Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

ކަލިއަރީ ބަލިކޮށް ޔުވެންޓަސް ކުރިއަށް

ތާވަލުގެ ފަސްވަނައަށް ޔުވެންޓަސް ޖެހިލީ 34 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 22 ޑިސެމްބަރު 2021 | ބުދަ 07:48
ޔުވެންޓަސް އާއި ކަލިއަރީ ބައްދަލުކުރި މެޗުގެ ތެރެއިން

ޔުވެންޓަސް އާއި ކަލިއަރީ ބައްދަލުކުރި މެޗުގެ ތެރެއިން

އިޓާލިއަން ލީގުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުގައި ކަލިއަރީ ބަލިކޮށް ތާވަލުގެ ފަސްވަނައަށް ޔުވެންޓަސް ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޔުވެންޓަސް މޮޅުވީ ކަލިއަރީ އަތުން 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ޔުވެންޓަސްއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، ފުރަތަމަ ހާފުގައި އެ ޓީމުގެ މޮއިސް ކީން ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުވެންޓަސްއިން ވަނީ ލީޑު ނަގާފައެވެ. މި ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ފެޑެރީކޯ ބެނަޑެސްކީގެ އެހީތެރިކަމާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކީންއެވެ.

މި މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގެ ކުރީކޮޅު ކަލިއަރީގެ ޑަލްބާޓަށް ވަނީ ހުސް ފުރުސަތެއް ލިބިފައެވެ. އެކަމަކު ހުހަށްހުރެ އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ. އެއާއެކު މެޗު ހަތް މިނެޓަށް ވެފައި ވަނިކޮށް އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ބެނަޑެސްކީ ވަނީ ލަނޑެއް ޖަހައި، ޔުވެންޓަސްގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ މިދިޔަ 60 މެޗުގައި ބެނަޑެސްކީ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

މި މެޗުން ޔުވެންޓަސް މޮޅުވިއިރު، އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން އެ ޓީމު ވަނީ މޮޅުވެފައެވެ. އަދި މި ފަސް މެޗުގައި ޔުވެންޓަސްގެ ކޮޅަށް ވަދެފައިވަނީ އެންމެ ލަނޑެކެވެ. މި ނަތީޖާއާއެކު ތާވަލުގެ ފަސްވަނައަށް ޔުވެންޓަސް ޖެހިލިއިރު، އެ ޓީމަށް ވަނީ ކުޅުނު 19 މެޗުން 34 ޕޮއިންޓް ލިބިފައެވެ. އަދި ތާވަލުގެ ހަވަނައިގައި އޮތް ރޯމާ އާއި ހަތްވަނައިގައި އޮތް ފިއޮރެންޓީނާއަށް 18 މެޗުން ލިބިފައިވަނީ 31 ޕޮއިންޓެވެ.

އިޓާލިއަން ލީގުޔުވެންޓަސް

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް
02 ޖުލައި 2025

ޔުވެންޓަސް ބަލިކޮށް ރެއާލް ކުއާޓަރ ފައިނަލަށް

02 ޖުލައި 2025
ޔުވެންޓަސް ބަލިކޮށް ރެއާލް ކުއާޓަރ ފައިނަލަށް
17 ފެބުރުއަރީ 2025

ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި

17 ފެބުރުއަރީ 2025
ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި
16 ފެބުރުއަރީ 2025

ފަހު ވަގުތު ލާޒިއޯއާ އެއްވަރުވެ، ނަޕޯލީ އަށް ފުރުސަތު ގެއްލިއްޖެ

16 ފެބުރުއަރީ 2025
ފަހު ވަގުތު ލާޒިއޯއާ އެއްވަރުވެ، ނަޕޯލީ އަށް ފުރުސަތު ގެއްލިއްޖެ
03 ފެބުރުއަރީ 2025

ފަހު ވަގުތު ރޯމާ އިން ނަޕޯލީއާ އެއްވަރު ކޮށްފި

03 ފެބުރުއަރީ 2025
ފަހު ވަގުތު ރޯމާ އިން ނަޕޯލީއާ އެއްވަރު ކޮށްފި
27 ޖެނުއަރީ 2025

ލެއްޗޭ ބަލިކޮށް، އިންޓަރ ދެ ވަނައިގައި

27 ޖެނުއަރީ 2025
ލެއްޗޭ ބަލިކޮށް، އިންޓަރ ދެ ވަނައިގައި
24 ޑިސެމްބަރު 2024

އިންޓަ އިން ކޯމޯ ބަލިކޮށްފި

24 ޑިސެމްބަރު 2024
އިންޓަ އިން ކޯމޯ ބަލިކޮށްފި
23 ޑިސެމްބަރު 2024

އެމްޕޮލީ ބަލިކޮށް، އެޓަލަންޓާ އެއް ވަނައިގައި

23 ޑިސެމްބަރު 2024
އެމްޕޮލީ ބަލިކޮށް، އެޓަލަންޓާ އެއް ވަނައިގައި
23 ޑިސެމްބަރު 2024

ޕާމާ އަތުން ރޯމާ އަށް ފަސް ލަނޑުގެ މޮޅެއް

23 ޑިސެމްބަރު 2024
ޕާމާ އަތުން ރޯމާ އަށް ފަސް ލަނޑުގެ މޮޅެއް
17 ޑިސެމްބަރު 2024

ލާޒިއޯ ބަލިކޮށް، އިންޓަ ތިން ވަނައިގައި

17 ޑިސެމްބަރު 2024
ލާޒިއޯ ބަލިކޮށް، އިންޓަ ތިން ވަނައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު