Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތަރައްގީގެ މަޝްރޫއުތައް

ތަރައްގީގެ މަޝްރޫއުތައް އަންނައިރު، ހުރިހާ ފަރާތްތައްވެސް ޝާމިލްވާނެ ފަދަ ގޮތަކަށް އެ މަޝްރޫއުތައް ބައްޓަންކުރަންޖެހޭ - މޭޔަރ އާތިފް

16 ޑިސެމްބަރު 2021 | ބުރާސްފަތި 16:55

ދެވަނަ ފިޔަވަހީގެ މަގުތައް ހެދޭއިރު، މަގުތައް ހުންނާނީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ބޭނުންކުރެވޭނެހެން ޑިޒައިންކޮށްފައި

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް | 16 ޑިސެމްބަރު 2021 | ބުރާސްފަތި 16:55
ޝާމިލް ކުރުމުގެ ސިޔާސަތަށް އަހުލުވެރިކުރުމަށް ބޭއްވި ސަރަހައްދީ މަސައްކަތު ބައްދަލްވުން ނިންމުމުގެ ރަސްމިއްޔާތުގައި މޭޔަރ އާތިފް ވާހަކަ ދައްކަވަނީ

ޝާމިލް ކުރުމުގެ ސިޔާސަތަށް އަހުލުވެރިކުރުމަށް ބޭއްވި ސަރަހައްދީ މަސައްކަތު ބައްދަލްވުން ނިންމުމުގެ ރަސްމިއްޔާތުގައި މޭޔަރ އާތިފް ވާހަކަ ދައްކަވަނީ

ތަރައްގީގެ މަޝްރޫއުތައް އަންނައިރު ހުރިހާ ފަރާތްތައްވެސް ޝާމިލްވާނެ ފަދަ ގޮތަކަށް އެ މަޝްރޫއުތައްވެސް ބައްޓަންކުރަންޖެހޭ ކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.

އާތިފް މިހެން ވިދާޅުވީ، ޝާމިލުކުރުމުގެ ސިޔާސަތަށް އަހުލުވެރިކުރުވުމަށް ސަރަހައްދީ ފެންވަރުގައި ކުޅުދުއްފުށީގައި ބޭއްވި މަސައްކަތު ބައްދަލުވުމުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އާތިފް ވިދާޅުވީ ކުޅުދުއްފުށި ސިޓީގެ މަގުތަކުގެ ދެވަނަ ފިޔަވަހީގެ ދަށުން ހަދާ މަގުތައް ޑިޒައިންކޮށްފައިވާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހަކަމާއެކު މަގުގެ ޕޭވްމެންޓް ބޭނުންކުރެވޭ ގޮތަށްކަމަށެވެ. މަގުތަކާއި ޕާރކް އަދި ބީޗް އޭރިއާ ފަދަ ތަންތަން ތަރައްގީކުރާއިރު، ވީލް ޗެއަރގައި އުޅޭ ފަރާތްތަކަށް ބޭނުންނުކުރެވޭ ގޮތަށް ޑިޒައިންކޮށްފައި ހުންނަ މަންޒަރު ފެންނަ ކަމަށާއި، ޝާމިލުކުރުމުގެ ވާހަކަދައްކާއިރު މި ވާހަކަތައްވެސް ދައްކަންޖެހޭ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ، ދެވަނަ ފިޔަވަހީގެ މަގުތައް ހެދޭއިރު ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު މަގުތައް ބޭނުންކުރެވޭނެ ކަމަށެވެ. އެގޮތުން ވީލް ޗެއަރގައި އުޅޭ ފަރާތްތަކަށް ޕޭވްމެންޓަށް އަރާފޭބޭނެހެން ތިރިކޮށްފައި ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ހަމައެއާއެކު، ލޯފަން މީހުންނަށް ޕޭވްމެންޓްގައި ހިނގާ ބިނގާވެ އުޅުމަށް ފަސޭހަކުރުމަށް ބްރެއިލް ބުލޮކްސް ހިމެނޭތޯ މަސައްކަތްކުރާ ކަމަށާއި، އެހެންނަމަވެސް އަދި އެކަން ފައިނަލްވެފައިނުވާ ކަމަށް މޭޔަރު ވިދާޅުވި އެވެ. އެހެން އެކަން ވެއްޖެކަމަށްވާނަމަ އެފަރާތްތަކަށް ފަސޭހަތަކެއް ލިބިގެންދާނެކަން މޭޔަރު ފާހަގަކުރެއްވި އެވެ.

މޭޔަރު ވިދާޅުވީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަންނަ އަހަރުގެ ވޯކްޕްލޭންގައި ގިނަ ކަންތައްތަކެއް ހިމަނާފައިވާނެ ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2017

މި ސަރުކާރުން ފެށި ހައުސިން މަޝްރޫއުތައް ފެއިލްވީ ދޭންޖެހުނު ކަޓުތައް ބޮޑުވެގެން: ފައްޔާޒު

20 ނޮވެމްބަރު 2017
މި ސަރުކާރުން ފެށި ހައުސިން މަޝްރޫއުތައް ފެއިލްވީ ދޭންޖެހުނު ކަޓުތައް ބޮޑުވެގެން: ފައްޔާޒު
19 ނޮވެމްބަރު 2017

ޤައުމީ ދުވަސް އައިއިރު ގައުމީ ބަތަލުންގެ ޒިޔާރަތްތައް ސަރުކާރުން ދަނީ ތަރައްގީގެ ނަމުގައި ހަލާކު ކުރަމުން: ގުޅިފައިވާ ޕާޓީތައް

19 ނޮވެމްބަރު 2017
ޤައުމީ ދުވަސް އައިއިރު ގައުމީ ބަތަލުންގެ ޒިޔާރަތްތައް ސަރުކާރުން ދަނީ ތަރައްގީގެ ނަމުގައި ހަލާކު ކުރަމުން: ގުޅިފައިވާ ޕާޓީތައް
19 ނޮވެމްބަރު 2017

ހައުސިން މަޝްރޫއުތައް ފެއިލްވުމުން އެކަމުގެ ބަދުނާމު ރައީސް ޔާމީން އެޅުއްވީ އިދިކޮޅު ފަރާތްތަކުގެ ބޮލުގައި

19 ނޮވެމްބަރު 2017
ހައުސިން މަޝްރޫއުތައް ފެއިލްވުމުން އެކަމުގެ ބަދުނާމު ރައީސް ޔާމީން އެޅުއްވީ އިދިކޮޅު ފަރާތްތަކުގެ ބޮލުގައި
01 ނޮވެމްބަރު 2017

އަޅުގަނޑަކީ ކުޅިބަލަން ހުންނާނެ މީހެއް ނޫން، ތަރައްގީގެ ކުރިބޯއްޓާ ހަމައަށް ވާސިލް ވާނަން: ރައީސް ޔާމީން

01 ނޮވެމްބަރު 2017
އަޅުގަނޑަކީ ކުޅިބަލަން ހުންނާނެ މީހެއް ނޫން، ތަރައްގީގެ ކުރިބޯއްޓާ ހަމައަށް ވާސިލް ވާނަން: ރައީސް ޔާމީން
17 އޯގަސްޓު 2017

ބައެއް ފަރާތްތަކުގެ ވާހަކައިން ތަރައްގީގެ ދެވަނަ ބަހަކީ ކޮރަޕްޝަންހެން ހީވޭ: ޝިދާތާ

17 އޯގަސްޓު 2017
ބައެއް ފަރާތްތަކުގެ ވާހަކައިން ތަރައްގީގެ ދެވަނަ ބަހަކީ ކޮރަޕްޝަންހެން ހީވޭ: ޝިދާތާ
02 ޖުލައި 2017

ރައީސް ޔާމީންގެ ވެރިކަމުގައި މިރާއްޖެއަށް ތަރައްގީގެ ބަހާރު މޫސުން އައިސްފި: މުފީދު

02 ޖުލައި 2017
ރައީސް ޔާމީންގެ ވެރިކަމުގައި މިރާއްޖެއަށް ތަރައްގީގެ ބަހާރު މޫސުން އައިސްފި: މުފީދު
06 ޖޫން 2017

މަޝްރޫއުތައް ހިންގަނީ ބަޖެޓަށް ބަލައިގެން ނޫން ކަމަށް ބުނެ މިނިސްޓަރަށް ރައްދު ދެއްވައިފި

06 ޖޫން 2017
މަޝްރޫއުތައް ހިންގަނީ ބަޖެޓަށް ބަލައިގެން ނޫން ކަމަށް ބުނެ މިނިސްޓަރަށް ރައްދު ދެއްވައިފި
29 އެޕްރީލު 2017

ތަރައްގީގެ މީޓަރުން ރައީސް ޔާމީނަށް ލިބެނީ ސުމެއް: އަލީ ހުސެއިން

29 އެޕްރީލު 2017
ތަރައްގީގެ މީޓަރުން ރައީސް ޔާމީނަށް ލިބެނީ ސުމެއް: އަލީ ހުސެއިން
22 ފެބުރުއަރީ 2017

ރިޔާސީ އިންތިޚާބު އަންނައިރު އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް ސުލައިމާނެއް ނުހުންނާނެ: މަލީހު

22 ފެބުރުއަރީ 2017
ރިޔާސީ އިންތިޚާބު އަންނައިރު އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް ސުލައިމާނެއް ނުހުންނާނެ: މަލީހު
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް