Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަނދަރު ތަރައްގީކުރުން

ބަނދަރަށް ބޭނުންވާ ޒަމާނީ އާލާތްތައް އަންނަ އަހަރު ގެނެވޭނެ: އެމްޕީއެލްގެ ޗެއާމަން

19 ޑިސެމްބަރު 2021 | އާދީއްތަ 00:38

ރާއްޖެއަކީ ހުރިހާ އެއްޗެއް ބޭރުން އެތެރެކުރާ ގައުމަކަށްވާއިރު ކޮމާޝަލް ބަނދަރުތަކުގެ ހާލަތު ހުރީ އެންމެ ރަނގަޅަކަށް ނޫން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 19 ޑިސެމްބަރު 2021 | އާދީއްތަ 00:38
އެމްޕީއެލްގެ ޗެއަރމަން ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

އެމްޕީއެލްގެ ޗެއަރމަން ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

މާލޭގެ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތްތަކެއް ކުރެވެމުންދާއިރު ބަނދަރަށް ބޭނުންވާ ސާމާނު ޒަމާނީ ކުރުމުގެ މަސައްކަތްތައް ވެސް ކުރެވެމުންދާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޗެއާމަން މުހައްމަދު ޝަރީފް (ސެންކޯ ޝަރީފް) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ ބަނދަރުގައި މިހާރު ބޭނުންކުރަމުންދާ އާލާތްތަކަކީ ވަރަށް ކުރީގެ އާލާތްތަކެއްކަމަށެވެ. އެހެންކަމުން މިޒަމާނަށް ފެތޭ ސާމާނު ގެންނަން ފަށާފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ. ކުރިޔަށް އޮތް އަހަރު ތެރޭގައި ވެސް ބަނދަރަށް ބޭނުންވާ ޒަމާނީ އާލާތްތައް ގެނައުމުގެ މަސައްކަތް ކުރާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޝަރީފް ވިދާޅުވީ ރާއްޖެއަކީ ހުރިހާ އެއްޗެއް ބޭރުން އެތެރެކުރާ ގައުމަކަށްވާއިރު ރާއްޖޭގެ ކޮމާޝަލް ބަނދަރުތަކުގެ ހާލަތު ހުރީ އެންމެ ރަނގަޅަށް ނޫންކަމަށެވެ. މަލޭގެ ކޮމާޝަލް ހާބަރަށްވެސް 35 އަހަރުވަރު ވެދާނެކަމަށާއި އެތަން ޑިޒައިންކޮށްފައިވަނީ އެންމެ ބޯޓަކަށް ކައިރިވޭގޮތަށްކަމަށެވެ. މާލޭގައި އޮތީ ކޮމާޝަލް ބަނދަރެއް ނޫންކަމަށާއި މަގަތު ފާލަމެއްކަމަށް ޝަރީފް ވިދާޅުވިއެވެ. ބަނދަރުގައި ކޮންޓެއިނަރ ބާލާނެ ޖާގަ ނޯންނައިރު ދެންޖެހެނީ ބޭރު ބަނދަރުގައި ބާއްވައިގެން ބާޖު ގެންގޮސްގެން މުދާ ބާލަންކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ކުޅުދުއްފުއްޓާއި އައްޑޫ ސިޓީގައި ހަދާފައިވާ ބަނދަރުތަކުގެ ހާލަތުވެސް ހުރީ ވަރަށް ދަށްކޮށްކަމަށެވެ. ޝަރީފް ވިދާޅުވީ 2021 ވަނަ އަހަރު އައިއިރު ރާއްޖޭގައި ހުންނަންވާނީ ޓްރާންސިޓް ބަނދަރު ވެސް ހެދިފައިކަމަށެވެ.

ރަނގަޅު ބަނދަރެއް އޮތުމަކީ ރާއްޖޭގެ ތަރައްގީއަށްވެސް ވަރަށް މުހިންމު ކަމެއްކަމަށް ޝަރީފް ވިދާޅުވިއެވެ. ރަނގަޅު ބަނދަރެއް އޮންނަނަމަ ދެ ދުވަހެއްގެ ތެރޭގައި ކޮންޓެއިނަރތައް ހުސް ކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

އެމްޕީއެލް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2025

ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ

12 ނޮވެމްބަރު 2025
ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ
07 ނޮވެމްބަރު 2025

ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

07 ނޮވެމްބަރު 2025
ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ
05 ނޮވެމްބަރު 2025

ބައިނަލްއަގުވާމީ މައި ދޮރާއްޓަކުން ވައްކަން ކުރުން: ސައުތު އިންޑިއަން ފިލްމަކަށް ވުރެ ވަކި ދެރައެއް ނޫން

05 ނޮވެމްބަރު 2025
ބައިނަލްއަގުވާމީ މައި ދޮރާއްޓަކުން ވައްކަން ކުރުން: ސައުތު އިންޑިއަން ފިލްމަކަށް ވުރެ ވަކި ދެރައެއް ނޫން
04 ނޮވެމްބަރު 2025

ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި

04 ނޮވެމްބަރު 2025
ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި
03 ނޮވެމްބަރު 2025

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ އާއި ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި

03 ނޮވެމްބަރު 2025
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ އާއި ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި
02 ނޮވެމްބަރު 2025

މާލެ ކައިރިއަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި މީހަކު މަރުވެއްޖެ

02 ނޮވެމްބަރު 2025
މާލެ ކައިރިއަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި މީހަކު މަރުވެއްޖެ
28 އޮކްޓޯބަރު 2025

ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!

28 އޮކްޓޯބަރު 2025
ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!
24 އޮކްޓޯބަރު 2025

ސަރުކާރުގެ އިސްފަރާތެއްގެ އެހީގައި ވަގަަށްނެގިކަމަށް ތުހުމަތުކުރެވޭ ސިނގިރޭޓް ކޮންޓެއިނަރުތައް އުފުލިކަމަށް ބެލެވޭ ދޯނީގެ ކައްޕި ހައްޔަރުކޮށްފި؛ ކޯޓުން ނިންމީ އޭނާ 7 ދުވަހަށް ބަންދުކުރަން

23 އޮކްޓޯބަރު 2025

ވަގު ސިނގިރޭޓް ކޮންޓެއިނަރތަކާ ގުޅުވައިގެން ދުއްވާ ދެބޯގެރި

23 އޮކްޓޯބަރު 2025
ވަގު ސިނގިރޭޓް ކޮންޓެއިނަރތަކާ ގުޅުވައިގެން ދުއްވާ ދެބޯގެރި
23 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރެޓުގެ ވައްކަން: އަބްދުއްރަހުމާނު އަށް ކުރަނީ 2 ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމަށް އެހީތެރިވުމުގެ ތުހުމަތު

23 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރެޓުގެ ވައްކަން: އަބްދުއްރަހުމާނު އަށް ކުރަނީ 2 ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމަށް އެހީތެރިވުމުގެ ތުހުމަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް