Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޭސީސީ މެމްބަރުންގެ މައްސަލަ

ވަޒީރުންގެ މައްސަލަތަކެއް ބަލާކަމަށް ބުނެ އުސޫލުން ބޭރުން ކަންކަން ނުކުރުމަށް އޭސީސީއަށް އެންގުމަށް ފާހެއްނުވި

22 ޑިސެމްބަރު 2021 | ބުދަ 19:04

އުސޫލުން ބޭރުން އޭސީސީން މަސައްކަތް ނުކުރާކަމަށް ޝިއުނާ ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 22 ޑިސެމްބަރު 2021 | ބުދަ 19:04
މިނިވަން މުއްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

މިނިވަން މުއްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ވަކިކުރަން ނިންމާފައިވަނިކޮށް, ވަޒީރުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ކޮރަޕްޝަންގެ މައްސަލަތަކެއް އޭސީސީން އުސޫލުން ބޭރުން ތަހުގީގުކުރާކަމަށް ބުނެ، އާންމު އުސޫލުން ބޭރުން މިވަގުތު ކަންކަން ކުރުމަކީ އެންމެ އެދެވިގެންވާ ގޮތް ނޫންކަމަށް އޭސީސީއަށް ދެންނެވުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހެޅި ހުށަހެޅުން އެކޮމިޓީން ފެއިލްކޮށްލައިފިއެވެ.

އުސޫލާ ޚިލާފަށް ކަންކަން ކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ މި މައްސަލަ ބެލުމަށް، ކޮމިޓީގެ 3 މެމްބަރަކު ސޮއިކޮށް ސިޓީއެއް ވަނީ ފޮނުވާފައެވެ. މިސިޓީއާ ގުޅިގެން މިކަން ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމެއް ބުދަ ދުވަހުގެ ރޭ 8 ޖެހިއިރު ވަނީ ކުރިޔަށް ގެންގޮސްފައެވެ. އޮންލައިންކޮށް 50ކަށް މިނެޓް ކުރިޔަށްދިޔަ ކޮމިޓީގެ ބައްދަލުވުން ފައްޓަވަމުން ކޮމިޓީގެ މުގައްރިރު އައްޑޫމީދޫ ދާއިރާގެ މެމްބަރ ރޮޒައިނާ އާދަމް ވިދާޅުވީ، މިމައްސަލައިގައި ކޮމިޓީގެ ބައްދަލުވުން ބާއްވަން އުޅޭކަން މީޑިޔާތަކުގައި ރިޕޯޓްކުރުމާ ގުޅިގެން ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ރޮޒައިނާއަށް ފޮނުއްވެވި މެސެޖެއް ވިދާޅުވެފައެވެ. އެގޮތުން އެމެސެޖްގައި ޝިއުނާ ވިދާޅުވެފައިވަނީ އެފަދަ މަސައްކަތެއް އޭސީސީން ކުރަމުން ނުދާކަމަށެވެ.

Advertisement - newsAdvertisement

މިވަގުތު އެއްވެސް މައްސަލައެއް ކޮމިޝަނުން ނިންމަމުން ނުދާކަމަށާއި، އަހަރު ނިމެމުންދާތީ ނިންމަންޖެހޭ މަސައްކަތްތަކެއް ނިންމުމުގެ މަސައްކަތް ކޮމިޝަނުގައި ކުރަމުންދާ ކަމަށެވެ. އަދި ކޮމިޝަންގެ ބައްދަލުވުންތަކުގައި މިވަގުތު ބައިވެރިވެވަޑައިގަންނަވަނީ އޮންލައިންކޮށް ކަމަށާއި، އެއީ ކޯރަމް ހަމަކުރުމުގެ ގޮތުންކަމަށް ޝިއުނާ ރޮޒައިނާއަށް ފޮނުއްވި މެސެޖްގައި ވިދާޅުވެފައިވެއެވެ. ނަމަވެސް އޭސީސީން ކުރިޔަށް ގެންދާ ތަހުގީގުތައް މިހާރުވެސް ކުރިޔަށްދާކަމަށް ޝިއުނާ ވިދާޅުވެފައިވެއެވެ.

އޭސީސީގެ މެމްބަރުން އުސޫލުން ބޭރުންކަންތައްތަކެއް ކުރައްވާކަމަށް ވިދާޅުވެ އެމައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރ ހުސައިން ޝަހީމްއެވެ. މައްސަލަ ހުށަހަޅުއްވަމުން ޝަހީމް ވިދާޅުވީ، ދައުލަތުގެ ބައެއް ފަރާތްތަކުގެ ބަޔާންނެގުމުގެ މަސައްކަތްތަކެއް އޭސީސީން ކުރަމުންދާކަމުގެ މައުލޫމާތު ލިބިވަޑައިގަންނަވާފައިވާކަމަށެވެ. މެމްބަރުން ވަކިކުރުމުގެ މަސައްކަތްތަކެއް ހިނގަމުންދަނިކޮށް، އާންމު އުސޫލުން ކަންކުރާގޮތާ ޚިލާފަށް އެތަނުގައި ކަންކަން ކުރެއްވުމަކީ އެންމެ އެދެވޭ ގޮތްކަމަށް ނޫންކަމަށް އޭސީސީގެ މެމްބަރުންނަށް ދެންނެވުމަށް ހުށަހަޅުއްވާކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމްގެ މިހުށަހެޅުއްވުމާއެކު ވިލިމާލެ ދާއިރާގެ އެމްއެންޕީ މެމްބަރ އަހުމަދު އުޝާމް ވަނީ ،އާންމު އުސޫލާ ޚިލާފަށް ކުރާކަންކަން ސާފުކޮށްދިނުމަށް އެދިވަޑައިގަންނަވާފައެވެ.

އެކަން ސާފުކޮށްދެއްވަމުން ޝަހީމް ވިދާޅުވީ ދައުލަތުގެ ބައެއް ވަޒީރުން ކުއްލިއަކަށް ހާޒިރުވާން އަންގައި މެސެޖް ފޮނުވާފައިވާކަމަށެވެ.

ޝަހީމްގެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ބިލެތްދޫ ދާއިރާގެ މެމްބަރ އަހުމަދު ހަލީމެވެ. އޭގެފަހުން ބާރަށު ދާއިރާގެ އަހުމަދު އަބްދުﷲ ވިދާޅުވީ، ގާނޫނީ ގޮތުން އޭސީސީން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރަމުންދަނިކޮށް އެކަންކަން ކުރުމަށް ހުރަސްއެޅޭ ފަދައަކުން ކަންކަން ކުރުމަކީ އެންމެ އެދެވޭ ގޮތްކަމަށް ނުދެކޭކަމަށެވެ. އޭސީސީގެ މެމްބަރުންނަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދީފައިވާއިރު، މެމްބަރުން މަގާމުން ވަކިކުރުމާ ހަމައަށް އެއީ މެމްބަރުން ކަމަށްވާއިރު، އެބޭފުޅުންނަށް ގާނޫނީ ޒިންމާ އަދާކުރުމުގެ ބާރު އޮންނާނެކަމަށް ގަބޫލުފުޅުކުރައްވާކަމަށް އަހުމަދު އަބްދުﷲ ވިދާޅުވިއެވެ. އެހެންކަމުން ސިޓީއަކުން ދެންނެވުން އެއީ މިވަގުތަށް ބަލާއިރު މަސްލަހަތު ހުރިގޮތްކަމަށް ނުފެންނަކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެފަހުން ތިނަދޫ ދެކުނު ދާއިރާގެ މެމްބަރ އަބްދުﷲ ސަނީފް ވަނީ އޭސީސީގެ މެމްބަރުންގެ ކަންބޮޑުވުންތައް ކޮމިޓީގައި މެމްބަރުންނަށް ހިއްސާކުރެވިއްޖެކަމަށާއި، އޭސީސީގެ މެމްބަރުން ގާނޫނާ ޚިލާފަށް ކުރާކަމެއްގެ ޔަގީން މައުލޫމާތު ކޮމިޓީއަށް ލިބިފައިނުވާކަމަށެވެ. އެހެންކަމުން ދެން މިމައްސަލާގައި ކޮމިޓީގައި އިތުރުކަމެއް ނުކުރުމަށް ފެނިވަޑައިގަންނަވާކަމަށް ސަނީފް ވިދާޅުވިއެވެ. އެއްވެސް ހެއްކެއްނެތި ސިޓީއެއް ފޮނުވަންޖެހޭކަމަށް ގަބޫލުނުކުރައްވާކަމަށް ސަނީފް ވިދާޅުވިއެވެ.

ސަނީފްގެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ވިލިމާލެ ދާއިރާގެ މެމްބަރ އަހުމަދު އުޝާމްއެވެ.

އެއާއެކު މުގައްރިރު ވަނީ ދެ ހުށަހެޅުމަށް ވޯޓަށް އައްސަވާފައެވެ. އެންމެ ފުރަތަމަ ވޯޓަށް އެއްސެވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރ ހުސައިން ޝަހީމް ހުށަހެޅުއްވި، އޭސީސީއަށް ސިޓީ ފޮނުވުމުގެ ހުށަހެޅުމެވެ. ކޮމިޓީގެ ބައްދަލުވުމުގައި ތިއްބެވި 9 މެމްބަރުންގެ ތެރެއިން އެހުށަހެޅުއްވުމަށް ތާއީދުކުރެއްވީ 4 މެމްބަރުންނެވެ. އެއާއެކު ސަނީފް ހުށަހެޅުއްވި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވިއެވެ. އެއީ ދެން މިމައްސަލަ ކުރިޔަށް ނުގެންދިޔުމަށެވެ. އެހުށަހެޅުމަށްވެސް ތާއީދުކުރެއްވީ 4 މެމްބަރުންނެވެ. މިއާއެކު ދެން ގޮތެއް ނިންމުމަށް ޖެހުނީ މުގައްރިރުގެ ވޯޓުންނެވެ. މުގައްރިރު ވޯޓު ދެއްވީ ސަނީފްގެ ހުށަހެޅުއްވުމަށެވެ.

އޮޑިޓް ރިޕޯޓާ ގުޅިގެން މެމްބަރުން ވަކިކުރުމުގެ ކުރިން ޖަވާބުދާރީ ވުމަށް އޭސީސީގެ މެމްބަރުންނަށް ދީފައިވާ 5 ދުވަހުގެ މުއްދަތު ހަމަވާނީ މިމަހުގެ 26ވާ އާދިއްތަ ދުވަހުގެ ހެނދުނު 10 ޖަހާއިރަށެވެ.

މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޖަލްސާގައި ވަނީ، އޭސީސީގެ މެމްބަރުން ވަކި ކުރުމަށްޓަކައި، އެކުލަވާލި އޮޑިޓްގައި ހިމެނޭ ކަންކަމުގެ މައްޗަށް ތައްޔާރު ކުރެވުނު ރިޕޯޓް ތަޅުމަށް އިއްވާފައެވެ. ރިޕޯޓުގައި މައިގަނޑު ގޮތެއްގައި 10 ކަމެއް ފާހަގަކޮށްފައި ވެއެވެ. އެގޮތުން ފާހަގަކޮށްފައިވަނީ އޭސީސީގެ މެމްބަރުންގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެކަށީގެންވާ މަސައްކަތް ނުކުރެވި، ޒިންމާ އަދާ ނުކުރެވިފައި ވާކަމަށެވެ. މަސައްކަތް ކުރުމަށް މުއްދަތުތައް ދީ، އެ މުއްދަތުތައް ފަހަނައަޅައި ދިޔައިރުވެސް މަސައްކަތްތައް ނިމިފައިނުވާ ކަމަށެވެ.

މެމްބަރުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި ހިނގަމުންދަނިކޮށް ކޮމިޝަންގެ މެމްބަރ އިބްރާހީމް ޝަކީލް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އެހެންކަމުން މިވަގުތު ކޮމިޝަންގައި ތިއްބެވީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ، ނައިބު ރައީސް ފާތުމަތު އަނޫލާ އަދި މެމްބަރ އައިޝަތު އަބްދުﷲއެވެ.

ރައްޔިތުންގެ މަޖިލިސްއޭސީސީ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
20 ނޮވެމްބަރު 2025

ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް

20 ނޮވެމްބަރު 2025
ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް
02 ނޮވެމްބަރު 2025

މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރު އަމިއްލަ އެކައުންޓަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި މައްސަލަ އެސީސީގަ ރަޖިސްޓްރީ ކޮށްފި

02 ނޮވެމްބަރު 2025
މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރު އަމިއްލަ އެކައުންޓަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި މައްސަލަ އެސީސީގަ ރަޖިސްޓްރީ ކޮށްފި
28 އޮކްޓޯބަރު 2025

ނިމިފައިވާ ފްލެޓްތައް ހައްގުވެރިންނަށް ނުދީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރާ މައްސަލަ އޭސީސީ އަށް

28 އޮކްޓޯބަރު 2025
ނިމިފައިވާ ފްލެޓްތައް ހައްގުވެރިންނަށް ނުދީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރާ މައްސަލަ އޭސީސީ އަށް
26 އޮކްޓޯބަރު 2025

ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް

26 އޮކްޓޯބަރު 2025
ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް
19 އޮކްޓޯބަރު 2025

3 ރަށެއްގައި އަޅަން ހަމަޖެއްސި ހޮސްޕިޓަލްތައް، މަޖިލިސް އިންތިހާބާއި ދިމާކޮށް އަބްދުއްރަހީމާއި ސައުދާގެ ދާއިރާ އަށް ބަދަލުކުރި މައްސަލަ އޭސީސީ އަށް

19 އޮކްޓޯބަރު 2025
3 ރަށެއްގައި އަޅަން ހަމަޖެއްސި ހޮސްޕިޓަލްތައް، މަޖިލިސް އިންތިހާބާއި ދިމާކޮށް އަބްދުއްރަހީމާއި ސައުދާގެ ދާއިރާ އަށް ބަދަލުކުރި މައްސަލަ އޭސީސީ އަށް
17 އޮކްޓޯބަރު 2025

ވެރިކަމަށް ކުފޫހަމަނުވާ ސަރުކާރެއް ވެރިކަމާ ހަވާލުވީމަ ފެންނާނެ ހުރިހާ އަލާމާތެއް މިދަނީ ފެންނަމުން: ކުރީގެ އޭޖީ ރިފްޢަތު

17 އޮކްޓޯބަރު 2025
ވެރިކަމަށް ކުފޫހަމަނުވާ ސަރުކާރެއް ވެރިކަމާ ހަވާލުވީމަ ފެންނާނެ ހުރިހާ އަލާމާތެއް މިދަނީ ފެންނަމުން: ކުރީގެ އޭޖީ ރިފްޢަތު
17 އޮކްޓޯބަރު 2025

އޭސީސީ ގެ މެމްބަރުން އަސާސުން ބޭރުން ކުރާ ކަންކަން ބަލައިދިނުމަށް އެދި މަޖިލީހަށް ހުށަހަޅަނީ

17 އޮކްޓޯބަރު 2025
އޭސީސީ ގެ މެމްބަރުން އަސާސުން ބޭރުން ކުރާ ކަންކަން ބަލައިދިނުމަށް އެދި މަޖިލީހަށް ހުށަހަޅަނީ
17 އޮކްޓޯބަރު 2025

ރިފްއަތު އޭސީސީ އަށް ހާޒިރުކުރިއިރު ކުރާ ތުހުމަތު ސާފެއް ނުކޮށްދެވުނު، އެއީ ޖިނާއީ ކުށެއް: ވަކީލް ނޫރުއްސަލާމް

17 އޮކްޓޯބަރު 2025
 ރިފްއަތު އޭސީސީ އަށް ހާޒިރުކުރިއިރު ކުރާ ތުހުމަތު ސާފެއް ނުކޮށްދެވުނު، އެއީ ޖިނާއީ ކުށެއް: ވަކީލް ނޫރުއްސަލާމް
16 އޮކްޓޯބަރު 2025

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް