Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއޮމިކްރޯން ވޭރިއަންޓް

އޮމިކްރޯން ވޭރިއަންޓް 89 ގައުމަކުން ފެނިއްޖެ

ކޮންމެ ތިން ދުވަހެއްގެ ތެރޭގައި، ޕޮޒިޓިވްވާ މީހުންގެ އަދަދު ދެގުނައަށް އިތުރުވަމުންދޭ

އަމްނާ އިމާދު
އަމްނާ އިމާދު | 18 ޑިސެމްބަރު 2021 | ހޮނިހިރު 11:52
ސައުތު އެފްރިކާގެ ކޭޕް ޓައުންގައި ވެކްސިން ކިއޫގައި ތިބި ބައެއް

ސައުތު އެފްރިކާގެ ކޭޕް ޓައުންގައި ވެކްސިން ކިއޫގައި ތިބި ބައެއް

އޮމިކްރޯން ވޭރިއަންޓް ދުނިޔޭގެ 89 ގައުމަކުން މިހާތަނަށް އައިއިރު ފެނިފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ން ބުނެފިއެވެ.

ހޮނިހިރު ދުވަހު ޑަބްލިޔުއެޗްއޯއިން ބުނީ, މިހާތަނަށް 89 ގައުމަކުން އޮމިކްރޯން ވޭރިއެންޓް ފެނިފައިވާ ކަމަށާއި، ކޮންމެ ތިން ދުވަހެއްގެ ތެރޭގައި، ޕޮޒިޓިވްވާ މީހުންގެ އަދަދު ދެގުނައަށް އިތުރުވަމުންދާކަމަށެވެ.

ޑަބްލިޔުއެޗްއޯއިން ބުނީ މިވޭރިއަންޓްގެ ނުރައްކާތެރިކަން ދެނެގަތުމަށް އަދިވެސް އިތުރު ޑާޓާތައް ބޭނުންވާކަމަށެވެ. އަދި މިވޭރިއަންޓްގެ މިޔުޓޭޝަންތަކުގެ ސަބަބުން، ވެކްސިނުން ކުރާ އަސަރު ކުޑަކުރޭތޯ ބެލުމަށް އިތުރު ދިރާސާތައް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން ޑަބްލިޔުއެޗްއޯއިން ބުނީ، އޮމިކްރޯން ވޭރިއަންޓުގެ ކޭސްތައް މިލިއަނުން ފެނިދާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި، ގައުމުތަކުގެ ސިއްހީ ނިޒާމުގައި ކެޕޭސިޓީ އިތުރުކުރަން ޖެހޭ ކަމަށެވެ. އަދި މިވޭރިއަންޓް ޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރުވަމުން ދިޔުމަށް މަގުފަހިވެގެންދާނެކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.

އޮމިކްރޯން ވޭރިއަންޓަކީ "ވޭރިއަންޓް އޮފް ކޮންސަރން"ގެ ގޮތުގައި ޑަބްލިޔުއެޗްއޯއިން ކަނޑައަޅާފައިވަނީ ނޮވެމްބަރ މަހުގެ 26 ވަނަ ދުވަހުއެވެ.

މި ވޭރިއަންޓްގެ ސަބަބުން ދެކުނު އެފްރިކާއިން ފެންނަމުންދާ ކޮވިޑްގެ ކޭސްތައް ވަނީ އިތުރުވެފައެވެ. އޭގެ ސަބަބަކީ ޓެސްޓްކުރުން އިތުރުވެފައިވުމާއި ވެކްސިން ޖަހާފައިވާ މީހުންގެ އަދަދު މަދުވުންކަމަށް ބެލެވޭކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.

އޮމިކްރޯން ވޭރިއަންޓްޑަބްލިޔުއެޗްއޯ

އިތުރަށް ކިޔާލަން

15 އޮކްޓޯބަރު 2025

އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި

15 އޮކްޓޯބަރު 2025
އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި
18 ސެޕްޓެމްބަރު 2025

ޣައްޒާގެ ހޮސްޕިޓަލްތައް ފުނޑު ފުނޑުވުމުގެ ނުރައްކަލުގައި

18 ސެޕްޓެމްބަރު 2025
ޣައްޒާގެ ހޮސްޕިޓަލްތައް ފުނޑު ފުނޑުވުމުގެ ނުރައްކަލުގައި
11 ސެޕްޓެމްބަރު 2025

އިސްރާއީލް އިން ހަނގުރާމަ ފުޅާ ކުރި ނަމަވެސް، ޣައްޒާގައި ދެމި ތިބޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި

11 ސެޕްޓެމްބަރު 2025
އިސްރާއީލް އިން ހަނގުރާމަ ފުޅާ ކުރި ނަމަވެސް، ޣައްޒާގައި ދެމި ތިބޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި
05 ސެޕްޓެމްބަރު 2025

މަންކީޕޮކްސް އަކީ މިހާރު ބައިނަލްއަޤްވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމުގައި ނުބެލެވޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފި

05 ސެޕްޓެމްބަރު 2025
މަންކީޕޮކްސް އަކީ މިހާރު ބައިނަލްއަޤްވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމުގައި ނުބެލެވޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފި
08 ޖުލައި 2025

ޣައްޒާ އަށް ބޭހާއި މެޑިކަލް ސަޕްލައިގެ ސާމާނު އެތެރެ ކުރަނީ

08 ޖުލައި 2025
ޣައްޒާ އަށް ބޭހާއި މެޑިކަލް ސަޕްލައިގެ ސާމާނު އެތެރެ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު