Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ލިވަޕޫލާއި ޗެލްސީ އެއްވަރު، ސިޓީއަށް ލީޑެއް

ނިއުކާސަލް އަތުން ސިޓީ މޮޅުވީ 4-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2021 | ހޯމަ 04:16
ޓޮޓެންހަމާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން

ޓޮޓެންހަމާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ އެއްވަރުވިއިރު، ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ލިވަޕޫލް އެއްވަރުވީ ޓޮޓެންހަމް ހޮޓްސްޕާއާ ވާދަކޮށް 2-2 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން 13 ވަނަ މިނެޓުގައި ހެރީ ކޭން ވަނީ ޓޮޓެންހަމަށް ލީޑު ނަގައިދީފައެވެ. އޭގެ ފަހުން ލިވަޕޫލުގެ އެންޑީ ރޮބަޓްސަނަށް ކޭން ކުރި ނުރައްކާތެރި ފައުލަކަށް އޭނާއަށް ރީނދޫ ކާޑެއް ދެއްކި ނަމަވެސް، ލިވަޕޫލުގެ ކުޅުންތެރިން ވަނީ ކޭނަށް ރަތް ކާޑެއް ދައްކަން ޖެހޭ ކަމަށް އެޕީލްކޮށްފައެވެ.

މި މެޗުގައި ލިވަޕޫލުން ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 35 ވަނަ މިނެޓުގައެވެ. ރޮބަޓްސަން ނެގި ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިއޯގޯ ޖޮޓާއެވެ. އަދި 69 ވަނަ މިނެޓުގައި ޓްރެންޓް އަލެކްސަންޑަ-އާނޯލްޑްގެ އެހީތެރިކަމާއެކު ރޮބަޓްސަން ވަނީ ލަނޑެއް ޖަހައި، ލިވަޕޫލަށް ލީޑު ނަގައިދީފައެވެ. އެކަމަކު އޭގެ ހަތަރު މިނެޓު ފަހުން ލިވަޕޫލުގެ ގޯލްކީޕަރު އެލިސަން ބެކާއަށް ހެދުނު ގޯހެއްގެ ފައިދާނަގައި ސޮން ހެއުން-މިން ވަނީ ޓޮޓެންހަމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗުގެ 77 ވަނަ މިނިޓްގައި ޓޮޓެންހަމުގެ އެމާސަންއަށް ކުރި ފައުލަކަށް ރޮބަޓްސަނަށް އެންމެ ފުރަތަމަ ރީނދޫ ކާޑެއް ދެއްކި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ރެފުރީ ވަނީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކާފައެވެ.

މި މެޗުން ލިވަޕޫލް އެއްވަރުވިއިރު، ލީގުގައި އާދީއްތަ ދުވަހުގެރޭ ޗެލްސީ އާއި ވުލްވްސް ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. އެއާއެކު ރަށުން ބޭރުގައި ކުޅުނު މެޗުން 4-0 ގެ ނަތީޖާއަކުން ނިއުކާސަލް ބަލިކޮށް ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.

މި މެޗުގައި ސިޓީން މޮޅު ކުޅުމެއް ދެއްކިއިރު، މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި ރުބެން ޑިއާޒް ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. އަދި މެޗުގެ 27 ވަނަ މިނެޓުގައި ސިޓީން ލީޑު ފުޅާކުރިއިރު، އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޮއާއޯ ކަންސޭލޯއެވެ. ދެން މި މެޗުގައި ސިޓީން ކާމިޔާބުކުރި އަނެއް ދެ ލަނޑު ދެވަނަ ހާފުގައި ޖަހައިދިނީ ރިޔާދު މާރޭޒް އާއި ރަހީމް ސްޓާލިންއެވެ.

މި މެޗުން ސިޓީ މޮޅުވިއިރު، އެ ޓީމުން ވަނީ މި މެޗުގައި ދެ ރިކޯޑެއް ހަދާފައެވެ. އެގޮތުން ލީގުގައި އެއް އަހަރު ތެރޭ އެންމެ ގިނަ މޮޅު ހޯދައިން 1983 ވަނަ އަހަރު 33 މޮޅާއެކު ލިވަޕޫލުން ހެދި ރިކޯޑު ސިޓީން މުގުރާލިއިރު، ސިޓީން ވަނީ މި އަހަރު 106 ލަނޑު ޖަހައި އަހަރެއްގެ ތެރޭ އެންމެ ގިނަ ލަނޑު ޖަހައިގެން އެ ޓީމުން ހަދާފައިވާ އަމިއްލަ ރިކޯޑު އާކޮށްފައެވެ.

އާދީއްތަ ދުވަހުގެރޭގެ ނަތީޖާތަކަށްފަހު ތާވަލުގެ އެއްވަނައިގައި ސިޓީން ތިން ޕޮއިންޓުގެ ލީޑެއް ނެގިއިރު، އެ ޓީމަށް ކުޅުނު 18 މެޗުން ވަނީ 44 ޕޮއިންޓް ލިބިފައެވެ. އަދި ދެވަނައިގައި އޮތް ލިވަޕޫލަށް 18 މެޗުން 41 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ޗެލްސީއަށް 18 މެޗުން ލިބިފައިވަނީ 38 ޕޮއިންޓެވެ.

ޕްރިމިއަރ ލީގުލިވަޕޫލްމެންޗެސްޓަރ ސިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ބްރެންޓްފޯޑް ބަލިކޮށް، ސިޓީ ސެމީ ފައިނަލަށް

ބްރެންޓްފޯޑް ބަލިކޮށް، ސިޓީ ސެމީ ފައިނަލަށް

18 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު