Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕޯޗުގަލުގެ އެސިސްޓަންޓެއް ހަމަޖެއްސުން

ގައުމީ ފުޓްބޯޅަ ޓީމަށް ޕޯޗުގަލުގެ އެސިސްޓަންޓް ކޯޗެއް

ސުޒޭނުވެސް އެސިސްޓަންޓް ކޯޗުގެ މަގާމުގައި ދެމި ހުންނާނެ

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 22 ޑިސެމްބަރު 2021 | ބުދަ 14:24
ގައުމީ ޓީމުގެ ކޯޗު މޮރިއޭރޯ އާއި އެފްއޭއެމުގެ ރައީސް ބައްސާމާއެކު އެސިސްޓަންޓް ކޯޗު ކޮސްޓާ

ގައުމީ ޓީމުގެ ކޯޗު މޮރިއޭރޯ އާއި އެފްއޭއެމުގެ ރައީސް ބައްސާމާއެކު އެސިސްޓަންޓް ކޯޗު ކޮސްޓާ

ގައުމީ ފުޓުބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމަށް ޕޯޗުގަލުގެ ކޯޗު ސިމާއޯ ކޮސްޓާ ހަމަޖައްސައިފިއެވެ.

އުމުރުން 46 އަހަރުގެ ކޮސްޓާ އަކީ ކުރިން ޕޯޗުގަލުގެ ކުލަބުތަކުގައި މިޑްފީލްޑަރަކަށް ކުޅުނު ކުޅުންތެރިއެކެވެ. އޭގެ ފަހުން ދެކުނު ކޮރެއާގެ ޑައިޖިއަން ސިޓިޒަންގައި ކޯޗިންގެ މަސައްކަތްތަކެއްވެސް ކުރި ކޮސްޓާ އެންމެ ފަހުން ހަވާލުވެހުރީ ސްވިޓްޒަލެންޑުގެ ކުލަބެއް ކަމަށްވާ ބެރޯޝް-ގޯޖިއާއާއެވެ.

ކޮސްޓާއަށް އެންމެ ފުރަތަމަ ރާއްޖޭގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމު ހުށަހަޅާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެއީ ގައުމީ ކޯޗުގެ މަގާމަށް އިޓަލީގެ ކޯޗު ފްރެންސެސްކޯ މޮރިއޭރޯ ހަމަޖެއްސުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މަޝްވަރާކުރިއިރުއެވެ. އެކަމަކު އޭރު ސީޒަނުގެ މެދުތެރެއިން ބެރޯޝް-ގޯޖިއާ ދޫކޮށްލަން ބޭނުން ނުވާތީ ކޮސްޓާ އެ ހުށަހެޅުން ބަލައިގެންފައެއް ނުވެއެވެ. އެއަށްފަހު އޭނާ ރާއްޖޭގެ ގައުމީ ޓީމުގެ ވަޒީފާއާ ހަވާލުވީ ބެރޯޝް-ގޯޖިއާއަށް ސީޒަން ނިމުމުންނެވެ.

އަންގާރަ ދުވަހު އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި ކޮސްޓާ ވަނީ ރާއްޖޭގެ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުގެ ފުރުސަތު ހޯދައިދޭން މަސައްކަތްކޮށްދިން އެންމެނަށް ޝުކުރުއަދާކޮށްފައެވެ.

އެފްއޭއެމުން މައުލޫމާތުދޭ ގޮތުން މޮރިއޭރޯގެ އެސިސްޓަންޓެއްގެ ގޮތުގައި ކޮސްޓާ ހަމަޖެއްސައި، އެއްބަސްވުން ފައިނަލްކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އަދި ކޮސްޓާގެ އިތުރުން މިހާރު ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރި އަލީ ސުޒޭނުވެސް އެ މަގާމުގައި ދެމި ހުންނާނެ ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ.

މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ގައުމީ ޓީމުގެ ކޯޗުގެ މަގާމާ މޮރިއޭރޯ ހަވާލުވިއިރު، އޭނާ ވެގެންގޮސްފައިވަނީ މި އަހަރު ތެރޭގައި ގައުމީ ޓީމަށް ކޯޗުކަންކޮށްދޭ ތިންވަނަ ކޯޗަށެވެ. އެގޮތުން މީގެ ކުރިން ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ރާއްޖެއިން ނެރުނު ދަށް ނަތީޖާތަކުގެ ސަބަބުން ނެދަލެންޑްސްގެ މާޓިން ކޫޕްމަން ވަނީ މަގާމުން ވަކިކޮށްފައެވެ. އަދި މި ފަހުން ބޭއްވި "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައި ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމާ ވަގުތީ ގޮތުން ހަވާލުވީ ސުޒޭނެވެ.

މޮރިއޭރޯގެ އިރުޝާދުގެ ދަށުން ގައުމީ ޓީމު ކުޅުން ފުރަތަމަ މުބާރާތަކީ ސްރީ ލަންކާގައި މިދިޔަ މަހު ބޭއްވި މަހިންދަ ރާޖަޕަކްސަ ޓްރޮފީ (ފޯ ނޭޝަންސް ކަޕް) އެވެ. އެކަމަކު އެ މުބާރާތުގެ ފައިނަލަށް ނުގޮސް ރާއްޖެ ކެޓިއިރު، އެ މުބާރާތުގައި ރާއްޖެ އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ.

ގައުމީ ފުޓްބޯޅަ ޓީމުފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

ކޮމެންޓް

އިތުރަށް ކިޔާލަން

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

18 އެޕްރީލު
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"
20233 އަހަރު ކުރިން
ދުނިޔެ

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި
20224 އަހަރު ކުރިން
ދުނިޔެ

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި
20197 އަހަރު ކުރިން
އިސްލާމް

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!
20188 އަހަރު ކުރިން
ރިޕޯޓު

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު