Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ސިންގަޕޫރު އެއާލައިންސްގެ ދަތުރުތައް ރާއްޖެއަށް

ކަރަންޓީނު އުވާލުމުން ސިންގަޕޫރު އެއާލައިންސުން ރާއްޖެއަށް ހަފުތާއަކު 10 ދަތުރު

ވީޓީއެލްގެ ދަށުން ދަތުރުތައް ފަށާފައިވަނީ މިމަހު 16 ވަނަ ދުވަހު

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 18 ޑިސެމްބަރު 2021 | ހޮނިހިރު 10:34
ސިންގަޕޫރު އެއަރލައިންސް

ސިންގަޕޫރު އެއަރލައިންސް

ސިންގަޕޫރު އެއާލައިންސުން ހަފުތާއެއްގެ މައްޗަށް ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކޮށްފިއެވެ.

މީގެ ކުރިން ސިންގަޕޫރު އެއާލައިންސުން އަންނަނީ ހަފުތާއަކު ހަތް ދަތުރު ރާއްޖެއަށް ކުރަމުންނެވެ. ނަމަވެސް މިހާރު އެ ދަތުރުތަކުގެ އަދަދު އިތުރުކޮށް ހަފުތާއަކު 10 ދަތުރު ކުރުމަށް ވަނި ނިންމާފައެވެ. ސިންގަޕޫރު އެއާލައިންސުން ރާއްޖެއަށް ކުރާ ދަތުރުތަކުގެ އަދަދު އިތުރުކޮށްފައި ވަނީ ސިންގަޕޫރާއި ރާއްޖެއާ ދެމެދު ދަތުރުކުރާ މީހުން ކަރަންޓީނުވާން ނުޖެހޭ ގޮތަށް ނިންމުމާ ގުޅިގެންނެވެ.

Advertisement - businessAdvertisement

މިގޮތަށް ދަތުރުތައް އިތުރުކުރުމަށް ހަމަޖެހިފައި ވަނީ މިއަންނަ އަހަރުގެ ޖެނުއަރީ ދެވަނަ ދުވަހުން ފެށިގެންނެވެ.

ސިންގަޕޫރަށް ދަތުރުކުރުމުގައި ދިވެހިންނަށް ލުއިތަކެއް ދޭން ނިންމީ ރާއްޖޭގައި ކޯވިޑްގެ ހާލަތަށް ރިޔާއަތްކުރުމަށްފަހުކަމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ. މީގެއިތުރުން ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ރާއްޖޭގެ ބޯޑަރު ހުޅުވާލާފައިވާކަންވެސް ސިންގަޕޫރުގެ ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.

"ވެކްސިނޭޓެޑް ޓްރެވެލް ލޭން" ވީޓީއެލްގެ ދަށުން ކަރަންޓީނުވުމަކާ ނުލާ ރާއްޖެއާ ސިންގަޕޫރާ ދެމެދު ދަތުރުތައް މިހާރު ވަނީ ފަށާފައެވެ. މިގޮތަށް ދަތުރުތައް ފަށާފައިވަނީ މިމަހު 16 ވަނަ ދުވަހުއެވެ.

ވީޓީއެލްގެ ދަށުން ކަރަންޓީނުވުމަކާ ނުލާ 48 ގަޑިއިރުގެ ނެގެޓިވް ނަތީޖާއެކު ސިންގަޕޫރާ ރާއްޖެއާ ދެމެދު މިހާރު ދަތުރުކުރެވޭނެއެވެ.

ސިންގަޕޫރުން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާއިރު، ރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުން ވެސް ބޭސްފަރުވާއާ، ޗުއްޓީ އަދި ވިޔަފާރި ދަތުރުތަކުގައި ސިންގަޕޫރަށް ދަތުރުކުރެއެވެެ. މީގެ އިތުރުން އެކިއެކި ބޭނުންތަކުގައި ރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުން ސިންގަޕޫރުގައި ދިރިއުޅޭކަންވެސް ފާހަގަކުރެވެއެވެ.

ސިންގަޕޯރ އެއަރލައިންސް

ކޮމެންޓް

އިތުރަށް ކިޔާލަން

ސިންގަޕޫރު އެއަރލައިންސްގެ ބޯޓެއް ގަދަ ކޮޅިގަނޑެއްގައި ޖެހި އެކަކު މަރުވެ އެތައް ބަޔަކު ޒަޚަމް ވެއްޖެ

ސިންގަޕޫރު އެއަރލައިންސްގެ ބޯޓެއް ގަދަ ކޮޅިގަނޑެއްގައި ޖެހި އެކަކު މަރުވެ އެތައް ބަޔަކު ޒަޚަމް ވެއްޖެ

21 މެއި 2024
ޕީކް ސީޒަނާ ދިމާކޮށް ސިންގަޕޯރ އެއަރލައިނުން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޮޑެތި ބޯޓުތައް ބޭނުންކުރަނީ

ޕީކް ސީޒަނާ ދިމާކޮށް ސިންގަޕޯރ އެއަރލައިނުން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޮޑެތި ބޯޓުތައް ބޭނުންކުރަނީ

15 އޮކްޓޯބަރު 2022
ޕިރަމިޑުން ރާއްޖެއަށް މެޖޫލް ޑޭޓްސް ތަޢާރުފުކޮށްފި

ޕިރަމިޑުން ރާއްޖެއަށް މެޖޫލް ޑޭޓްސް ތަޢާރުފުކޮށްފި

29 މެއި 2017
އޮސްމޯ ބްރޭންޑްގެ ޕްރޮޑަކްޓެއް ރާއްޖެއަށް ތަޢާރަފްކޮށްފި

އޮސްމޯ ބްރޭންޑްގެ ޕްރޮޑަކްޓެއް ރާއްޖެއަށް ތަޢާރަފްކޮށްފި

21 މެއި 2017
ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ

ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ

12 އެޕްރީލު 2017

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު