Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް ޕިލް

ކޮވިޑް ޕިލް އިމަރޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ އެމެރިކާގެ އެފްޑީއޭއިން ދީފި

22 ޑިސެމްބަރު 2021 | ބުދަ 18:37

ހުއްދަ ދީފައިވަނީ ބޮޑެތި މީހުންނަށާއި އުމުރުން 12 އަހަރުގެ ކުދިންނަށާއި ހައި ރިސްކް މީހުންނަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 22 ޑިސެމްބަރު 2021 | ބުދަ 18:37
ކޮވިޑް ޕިލް ޖުމްލަ 30 ފަހަރު ބޭނުންކުރަން ޖެހޭ

ކޮވިޑް ޕިލް ޖުމްލަ 30 ފަހަރު ބޭނުންކުރަން ޖެހޭ

ފައިޒަރގެ ކޮވިޑް ޕިލް، އިމަރޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)އިން ދީފިއެވެ.

ޕެކްސްލޮވިޑް ނަމަކަށް ކިޔާ މި ގުޅަ ބޭސް ބޭނުންކުރުމުގެ ހުއްދަ ދީފައިވަނީ ބޮޑެތި މީހުންނަށާއި އުމުރުން 12 އަހަރުގެ ކުދިންނަށާއި ހައި ރިސްކް މީހުންނަށެވެ.

އެފްޑީއޭއިން ބުނީ މި އެޅުނު ވަރަށް ބޮޑު ފިޔަވަޅެއް ކަމަށެވެ. މި ކޮވިޑް ޕިލްއަކީ ކޮވިޑުން ދިފާއުވުމަށް ބޭނުންކުރާ ވެކްސިނަކަށް ނުވާއިރު، މިއީ ހައިރިސްކް މީހުންނަށް ފަރުވާ ފޯރުކޮށްދިނުމުގައި އެހީތެރިވެދޭނެ ގުޅަ ބޭހެކެވެ.

އޮމިކްރޯން ވޭރިއަން ފެތުރިފައިވާ މި ދަނޑިވަޅުގައި، މި ބޭހާއެކު ފަރުވާ ފޯރުކޮށްދިނުމުގައި އިތުރަށް ފަސޭހަވެގެންދާއިރު، މީގެ މި ބޭސްގުޅައިގެ ސަޕްލައި ކުރާނީ ވަކި މިންވަރަކަށްކަމަށް ކަމާގުޅޭ މާހިރުން ލަފާ ކުރެއެވެ.

ފައިޒަރގެ ސީއީއޯ އެލްބާޓް ބުދަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެ ކުންފުނިން މި ގުޅަ ބޭސް އެމެރިކާއަށް ފޯރުކޮށްދިނުމުގެ ކަންތައްތައް ވަރަށް އަވަހަށް ފަށަން ތައްޔާރު ކަމަށެވެ. ފަރުވާ ހޯދާ މީހުންގެ ތެރެއިން މީހުން އެނދުމަތި ކުރެވޭ މިންވަރާއި މަރުވާ މިންވަރު، މި ބޭހުގެ ސަބަބުން ދަށްކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ސިއްހީ ޚިދުމަތްތެރިންނަށާއި ސިއްހީ ނިޒާމަށް ދިމާވެފައިވާ ކަންތައްތަކުގައި އަރައިގަތުމަށް ވެސް އެހީތެރިވެދޭނެ ކަމަށް އެލްބާޓް ވިދާޅުވިއެވެ.

ފައިޒަރ ކުންފުނިން ހެދި ދިރާސާއެއްގައި ބުނެފައިވަނީ ހައި ރިސްކް މީހުން އެނދުމަތި ކުރުމުންނާއި، މަރުވުމުން ސަލާމަތްކުރުމަށް، 89 އިންސައްތަ، މި ބޭސް އެހީތެރިވެދޭނެ ކަމަށެވެ.

މި ބޭސް ޖުމްލަ 30 ފަހަރު ބޭނުންކުރަން ޖެހެއެވެ. އެއީ ކޮންމެ ދުވަހަކަށް ތިން ގުޅަ، ފަސް ދުވަސްވަންދެންނެވެ. އެޗްއައިވީ ހުންނަ މީހުންނާއި ހަށިގަނޑުގެ ގުނަވަން ޓްރާންސްޕާންޓް ކޮށްފައިވާ މީހުން މި ބޭސް ބޭނުންކުރުން ރަނގަޅު ނޫން ކަމަށް ވެސް ފައިޒަރ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން އޮމިކްރޯން ވޭރިއަންޓާ ދެކޮޅަށް ވެސް މި ބޭސް މަސައްކަތް ކުރާނެ ކަމަށް ވަނީ ބުނެފައެވެ.

އެމެރިކާކޮވިޑް-19

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
28 ނޮވެމްބަރު 2025

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
18 ނޮވެމްބަރު 2025

ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ

18 ނޮވެމްބަރު 2025
ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ
11 ނޮވެމްބަރު 2025

ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

11 ނޮވެމްބަރު 2025
ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ
06 ނޮވެމްބަރު 2025

އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

06 ނޮވެމްބަރު 2025
އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް