Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވެކްސިން ދިނުން

އިނގިރޭސިވިލާތުގައި ދިފާއީ ނިޒާމު ބަލިކަށި އުމުރުން 5 އަހާއި 11 އަހަރުގެ ކުދިންނަށް ވެކްސިން ދިނުމަށް ލަފާ ދީފި

މި އުމުރު ފުރައިގެ ހުރިހާ ކުދިންނަށް ވެކްސިން ދިނުމާއި މެދު އަދި ގޮތެއް ނުނިންމާ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 23 ޑިސެމްބަރު 2021 | ބުރާސްފަތި 05:00
އޮމިކްރޯން ވޭރިއަންޓާއި ގުޅިގެން އެފަދަ ކުދިންނަށް ވެކްސިން ދޭން ޖެހޭ ކަމަށް ވެކްސިން އެޑްވައިޒަރުން ވަނީ ބުނެފައި

އޮމިކްރޯން ވޭރިއަންޓާއި ގުޅިގެން އެފަދަ ކުދިންނަށް ވެކްސިން ދޭން ޖެހޭ ކަމަށް ވެކްސިން އެޑްވައިޒަރުން ވަނީ ބުނެފައި

އިނގިރޭސިވިލާތުގައި ދިފާއީ ނިޒާމު ބަލިކަށި 5 އަހަރާ 11 އަހަރުގެ އުމުރު ފުރާގެ ކުދިންނަށް ވެކްސިން ދިނުމަށް އެ ޤައުމުގެ ވެކްސިން އެޑްވައިޒަރުން ލަފާ ދީފިއެވެ.

އެމީހުން ބުނީ އޮމިކްރޯން ވޭރިއަންޓާއި ގުޅިގެން އެފަދަ ކުދިންނަށް ވެކްސިން ދޭން ޖެހެއެވެ. އެ އުމުރުގެ ކުދިންނަށް ވެކްސިންގެ ދަށް ޑޯޒެއް ދިނުމަށް އިނގިރޭސިވިލާތުން ވަނީ ހުއްދަ ދީފައެވެ. އެހެންނަމަވެސް އެ އުމުރުފުރައިގެ ހުރިހާ ކުދިންނަށް ވެކްސިން ދިނުމާއި މެދު އަދި ގޮތެއް ނުނިންމައެވެ.

ސައިންޓިފިކް އެކްސްޕާޓުން ދިން ލަފާ ބަލައިގެންފައިވާއިރު މި ކުދިންނަށް ވެކްސިން ދޭނެކަން އަދި ވަނީ ކަށަވަރު ނުވެފައެވެ. އެ ޤައުމުގައި މިހާރު އެންމެ އިސްކަމެއް ދީގެން ކުރާ މަސައްކަތަކީ އޮމިކްރޯން ވޭރިއަންޓް ފެނިފައިވާ މި ދަނޑިވަޅުގައި ބޮޑެތި މީހުންނަށް ބޫސްޓަރ ޑޯޒް ދިނުމެވެ.

ބޮޑެތި މީހުންނަށް ދޭ ވެކްސިނާއި އަޅާބަލާއިރު ފައިޒަރގެ ދަށް ޑޯޒް ވެކްސިންގައި ހިމެނެނީ ތިންބައި ކުޅަ އެއްބައި މިންވަރެވެ. މި ވެކްސިން އެހެން ޤައުމުތަކުގައި ވަރަށް ފުޅާކޮށް ބޭނުން ކުރަމުން ދާއިރު އެމެރިކާގައި އެކަނިވެސް 5 މިލިއަނަށްވުރެ ގިނަ ކުދިންނަށް ވެކްސިން ވަނީ ދީފައެވެ.

ކޮވިޑު ޖެހިގެން ކުޑަކުދިންނަށް ބޮޑަށް އަސަރު ކުރާ މިންވަރު ދަށްވެފައިވާއިރު އުމުރުން 12 އަހަރުން މަތީގެ ކުދިން ވެކްސިން ޖެހުމަށް އިނިގިރޭސިވިލާތުން ނިންމާފައިވަނީ ސްކޫލްތައް ހުޅުވުމަށް އެހީތެރިވުމުގެ ގޮތުންނެވެ.

މިދަނޑިވަޅުގައި ޤައުމުތަކުގައި އޮމިކްރޯން ވޭރިއަންޓް ފެތެރުމުން ދާއިރު ދުނިޔޭގެ 89 ގައުމަކުން މިހާތަނަށް އައިއިރު މި ވޭރިއަންޓް ފެނިފައި ވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ން ވަނީ ބުނެފައެވެ. ޑަބްލިޔުއެޗްއޯއިން ބުނީ މިވޭރިއަންޓްގެ ނުރައްކާތެރިކަން ދެނެގަތުމަށް އަދިވެސް އިތުރު ޑާޓާތައް ބޭނުންވާ ކަމަށެވެ. އަދި މިވޭރިއަންޓްގެ މިޔުޓޭޝަންތަކުގެ ސަބަބުން، ވެކްސިނުން ކުރާ އަސަރު ކުޑަކުރޭތޯ ބެލުމަށް އިތުރު ދިރާސާތައް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން ޑަބްލިޔުއެޗްއޯއިން ބުނީ، އޮމިކްރޯން ވޭރިއަންޓުގެ ކޭސްތައް މިލިއަނުން ފެނިދާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި، ގައުމުތަކުގެ ސިއްހީ ނިޒާމުގައި ކެޕޭސިޓީ އިތުރުކުރަން ޖެހޭ ކަމަށެވެ. އަދި މިވޭރިއަންޓް ޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރުވަމުން ދިޔުމަށް މަގުފަހިވެގެން ދާނެކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.

އޮމިކްރޯން ވޭރިއަންޓަކީ "ވޭރިއަންޓް އޮފް ކޮންސަރން"ގެ ގޮތުގައި ޑަބްލިޔުއެޗްއޯއިން ކަނޑައަޅާފައިވަނީ ނޮވެމްބަރ މަހުގެ 26 ވަނަ ދުވަހުއެވެ.

އިނގިރޭސިވިލާތްކޮވިޑް-19 ވެކްސިން

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2025

އިނގިރޭސިވިލާތުން ދާއިމީ ހިމާޔަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ދިގުު އިންތިޒާރެއް ކުރަން ޖެހޭ ގޮތް ހަދައިފި

16 ނޮވެމްބަރު 2025
އިނގިރޭސިވިލާތުން ދާއިމީ ހިމާޔަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ދިގުު އިންތިޒާރެއް ކުރަން ޖެހޭ ގޮތް ހަދައިފި
13 ސެޕްޓެމްބަރު 2025

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ
19 އޯގަސްޓު 2025

ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

19 އޯގަސްޓު 2025
ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި
20 ސެޕްޓެމްބަރު 2024

ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ

20 ސެޕްޓެމްބަރު 2024
ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ
05 ޖުލައި 2024

ގާޒާގެ ހަނގުރާމަ ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް އިނގިރޭސި އައު ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

05 ޖުލައި 2024
ގާޒާގެ ހަނގުރާމަ ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް އިނގިރޭސި އައު ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ
05 ޖުލައި 2024

އިންތިޚާބުން ބަލިވުމުގެ ޒިންމާ ނަގަން، މާފަށް އެދެން: އިނގިރޭސި ބޮޑުވަޒީރު ސުނާކް

05 ޖުލައި 2024
އިންތިޚާބުން ބަލިވުމުގެ ޒިންމާ ނަގަން، މާފަށް އެދެން: އިނގިރޭސި ބޮޑުވަޒީރު ސުނާކް
05 ޖުލައި 2024

އިނގިރޭސީ ވިލާތުގެ އާންމު އިންތިޚާބް ލޭބަރ ޕާޓީ އިން ކާމިޔާބު ކޮށްފި

05 ޖުލައި 2024
އިނގިރޭސީ ވިލާތުގެ އާންމު އިންތިޚާބް ލޭބަރ ޕާޓީ އިން ކާމިޔާބު ކޮށްފި
10 މެއި 2024

އިޒްރޭލާ ދެކޮޅަށް ވާހަކަ ދެއްކުމުން ދަރިވަރެއްގެ ވިސާ އިނގިރޭސި ވިލާތުން ކެންސަލްކޮށްފި

10 މެއި 2024
އިޒްރޭލާ ދެކޮޅަށް ވާހަކަ ދެއްކުމުން ދަރިވަރެއްގެ ވިސާ އިނގިރޭސި ވިލާތުން ކެންސަލްކޮށްފި
18 މާރިޗު 2024

ތައިލެންޑް، އިނގިރޭސިވިލާތް އަދި ޔޫއޭއީގައި ވޯޓުފޮށި ނުބަހައްޓާނެ

18 މާރިޗު 2024
ތައިލެންޑް، އިނގިރޭސިވިލާތް އަދި ޔޫއޭއީގައި ވޯޓުފޮށި ނުބަހައްޓާނެ
30 އޯގަސްޓު 2023

ޔޫކޭގައި އެއާ ޓްރެފިކް މައްސަލަތައް ދިމާވީ ސައިބަރ އެޓޭކަކުން ނޫން – އިނގިރޭސި ސަރުކާރު

30 އޯގަސްޓު 2023
ޔޫކޭގައި އެއާ ޓްރެފިކް މައްސަލަތައް ދިމާވީ ސައިބަރ އެޓޭކަކުން ނޫން – އިނގިރޭސި ސަރުކާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު