Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފިލިޕީންސްގައި ތިބި ދިވެހީން

ފޮރިން މިނިސްޓްރީ މެދުވެރިކޮށް، ހާލުގައި ޖެހުނު ދިވެހީންގެ މައުލޫމާތު ސާފުކުރުމަށް ކޮމިޓީން ނިންމައިފި

20 ޑިސެމްބަރު 2021 | ހޯމަ 10:05

މިކަމުގެ މައުލޫމާތު ސާފުކުރުމަށް ފޮރިން މިނިސްޓްރީއާ ބައްދަލުކުރުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 20 ޑިސެމްބަރު 2021 | ހޯމަ 10:05
ޓައިފޫން ރާއީއާ ގުޅިގެން އެތައް ބަޔަކު ގެދޮރުން ނިކުންނަން ޖެހުން

ޓައިފޫން ރާއީއާ ގުޅިގެން އެތައް ބަޔަކު ގެދޮރުން ނިކުންނަން ޖެހުން

ފޮރިން މިނިސްޓްރީ މެދުވެރިކޮށް، ތޫފާނުގެ ސަބަބުން ފިލިޕީންސްގައި ހާލުގައި ޖެހުނު ދިވެހީންގެ މައުލޫމާތު ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީންވަނީ މިކަމުގެ މައުލޫމާތު ހޯދުމަށް ފޮރިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވުމަށް ނިންމާފައެވެ. އަދި މިކަމުގެ މައުލޫމާތު ސާފުކުރުމަށް ފޮރިން މިނިސްޓްރީއާ ބައްދަލުކުރުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.

ފޮރިން މިނިސްޓްރީން ބުނީ ފިލިޕީންސްގައި ތިބި ރާއްޖޭގެ ދަރިވަރުންގެ ހާލު ބަލައި، ވެދެވެން ހުރި އެހީތައް ބަލަމުން އަންނަ ކަމަށެވެ.

ފިލިޕީންސްއަށް އެރި ބާރުގަދަ ތޫފާން، ޓައިފޫން ރާއީގެ ސަބަބުން ފިލިޕީންސަށް ވަރަށް ބޮޑަށް މޫސުން ގޯސްވެ، ބައެއް ސަރަހައްދުތަކަށް އެކި ވަރުގެ ގެއްލުންތައް ދަނީ ލިބެމުންނެވެ. އެ ގައުމުގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ވެސް ދިރިއުޅެމުންދާއިރު، ތޫފާނާއެކު އެ ދަރިވަރުން ވަނީ ވަރަށް ބޮޑަށް ހާލުގައި ޖެހިފައެވެ. މި ތޫފާނުގެ ސަބަބުން ފިލިޕީންސްގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑި، ނެޓްވޯކުގެ ޚިދުމަތަށް ބުރޫއަރާފައި ވާއިރު، ރާއްޖޭގެ ދަރިވަރުންނަށް ކާބޯތަކެތި ލިބުމުގައި ވެސް ދަތިތަކެއް ހުރިކަމަށް މައުލޫމާތުލިބެއެވެ.

121 މޭލު ބާރުމިނުގައި ވައި ޖެހުނު ތޫފާނަށް ފަހު، ފިލިޕީންސްގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ދަނީ ހިނގަމުންނެވެ. މި ހާދިސާގައި މިހާތަނަށް 27 މީހަކު މަރުވެފައިވާކަމަށް ބެލެވޭކަމަށް ބޭރުގެ ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ. އަދި އެ ސަރަހައްދުތަކުގައި ރެސްކިއު އޮޕަރޭޝަންތައް ވެސް ކުރިއަށްދެއެވެ. މީގެ އިތުރުން މި ހާދިސާއާ ގުޅިގެން އެތައް ލައްކަ ބައެއްގެ ގެދޮރު ގެއްލި، ވަނީ ހާލުގައި ޖެހިފައެވެ.

މަޖިލިސްޚާރިޖީ ވުޒާރާ

އިތުރަށް ކިޔާލަން

29 ޖޫން 2025

ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި

29 ޖޫން 2025
ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި
17 ފެބުރުއަރީ 2025

ރަމަޝާން މަހަށް މަޖިލިސް ބަންދުކުރަން މެމްބަރުން ބޭނުންމެއް ނުވޭ، އެކަން ކުރަން ބޭނުންވީ މި ސަރުކާރުން: މެމްބަރު ޒިޔާދު

17 ފެބުރުއަރީ 2025
ރަމަޝާން މަހަށް މަޖިލިސް ބަންދުކުރަން މެމްބަރުން ބޭނުންމެއް ނުވޭ، އެކަން ކުރަން ބޭނުންވީ މި ސަރުކާރުން: މެމްބަރު ޒިޔާދު
16 ފެބުރުއަރީ 2025

ފާޑުކިޔުން ބޮޑުވުމުން ރޯދަ މަހު މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ނިންމަނީ

16 ފެބުރުއަރީ 2025
ފާޑުކިޔުން ބޮޑުވުމުން ރޯދަ މަހު މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ނިންމަނީ
29 ޖެނުއަރީ 2025

ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް

29 ޖެނުއަރީ 2025
ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް
03 ނޮވެމްބަރު 2024

ޕާކިސްތާނުގައި ހުންނަވާ ސަފީރު ތާލިބާނުގެ މަންދޫބަކާއި ބައްދަލުކުރުމުން އެޅި ފިޔަވަޅު ސާފެއް ނޫން

03 ނޮވެމްބަރު 2024
ޕާކިސްތާނުގައި ހުންނަވާ ސަފީރު ތާލިބާނުގެ މަންދޫބަކާއި ބައްދަލުކުރުމުން އެޅި ފިޔަވަޅު ސާފެއް ނޫން
03 އޮކްޓޯބަރު 2024

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

03 އޮކްޓޯބަރު 2024
ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި
20 ސެޕްޓެމްބަރު 2024

ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ

20 ސެޕްޓެމްބަރު 2024
ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ
17 ސެޕްޓެމްބަރު 2024

ޖަޕާނު ސަރުކާރުން ރާއްޖެއަށް 140،000 އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ދެނީ

17 ސެޕްޓެމްބަރު 2024
ޖަޕާނު ސަރުކާރުން ރާއްޖެއަށް 140،000 އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ދެނީ
04 ޖުލައި 2024

ގައުމު ބަނގުރޫޓްވެދާނެކަމަށް ގޮވާފައި ލަންކާ އެމްބަސީގެ ތާޑް ސެކްރެޓަރީއަށް އިތުރު މީހަކު އައްޔަންކޮށްފި

04 ޖުލައި 2024
ގައުމު ބަނގުރޫޓްވެދާނެކަމަށް ގޮވާފައި ލަންކާ އެމްބަސީގެ ތާޑް ސެކްރެޓަރީއަށް އިތުރު މީހަކު އައްޔަންކޮށްފި
17 މެއި 2024

ރާއްޖެއާ އޮތް ނުތަނަވަސްކަން މިހާރު އަންނަނީ ކުޑަވަމުން: ޖައިޝަންކަރު

17 މެއި 2024
ރާއްޖެއާ އޮތް ނުތަނަވަސްކަން މިހާރު އަންނަނީ ކުޑަވަމުން: ޖައިޝަންކަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް