Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އޮމިކްރޯން ވޭރިއަންޓު ފެތުރުން

ތަކުރާރުކޮށް ކޮވިޑް-19 ޖެހުމުގެ ފުރުސަތު ޑެލްޓާ ވޭރިއަންޓަށްވުރެ އޮމިކްރޯން ވޭރިއަންޓްގައި ފަސް ގުނަ އިތުރު: ދިރާސާ

ދިރާސާގައި ބޭނުންކޮށްފައިވަނީ އިނގިރޭސިވިލާތުގައި ނޮވެމްބަރ މަހުގެ 29ން ޑިސެމްބަރ މަހުގެ 11 ވަނަ ދުވަހާ ހަމައަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޑޭޓާ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 18 ޑިސެމްބަރު 2021 | ހޮނިހިރު 03:32
އޮމިކްރޯން ވޭރިއަންޓް އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން

އޮމިކްރޯން ވޭރިއަންޓް އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން

ކޮވިޑް-19 ޖެހިފައި ހުރި މީހަކަށް ތަކުރާރުކޮށް އެވައިރަސް ޖެހުމުގެ ފުރުސަތު ޑެލްޓާ ވޭރިއަންޓަށްވުރެ އޮމިކްރޯން ވޭރިއަންޓްގައި ފަސް ގުނަ އިތުރުކަމަށް ދިރާސާއަކުން ހާމަވެއްޖެއެވެ.

މީގެއިތުރުން މިދިރާސާއިން ހާމަވެފައިވާ ގޮތުގައި ކޮވިޑް-19 ޖެހިގެން ހާލަތު ބޮޑުވަރުވާ ހިސާބަށްދިޔުން ޑެލްޓާ ވޭރިއަންޓަށްވުރެ ވަކި އޮމިކްރޯން ވޭރިއަންޓް ޖެހިގެން ކުޑައެއް ނޫނެވެ. އިމްޕީރިއަލް ކޮލެޖުން ކުރިޔަށްގެންދިޔަ މިދިރާސާގައި ބޭނުންކޮށްފައިވަނީ ޔޫކޭގެ ހެލްތު ސެކިޔުރިޓީ އެޖެންސީ އާއި ނޭޝަނަލް ސަރވިސްގެ ޑޭޓާއެވެ. އިނގިރޭސިވިލާތުގައި ނޮވެމްބަރ މަހުގެ 29ން ޑިސެމްބަރ މަހުގެ 11 ވަނަ ދުވަހާ ހަމައަށް ޕީސީއާރު ޓެސްޓް ޕޮޒިޓިވްވެފައިވާ މީހުންގެ ޑޭޓާ ވަނީ ދިރާސާކޮށްފައެވެ. މި ދިރާސާ އަދި ޕިއަރ ރިވިއު ކޮށްފައި ނުވާކަމަށް އެފަރާތުން ބުނެއެވެ.

ދިރާސާއިން ނިކުތް ނަތީޖާތަކާއި ގުޅޭގޮތުން ދިރާސާގައި ބުނެފައިވަނީ ޑެލްޓާ ވޭރިއަންޓް ޖެހިގެން ހަށިގަނޑަށް ދޭ ގެއްލުމާއި އަޅާބަލާއިރު އޮމިކްރޯން ވޭރިއަންޓް ޖެހިގެން ވަކިތަފާތުތަކެއް ފާހަގަނުވާކަމަށެވެ. ނަމަވެސް އޮމިކްރޯން ވޭރިއަންޓް ޖެހިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރާ މީހުން މަދުކަން ވަނީ ފާހަގަކޮށްފައިވެއެވެ.

ދިރާސާގައި ބުނެފައިވަނީ ވެކްސިން ޖަހާ މިންވަރާއި، އުމުރާއި ޖިންސާއި ނަސްލާއި ބަލީގެ އަލާމާތް ނުފެނި ހުރެ ޕޮޒިޓިވްވުމާއި އެކި ސަރަހައްދުތަކާއި ސާމްޕަލްތައް ނެގިފައިވާ ތާރީޚުތަކާއި މިކަންކަމަށް ބަލާއިރު ޑެލްޓާ ވޭރިއަންޓް ޖެހޭ މިންވަރަށްވުރެ އޮމިކްރޯން ވޭރިއަންޓް ތަކުރާރުކޮށް ޖެހުމުގެ ފުރުސަތު ހުރީ 5.4 ގުނަ މަތީގައިކަމަށެވެ.

ދިރާސާއިން ހާމަވެފައިވާ އަނެއްކަމަކީ ޑެލްޓާ ވޭރިއަންޓަށްވުރެ އޮމިކްރޯން ވޭރިއަންޓްގައި ބަލީގައި އަލާމާތް ފެނިގެން ޕޮޒިޓިވްވާ ރޭޓްވެސް މަތިކަމެވެ. އެމީހުންގެ ތެރޭގައި ހިމެނެނީ ދެވަނަ ޑޯޒް ޖެހުމަށްފަހު ދެ ހަފްތާ ވެފައިވާ މީހުންނާއި ބޫސްޓަރ ޑޯޒް ޖެހުމަށްފަހު ދެ ހަފްތާ ފާއިތުވެފައިވާ މީހުންނެވެ.

ދިރާސާއިން ދެން ހާމަވި ކަމަކީ އޮމިކްރޯން ވޭރިއަންޓުން ވެކްސިން ޖެހުމުން ބަލި ޖެހުމުން ދިފާއުކޮށްދޭ ދިނުމާއި ވައިރަސްގެ ސަބަބުން ދެވަނަ ފަހަރަށް ބަލި ޖެހުމުން ދިފާއުކޮށްދޭ ދިނުން ދަށްކޮށްދޭކަމަށެވެ. އޭގެމާނައަކީ އޮމިކްރޯން ވޭރިއަންޓުގެ ނުރައްކާތެރިކަން ބޮޑުކަންކަމަށް ދިރާސާގައި ބުނެފައިވެއެވެ.

ނަމަވެސް މިދިރާސާ އާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިނގިރޭސިވިލާތުގެ ވެކްސިން ޓާސްކްފޯސްގެ ކުރީގެ ޗެއަރ ޑރ ކްލައިވް ޑިކްސް ވިދާޅުވީ އޮމިކްރޯން ވޭރިއަންޓާ ގުޅޭގޮތުން އަދި އެއްވެސް ކަމެއް ފައިނަލްވާވަރުގެ ޑޭޓާއެއް ލިބިފައިނުވާކަމަށެވެ. އެގޮތުން ވެކްސިން އިފެކްޓިވްނަސް ދެނެގަތުމަށް ބޭނުންވާ ސެލިއުލާ އިމިއުން ރެސްޕޯންސް މި ދިރާސާއިން ހޯދިފާ ނެތް ކަމަށް ޑރ ޑިކްސް ވިދާޅުވިއެވެ. އެހެންކަމުން މިހާރު ހަދަމުންދާ ދިރާސާތަކަކީ ނިސްބަތުން މަދު ޑޭޓާ ބޭނުންކޮށްގެން ކުރެވޭ ދިރާސާތަކެއްކަމަށް ވަނީ ވިދާޅުވިއެވެ. ޑރ ޑިކްސް އިތުރަށް ވިދާޅުވީ އޮމިކްރޯން ވޭރިއަންޓާ ގުޅޭގޮތުން ޔަގީންކަމާއެކު އެއްޗެއް ބުނަން އިތުރު މަސްދުވަހުގެ ކޭސް ޑޭޓާ ބޭނުންވާނެ ކަމަށެވެ.

މި ދިރާސާގައި ބޭނުންކޮށްފައިވާ 333،000 ކޭސް ގެ ތެރެއެއިން 122،062 ކޭސް އެއީ ޑެލްޓާ ވޭރިއަންޓްގެ ކޭސް އަދި 1.846 ކޭސް އެއީ އޮމިކްރޯން ވޭރިއަންޓް ކަމަށް ޖީނޯމް ސީކުއެންސިންގ އިން ކަށަވަރުވެއެވެ.

ކޮވިޑް-19އޮމިކްރޯން ވޭރިއަންޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު