Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރެޒިޑެންޓްސް ކަޕް

އީގަލްސް އަތުން ޓީސީއަށް މޮޅެއް

20 ޑިސެމްބަރު 2021 | ހޯމަ 20:10

ޓީސީގެ ލަނޑު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އީނާޒް

އަތޫފް އާތިފް
އަތޫފް އާތިފް | 20 ޑިސެމްބަރު 2021 | ހޯމަ 20:10
އީގަލްސް އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން

އީގަލްސް އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން

ޕްރެޒިޑެންޓްސް ކަޕުގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން ކުލަބު އީގަލްސް ބަލިކޮށް ޓީސީ ސްޕޯޓްސް ކުލަބުން ފެށުން ރަނގަޅުކޮށްފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން އީގަލްސް އަތުން ޓީސީ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ކުރިން ޕްރެޒިޑެންޓްސް ކަޕުގައި އެންމެ ފަހުން ޓީސީ އާއި އީގަލްސް ބައްދަލުކޮށްފައިވަނީ 2016 ވަނަ އަހަރުގެ ފައިނަލުގައެވެ. އެ ފަހަރު ޓީސީ ބަލިކޮށް އީގަލްސްއިން ވަނީ އެ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފައެވެ.

ހޯމަ ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އީގަލްސްއިން ކުރިއަށް ޖެހި ޓީސީގެ ހާފަށް ނުރައްކާކުރިއިރު، މި ހާފުގައި އީގަލްސްގެ ކުރިއަށް ކުޅުނު ޒުވާން ފޯވާޑުން ކަމަށްވާ ޒައިން ޒަފަރާއި ހަސަން ރާއިފް އަޙްމަދު (ހަންނަ) އަދި އަބްދުﷲ ޒިޔާން (ޖަންކީ) އަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އޭގެ ތެރެއިން ޒައިން ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ޓީސީގެ ގޯލްކީޕަރު އިމްއާން އާދަމެވެ.

މި މެޗުގެ ދެވަނަ ހާފު ފަށައިގެންވެސް އީގަލްސްއިން ޓީސީގެ ހާފަށް ބާރު ބޮޑުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައިވާއިރު، ޓީސީގެ ގޯލްކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ހަންނައަށް ވަނީ ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބިފައެވެ. އެކަމަކު ހަންނަ ފޮނުވާލި ހަމަލާ ޓީސީގެ ޑިފެންޑަރު މުޙައްމަދު އަޖުފާން ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މި މެޗުގައި ޓީސީން ލީޑު ނަގާފައިވަނީ މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަސަން އީނާޒެވެ. މިއީ އޭރިއާ ތެރެއިން ޓީސީގެ ހަމްދޫން އަބްދުލް ލަތީފަށް އީގަލްސްގެ ހަސަން ސަމީހު މޫސާ ކުރި ފައުލަކާ ގުޅިގެން ރެފުރީ ދިން ޕެނަލްޓީއެކެވެ.

މެދުކެނޑުމަކަށްފަހު މި އަހަރު ޕްރެޒިޑެންޓްސް ކަޕް ބާއްވާއިރު، މި ފަހަރުގެ މުބާރާތް ރާވާފައިވާ ގޮތުން ފުރަތަމަ ޑިވިޝަމުގެ އަށް ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށްފަހު، މުބާރާތުގެ ފައިނަލުުގައި ކުޅޭނީ ލީގު ބުރުގެ އެންމެ މޮޅު ދެ ޓީމެވެ. އަށް ޓީމު ހިމެނޭ ގޮތަށް އެންމެ ފަހުން ޕްރެޒިޑެންޓްސް ކަޕުގައި ކުޅުނީ 2015 ވަނަ އަހަރެވެ. މި އަހަރު ޕްރެޒިޑެންޓްސް ކަޕް ބާއްވާއިރު، މި މުބާރާތް އެންމެ ފަހުން ބާއްވާފައިވަނީ 2017 ވަނަ އަހަރެވެ. އޭގެ ފަހުން ފާއިތުވި ތިން ސީޒަނުގައިވެސް އެކި ސަބަބުތަކާ ހުރެ ޕްރެޒިޑެންޓްސް ކަޕް ބާއްވާފައެއް ނުވެއެވެ.

މި ފަހަރުގެ ޕްރެޒިޑެޓްސް ކަޕުގައި ދެން މެޗެއް ކުޅޭނީ އަންނަ ހުކުރު ދުވަހެވެ. އެ ދުވަހު ހަވީރު ކުޅޭ މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ޓީސީ ބައްދަލުކުރާއިރު، އެ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އީގަލްސްއެވެ.

ޕްރެޒިޑެންޓްސް ކަޕްޓީސީ ސްޕޯޓްސް ކުލަބުކުލަބު އީގަލްސް

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2025

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް
29 ނޮވެމްބަރު 2025

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ
09 ނޮވެމްބަރު 2025

ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

09 ނޮވެމްބަރު 2025
ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް
03 ނޮވެމްބަރު 2025

ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

03 ނޮވެމްބަރު 2025
ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު
28 އޮކްޓޯބަރު 2025

އީގަލްސްއާ އެއްވަރުގެ ނިއު ދެ ވަނައިގައި

28 އޮކްޓޯބަރު 2025
އީގަލްސްއާ އެއްވަރުގެ ނިއު ދެ ވަނައިގައި
27 އޮކްޓޯބަރު 2025

އޮޑި އާއި ވިކްޓަރީ ވެސް މޮޅުވެއްޖެ

27 އޮކްޓޯބަރު 2025
އޮޑި އާއި ވިކްޓަރީ ވެސް މޮޅުވެއްޖެ
21 އޮކްޓޯބަރު 2025

ޓީސީ އިން ވެލެންސިއާ ބަލިކޮށްފި

21 އޮކްޓޯބަރު 2025
ޓީސީ އިން ވެލެންސިއާ ބަލިކޮށްފި
02 އޮކްޓޯބަރު 2025

ފަހު ވަގުތު ގްރީން އަތުން އީގަލްސް ބަލިވެއްޖެ

02 އޮކްޓޯބަރު 2025
ފަހު ވަގުތު ގްރީން އަތުން އީގަލްސް ބަލިވެއްޖެ
01 އޮކްޓޯބަރު 2025

ފަހަތުން އަރައި ޔޫވީ އިން ޓީސީ ބަލިކުރިއިރު، ސުހާދު ހެޓްރިކް ހަދައިފި

01 އޮކްޓޯބަރު 2025
ފަހަތުން އަރައި ޔޫވީ އިން ޓީސީ ބަލިކުރިއިރު، ސުހާދު ހެޓްރިކް ހަދައިފި
29 ސެޕްޓެމްބަރު 2025

މުއިއްޒުގެ އާއިލީ ކުންފުނިން ފުރަތަމަ ޑިވިޝަންގެ ތިން ފުޓުބޯޅަ ކުލަބެއް ސްޕޮންސާކޮށްފި

29 ސެޕްޓެމްބަރު 2025
މުއިއްޒުގެ އާއިލީ ކުންފުނިން ފުރަތަމަ ޑިވިޝަންގެ ތިން ފުޓުބޯޅަ ކުލަބެއް ސްޕޮންސާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް