Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ލީގު ކަޕް

ލިވަޕޫލް، ޗެލްސީ އަދި ޓޮޓެންހަމް ސެމީއަށް

ސެމީގައި ލިވަޕޫލް ބައްދަލުކުރަން ޖެހޭނީ އާސެނަލާ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 23 ޑިސެމްބަރު 2021 | ބުރާސްފަތި 04:32
ލިވަޕޫލާއި ލެސްޓާ ބައްދަލުކުރި މެޗުގެ ތެރެއިން

ލިވަޕޫލާއި ލެސްޓާ ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި ލީގު ކަޕުގެ ކުއާޓާ ފައިނަލުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުތަކުން މޮޅުވެ ލިވަޕޫލާއި، ޗެލްސީ އަދި ޓޮޓެންހަމް ހޮޓްސްޕާ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ސެމީގެ ޖާގައެއް ލިވަޕޫލުން ހޯދީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ފަހަތުން އަރައި ލެސްޓާ ސިޓީއާ 3-3 އިން އެއްވަރުކޮށް، ޕެނަލްޓީ ޖަހައިގެން 5-4 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމަނައިގެން މި މެޗަށް ލިވަޕޫލް ނުކުތްއިރު، މެޗު ފަށައިގެން 13 މިނެޓު ތެރޭ ލެސްޓާގެ ޖޭމީ ވާޑީ ވަނީ ދެ ލަނޑ ޖަހާފައެވެ. އަދި އޭގެ ހަ މިނެޓު ފަހުން އަލެކްސް އޮކްސްލޭޑް-ޗަމްބަލެއިންގެ ލަނޑުން ލިވަޕޫލުން ފަރަގު ކުޑަކުރި ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖޭމްސް މެޑިސަން ވަނީ ލަނޑެއް ޖަހައި، ލެސްޓާގެ ލީޑު އަލުން ފުޅާކޮށްދީފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލުން ބަދަލުތަކެއް ގެނައިރު، މެޗުގެ 68 ވަނަ މިނެޓުގައި ޑިއޯގޯ ޖޮޓާ ވަނީ އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ. އަދި މި މެޗުން ލިވަޕޫލް ސަލާމަތްވީ މެޗުގެ އިތުރު ވަގުތުގައި ޓަކޫމީ މިނަމީނޯ ކާމިޔާބުކޮށްދިން ލަނޑާއެކުއެވެ.

އެއާއެކު ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، ލިވަޕޫލުން ވަނީ އެ ޓީމުން ފޮނުވާލި ހަ ޕެނަލްޓީގެ ތެރެއިން ފަސް ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. ލިވަޕޫލަށް ކާމިޔާބުނުވީ މިނަމީނޯގެ ޕެނަލްޓީއެވެ. އެގޮތުން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. އެކަމަކު ޕެނަލްޓީ ޝޫޓްއައުޓުގައި ލިވަޕޫލުގެ ޒުވާން ގޯލްކީޕަރު ކޮއިމްހިން ކެލަހާ ވަނީ ލެސްޓާގެ ދެ ޕެނަލްޓީއެއް ހުއްޓުވާފައެވެ.

ދެން މި މުބާރާތުގެ ސެމީގެ ޖާގައެއް ޗެލްސީން ހޯދީ ރަށުން ބެރުގައި ކުޅުނު މެޗުން ބްރެންޓްފޯޑް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވާއިރު، މެޗުގައި ބްރެންޓްފޯޑް ކޮޅަށް ޗެލްސީން ދެ ލަނޑުވެސް ޖަހާފައިވަނީ މެޗުގެ ފަހު ވަގުތުގައެވެ. އެގޮތުން މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް ޗެލްސީން ލީޑު ނެގިއިރު، މި ލަނޑަކީ ބްރެންޓްފޯޑުގެ ޕޮންޓަސް ޖެންސަން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި އޭގެ ފަސް މިނެޓު ފަހުން ޗެލްސީގެ ޖޯޖީނިއޯ ވަނީ ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، އެ ޓީމަށް ސެމީ ކަށަވަރުކޮށްދީފައެވެ.

މީގެ އިތުރުން ބުދަ ދުވަހުގެރޭ ކުޅުނު މެޗުގައި 2-1 ގެ ނަތީޖާއަކުން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް ޓޮޓެންހަމް ހޮޓްސްޕާވެސް ވަނީ ސެމީގެ ޖާގައެއް ހޯދާފައެވެ. އެއާއެކު ސެމީގައި ޓޮޓެންހަމް ބައްދަލުކުރަން ޖެހޭނީ ޗެލްސީއާއެވެ. އަދި ސެމީގައި ލިވަޕޫލް ނުކުންނާނީ އާސެނަލާ ދެކޮޅަށެވެ.

މި މުބާރާތުގެ ސެމީއަށް އާސެނަލް ދަތުރުކޮށްފައިވަނީ އަންގާރަ ދުވަހުގެރޭ ކުޅުނު ކުއާޓާގެ މެޗުން ތިންވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ސަންޑަލެންޑް އަތުން 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެގެންނެވެ.

އިނގިރޭސި ލީގު ކަޕްލިވަޕޫލްޗެލްސީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު