Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޔޫކޭގައި އެއާ ޓްރެފިކް މައްސަލަތަކެއް

ޔޫކޭގައި އެއާ ޓްރެފިކް މައްސަލަތައް ދިމާވީ ސައިބަރ އެޓޭކަކުން ނޫން – އިނގިރޭސި ސަރުކާރު

ހޯމަ ދުވަހު 790 ޑިޕާޓިންގ ފްލައިޓް އަދި 785 އިންކަމިންގ ފްލައިޓް ކެންސަލް ކުރަން ޖެހިފައިވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 30 އޯގަސްޓު 2023 | ބުދަ 00:13
ޔޫކޭގެ އެއާޕޯޓެއްގައި ބަޔަކު ނުފުރިގެން

ޔޫކޭގެ އެއާޕޯޓެއްގައި ބަޔަކު ނުފުރިގެން

އިނގިރޭސި ވިލާތުގެ ވައިގެ ދަތުރުފަތުރަށް ހޯމަދުވަހު ހުރަސް އެޅުނީ ސައިބަރ އެޓޭކެއްގެ ސަބަބުން ނޫން ކަމަށް އިނގިރޭސި ސަރުކާރުން ބުނެފިއެވެ.

އެގައުމުގެ ނެޝަނަލް އެއާ ޓްރެފިކް ސަރވިސަސްއަށް ދިމާވި މައްސަލައެއްގެ ސަބަބުން އެގައުމުން ހޯމަ ދުވަހު ފުރަން އަދި ޖައްސަން އޮތް ފްލައިޓްތަކުގެ ހަތަރުބައިކުޅަ އެއްބައިހާ ފްލައިޓްގެ ގަޑި އޮޅުނެވެ. ނަތީޖާއެއްގެ ގޮތުން ވަރަށް ގިނަ އަދަދެއްގެ ފްލައިޓް ކެންސަލްކޮށް، އަދި ރީޝެޑިއުލްކުރަން ޖެހިފައިވެއެވެ. މުޅި އަންގާރަ ދުވަހުވެސް ފްލައިޓްގެ ގަޑިތައް ހަމައަކަށް ނޭޅޭކަމަށް ޚަބަރުތައް ބުނެއެވެ.

އިނގިރޭސި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ތަރުޖަމާން އަންގާރަ ދުވަހު ބުނީ، މިކަމެއް ދިމާވީ ސައިބަރ އެޓޭކަކުން ނޫން ކަމުގައެވެ. އަދި ޕްރައިމިނިސްޓަރުގެ ރަސްމީ ތަރުޖަމާނުވެސް ވަނީ ސިވިލް އެވިއޭޝަން އޮތޯރިޓީން މައްސަލަ ތަހުގީގު ކުރުމަށްފަހު ސަރުކާރަށް ރިޕޯޓް ހުށަހަޅާނެ ކަމަށް ބުނެފައެވެ.

ފްލައިޓްތަކުގެ ގަޑިއޮޅި ކެންސަލްވާން ފެށުމުން އެތައްހާސް ބަޔަކު ވަނީ އެއާޕޯޓުތަކުގައި ބަންދުވެފައެވެ. ޓްރާންސްޕޯޓް ސެކްރެޓަރީ މާކް ހާޕަރ ވިދާޅުވީ މިމައްސަލަ ހައްލުވެ ހުރިހާކަމެއް ހަމަޔަކަށް އެޅެން އެތައް ދުވަހެއް ނަގާނެ ކަމުގައެވެ. މިފަދަ ކަމެއް މީގެ ކުރިން އެންމެ ފަހުން ދިމާވެފައިވަނީ މީގެ ދިހަވަރަކަށް އަހަރު ކުރިން ކަމަށް ވެއެވެ.

އެވިއޭޝަން ޑޭޓާ އެއްކުރާ ފަރމް ސިރިއަމްއިން ބުނެފައިވާގޮތުގައި، އަންގާރަ ދުވަހު 9 ޖަހަންވާއިރަށް 147 ޑިޕާޓިންގ ފްލައިޓުގެ އިތުރުން 134 އެރައިވަލްސް ވަނީ ކެންސަލް ކުރަން ޖެހިފައެވެ. އަދި ހޯމަ ދުވަހު 790 ޑިޕާޓިންގ ފްލައިޓާއި 785 އިންކަމިންގ ފްލައިޓް ކެންސަލް ކުރަން ޖެހިފައި ވެއެވެ.

ބޮޑުވަޒީރު ރިޝީ ސުނާކް ވިދާޅުވީ ޓްރާންސްޕޯޓް ސެކްރެޓަރީ ހާޕަރ ގެންދަވަނީ މެދުނުކެނޑި އިންޑަސްޓްރީގެ އެކި ފަރާތްތަކާ ގުޅުއްވަމުން ކަމަށާއި އަދި އެކި އެއާލައިންތަކާވެސް ވާހަކަދައްކަވަމުން ގެންދަވާކަމުގައެވެ.

ދުނިޔޭގެ އެންމެ ކާރޫބާރޫ ބޮޑު ދެ ރަންވޭ އޮންނަ ހީތުރޯ އެއާޕޯޓުން އަންގާރަ ދުވަހު ބުނީ، އޭރުވެސް އެމީހުންގެ ޝެޑިއުލް އަދިވެސް އޮތީ ވަރަށް ބޮޑަށް ހަމަ ގެއްލިފައިކަމަށެވެ. އަދި އީޒީ ޖެޓުންވެސް ބުނެފައިވަނީ ބައެއްފްލައިޓުތައް އޭރުވެސް އޮޕަރޭޓް ނުކުރެވޭކަމަށެވެ.

އިނގިރޭސި ވިލާތުގެ އެއާޓްރެފިކް ސަރިސަސްއަށް މައްސަލަޖެހި ފްލައިޓްތައް ތޮއްޖެހެން ދިމާވީ ހޯމަ ދުވަހު މެންދުރެއްހާއިރުއެވެ. އަދި ތިނެއް ޖަހާ އެހާކަންހާއިރު މައްސަލަ ފާހަގަކުރެވި، ރަނގަޅުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އެފަރާތުން ބުނެފައިވެއެވެ.       

އިނގިރޭސިވިލާތް

ކޮމެންޓް

އިތުރަށް ކިޔާލަން

އިނގިރޭސިވިލާތުން ދާއިމީ ހިމާޔަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ދިގުު އިންތިޒާރެއް ކުރަން ޖެހޭ ގޮތް ހަދައިފި

އިނގިރޭސިވިލާތުން ދާއިމީ ހިމާޔަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ދިގުު އިންތިޒާރެއް ކުރަން ޖެހޭ ގޮތް ހަދައިފި

16 ނޮވެމްބަރު 2025
ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ

ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ

20 ސެޕްޓެމްބަރު 2024
ގާޒާގެ ހަނގުރާމަ ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް އިނގިރޭސި އައު ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

ގާޒާގެ ހަނގުރާމަ ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް އިނގިރޭސި އައު ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

05 ޖުލައި 2024
އިންތިޚާބުން ބަލިވުމުގެ ޒިންމާ ނަގަން، މާފަށް އެދެން: އިނގިރޭސި ބޮޑުވަޒީރު ސުނާކް

އިންތިޚާބުން ބަލިވުމުގެ ޒިންމާ ނަގަން، މާފަށް އެދެން: އިނގިރޭސި ބޮޑުވަޒީރު ސުނާކް

05 ޖުލައި 2024
އިނގިރޭސީ ވިލާތުގެ އާންމު އިންތިޚާބް ލޭބަރ ޕާޓީ އިން ކާމިޔާބު ކޮށްފި

އިނގިރޭސީ ވިލާތުގެ އާންމު އިންތިޚާބް ލޭބަރ ޕާޓީ އިން ކާމިޔާބު ކޮށްފި

05 ޖުލައި 2024

އަހަރުތަކުން މިއަދު

2 ޖޫން
4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި
20251 އަހަރު ކުރިން
ރިޕޯޓު

4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"
20242 އަހަރު ކުރިން
ރިޕޯޓު

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި
20233 އަހަރު ކުރިން
ރާއްޖެ

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް
20224 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް
20215 އަހަރު ކުރިން
ރާއްޖެ

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި
20197 އަހަރު ކުރިން
ރާއްޖެ

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!
20188 އަހަރު ކުރިން
ރިޕޯޓު

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު