމަތްތަކެއް ތައާރަފް ކުރެވިގެންދާނެ ކަމަށެވެ. އެގޮތުން މިއަންނަ އަހަރުގެ ތެރޭގައި ''ސެންޓަރ ފޯ މެންޓަލް ހެލްތް އިންޕޭޝަންޓްގެ ވޯޑް'' ހުޅުވި ބޭނުން ކުރަން ފެށޭނެ ކަަމަށް ސަލީމް ވިދާޅުވިއެވެ. ޖެނުއަރީ މަހުގެ ތެރޭގައި ހުޅުވުމަށް ނިންމާފައިވާއިރު، އެއީ ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުން ބައިތިއްބައިގެން ފަރުވާ ދޭނެ ވޯޑެއް ކަމަށް ސަލީމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެނިޒާމުގެ ތެރެއިން ނަފްސާނީ ބަލި ތަހައްމަލް ކުރާ މީހުންނަށް ދެވޭ ފަރުވާ އިތުރަށް ހަރުދަނާ ކުރާނެ ކަމަށް ސަލީމް ވިދާޅުވިއެވެ. މީގެ އިތުރުން ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އިތުރު ޚިދުމަތްތައް އިއުލާން ކުރެވިގެންދާނެ ކަމަށެވެ.

އައިޖީއެމްއެޗުން ގާއިމްކުރަމުންދާ ސޮފްޓްވެއަރއަށް އިޝާރާތް ކުރައްވައި ސަލީމް ވިދާޅުވީ އެސޮފްޓްވެއަރގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި، 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ތައާރަފް ކުރެވިގެންދާނެ ކަމަށެވެ.

ސަލީމް ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެސޮފްޓްވެއަރ މެދުވެރިކޮށް ޑޮކްޓަރުންގެ ޝެޑިއުލް ބަލައިލެވޭނެ ކަމަށާއި، ކުރިއަށް އޮތްތަނުގައި މަސް ދުވަހަށް ޑޮކްޓަރުންގެ ޝެޑިއުލް ހެދިގެންދާނެ ކަމަށެވެ. އަދި މިހާރު އެޕޮއެންޓްމެންޓް ހެއްދުމުން ދޭ ނަންބަރުގެ ބަދަލުގައި ޑޮކްޓަރަށް ދެއްކުމަށް އަންނަން ޖެހޭ ދުވަސް އެނގިގެންދާނެ ކަަމަށް އޭނާ ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންނާއި ގާތުން ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކަމަށެވެ.

އައިޖީއެމްއެޗް

ކޮމެންޓް

އިތުރަށް ކިޔާލަން

ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ

ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ

12 ޑިސެމްބަރު 2025
އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު

އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު

01 ޑިސެމްބަރު 2025
ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް

ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް

30 ނޮވެމްބަރު 2025
ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ

ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ

29 ނޮވެމްބަރު 2025
ސިވިލްސަރވިސް ބައެއް މުވައްޒަފުންގެ ކަންބޮޑުވުން: ޑިޕްލޮމާ އޮތް މީހެއްގެ މުސާރަ އަށްވުރެ ޑިޕްލޮމާ ނެތް މީހާގެ މުސާރަ ބޮޑު

ސިވިލްސަރވިސް ބައެއް މުވައްޒަފުންގެ ކަންބޮޑުވުން: ޑިޕްލޮމާ އޮތް މީހެއްގެ މުސާރަ އަށްވުރެ ޑިޕްލޮމާ ނެތް މީހާގެ މުސާރަ ބޮޑު

05 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު