Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޭސީސީގެ މެމްބަރުން ވަކިކުރުން

އޭސީސީ މެމްބަރުނަށް ޖަވާބުދާރީވާން ކޮމިޓީން 5 ދުވަސްދީފި

17 ޑިސެމްބަރު 2021 | ހުކުރު 04:38

ކޮމިޓީގައި އެކޮމިޝަނުގެ މެންބަރުން އެއްބަސްވެފައިވާ މިންވަރަށް ޕާރފޯމަންސް ދެއްކިފައި ނުވާތީ އިތުރު ފުރުސަތެއް ނުދީ މެންބަރުކަމުން ވަކިކުރުމަށް ބައެއް މެމްބަރުން ތާއީދު ކުރެއްވި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 17 ޑިސެމްބަރު 2021 | ހުކުރު 04:38
މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމެއްގެ ތެރެއިން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމެއްގެ ތެރެއިން

އޮޑިޓް ރިޕޯޓާ ގުޅިގެން މެމްބަރުން ވަކިކުރުމުގެ ކުރިން ޖަވާބުދާރީ ވުމަށް އޭސީސީގެ މެމްބަރުންނަށް 5 ދުވަސް ދިނުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފިއެވެ.

މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޖަލްސާގައި ވަނީ، އޭސީސީގެ މެމްބަރުން ވަކި ކުރުމަށްޓަކައި، އެކުލަވާލި އޮޑިޓްގައި ހިމެނޭ ކަންކަމުގެ މައްޗަށް ތައްޔާރު ކުރެވުނު ރިޕޯޓް ތަޅުމަށް އިއްވާފައެވެ. ރިޕޯޓުގައި މައިގަނޑު ގޮތެއްގައި 10 ކަމެއް ފާހަގަކޮށްފައި ވެއެވެ. އެގޮތުން ފާހަގަކޮށްފައިވަނީ އޭސީސީގެ މެމްބަރުންގެ މަގާމުގެ މަސްއޫލިއްޔާތު އަދާކުރުމަށް އެކަށީގެންވާ މަސައްކަތް ނުކުރެވި، ޒިންމާ އަދާ ނުކުރުވިފައި ވާކަމަށެވެ. މަސައްކަތް ކުރުމަށް މުއްދަތުތައްދީ އެ މުއްދަތުތައް ފަހަނައަޅައި ދިޔައިރުވެސް މަސައްކަތްތައް ނިމިފައިނުވާ ކަމަށެވެ.

Advertisement - newsAdvertisement

މި މައްސަލަ ދިރާސާ ކުރުމަށް މިނިވަން މުއައްސަސާ ތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

މިކަމާއި ގުޅިގެން ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ބައެއް މެމްބަރުންވަނީ ޕާރފޯމަންސް އޮޑިޓުން އޭސީސީގެ މެންބަރުންނަށް ގާނޫނުގައި ބުނާ މިންވަރަށް އަދި ކޮމިޓީގައި އެކޮމިޝަނުގެ މެންބަރުން އެއްބަސްވެފައިވާ މިންވަރަށް ޕާރފޯމަންސް ދެއްކިފައި ނުވާތީ އިތުރު ފުރުސަތެއް ނުދީ މެންބަރުކަމުން ވަކިކުރުމަށް ނިންމައި މަޖިލީހުގެ ތަޅުމަށް އެނިންމުން ފޮނުވުމަށެވެ.

ނަމަވެސް ކޮމިޓީގެ ގިނަ މެންބަރުން ތާއީދު ކުރެއްވީ، އޭސީސީގައި މިވަގުތު ތިއްބެވި މެންބަރުންނަށް ޖަވާބުދާރީ ވުމަށް ފުރުސަތެއް ދިނުމަށްފަހު ކޮމިޓީގެ ނިންމުން ތަޅުމަށް ފޮނުވުމަށެވެ. މިގޮތަށް ތާއީދު ކުރެއްވި މެމްބަރުން ވިދާޅުވީ، މިއީ މިގޮތަށް މުޅި ކޮމިޝަން ވަކިކުރުމަށް ހުށަހެޅިގެންދާ ފުރަތަމަ ފަހަރު ކަމަށްވުމާއި، މީގެ ކުރިން އޭސީސީގެ މެމްބަރުން ކޮމިޓީއަށް ހާޒިރުކޮށް ޖަވާބުދާރީ ކުރެވިފައިވަނީ އެ ކޮޝަންގެ މަސައްކަތްތަކާ ގުޅޭ ގޮތުން ކަމަށެވެ. އެހެންކަމުން އޮޑިޓް ރިޕޯޓާ ގުޅިގެން ޖަވާބުދާރީ ވުމުގެ ފުރުސަތު ދިނުން މުހިއްމު ކަމަށް މެމްބަރުން ވިދާޅުވިއެވެ.

އެއާއެކު ފަސް ދުވަހުގެ މުއްދަތުގައި ލިޔުމުން ޖަވާބުދާރީވުމަށް ފުރުސަތު ދެއްވުމަށް ކޮމިޓީން ފާސް ކުރީ 5 މެމްބަރުންގެ ވޯޓުންނެވެ.

މިއީ ޕާފޯމަންސް އޮޑިޓަކާއި ގުޅިގެން މިނިވަން މުއައްސަސާއެއްގެ ހުރިހާ މެންބަރުން ވަކިކުރަން ނިންމި ފުރަތަމަ ފަހަރު ކަމަށްވުމުން މިކަން ކުރަންވާނީ ކުރިއަށް އޮތްތަނުގައި މިފަދަ ގޮތަކަށް މެންބަރުން ވަކިކުރާނަމަ އެކަންކުރަންވާނީ އުސޫލު ތަކުގެ މަތިންކަން މިނިވަން މުއްސަސާތަކުގެ ކޮމިޓީގެ މުގައްރިރު ރޮޒޭނާ އާދަމް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

އޭސީސީގެ މެމްބަރުން ވަކި ކުރުމަށް ފާސްކޮށްފައިވަނީ އޭސީސީން މައްސަލަތައް ބެލުމުގައި ލަސްކަމުގެ ފާޑުކިއުން ތަކާއެކު ތަކުރާރުކޮށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހާޒިރުކޮށް ޕާފޯމަންސް އޮޑިޓެއް ހެދުމަށް ފަހުއެވެ. 

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ

06 ފެބުރުއަރީ 2017
ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ
06 ފެބުރުއަރީ 2017

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ
29 ޖެނުއަރީ 2017

ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

29 ޖެނުއަރީ 2017
ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
16 ޖެނުއަރީ 2017

ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި

16 ޖެނުއަރީ 2017
ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް