Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޔާމިން

ރައީސް ޔާމީންގެ ވެރިކަމުގައި މިރާއްޖެއަށް ތަރައްގީގެ ބަހާރު މޫސުން އައިސްފި: މުފީދު

މިސަރުކާރު ބަދަލުކުރަން ޖެހޭކަމަށް އެ ވިދާޅުވާ ސަބަބެއް ނުވިސްނޭ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 2 ޖުލައި 2017 | އާދީއްތަ 23:17
މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު

މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި މިރާއްޖެ ތަރައްގީގެ ބަހާރު މޫސުމަކަށް ބަދަލުކޮށްލާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު ވިދާޅުވެއްޖެެއެވެ.

އާދިއްތަ ދުވަހުގެރޭ ރާއްޖެޓީވީގެ ބޮޑުސުވާލު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުފީދު ވިދާޅުވީ، އިދިކޮޅު މެންބަރުން މިސަރުކާރު ބަދަލުކުރަން ޖެހޭކަމަށް ވިދާޅުވާ ސަބަބު ވިސްނިވަޑައިނުގަންނަވާ ކަމަށާއި، ދިވެހިން މިއަދު އެދެނީ ތަރައްގީއަށް ކަމަށްވާތީ ރައީސް ޔާމީން އެމަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. މުފީދު ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި އިރު ރާއްޖޭގައި އޮތީ ތަރައްގީގެ ޚަރީފު މޫސުން ކަމަށާއި، އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ދިވެހިރާއްޖެއަށް ތަރައްގީގެ ބަހާރު މޫސުން ގެނެސްދެއްވާފައިވާ ކަމަށެވެ.

މުފީދު ވިދާޅުވީ ރައީސް ޔާމީން ގެނެސްދެއްވި މި ތަރައްޤީއާއިމެދު ރައްޔިތުން ފަޚުރުވެރިވާ ކަމަށެވެ.

"ވަދާދާ މީހަކު ދޫކޮށްފައި އޮންނަ ނަނެއްގައި ގަންނަ ލައްޓިއެއްގެ ތަލި ފަހަރެއްގައި ވީދައިގެން ގޮސް އެއްޗެއް ބޭރަށް ވެއްޓިދާނެ. އެއީ ވަކިކަމެއް. އެކަމަކާއި ހުރިހާ ކަމެއް ވެސް އަޅުވާކަށް ނުވާނެ" މުފީދު ވިދާޅުވިއެވެ.

ސަރުކާރު އޮތީ ވަރަށް ބަދަހިކޮށްކަން ފާހަގަކުރައްވާ މުފީދު ވިދާޅުވީ، ޚިލާފެއް އުފެދޭ ކޮންެމެ ފަހަރަކު ބައިބައިވެގެންދާން ނުޖެހޭ ކަމަށާއި، އެއްވެސް ހިތް ހަމަ ނުޖެހުމެއް އެބޭފުޅުންގެ ތެރޭގައި ނެތްކަމަށެވެ.

ވަލިއްޔުލްއަމުރަކު އައްޔަން ކުރަނީ ދެރަޔަސް، މޮޅަސް، ރައްޔިތުންނަށް ހަމަހަމަކަމާއި އިންސާފުން ކަންކޮށްދިނުމަށްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވަލިއްޔުލްއަމުރަކަށް ރައްޔިތުން ހަވާލުކުރަނީ ވަރަށްބޮޑު އަމާނާތެއް ކަމަށާއި، ކޮރަޕްޝަންގެ އަމަލެއް މީހަކު ކޮށްފިކަމަށްވާނަމަ އެމީހަކާއި ސުވާލުކޮށް، ގާނޫނީގޮތުން ދޭންޖެހޭ އަދަބު ދެވެމުންދާކަމަށް މުފީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ސަރުކާރުން ހިންގި ކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ އެއްވެސް ކަމެއް ގާނޫނުގެ ކުރިމައްޗަށް ގެނެވިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ބަދަލުގައި އެކަންކަން އެމްޑީޕީ ސަރުކާރުން ފޮރުވަން މަސައްކަތް ކުރިކަމަށް މުފީދު ވަނީ ތުހުމަތު ކުރައްވާފައެވެ.

މުފީދު ވިދާޅުވީ، ރައީސް ޔާމީނާއި މެދު ފަޚުރުވެރިވެވަޑައގަންނަވަނީ، ކެބިނެޓް މިނިސްޓަރަކަސް، ސްޓޭޓް މިނިސްޓަރަކަސް އަދި އެއަށްވުރެ ދަށް މަގާމެއްގައި ހުރި މީހަކު ނަމަވެސް ކޮރަޕްޝަންގެ އަމަލެއް ހިންގާނަމަ އެ ފަރާތަކާއިމެދު ތަހުގީގު ހިންގައި، ފިޔަވަޅު އަޅުއްވާތީކަމަށެވެ.

މަޖިލީހުގެ ރައީސް މަސީހުގެ ނޯ ކޮންފިޑެންސް ވޯޓާއި ގުޅޭގޮތުން މުފީދު ވިދާޅުވީ، ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕް އޮތީ ވަރަށް ބަދަހިކޮށް ކަމަށާ، މަސީހު މަޤާމުން ބޭރުކުރުމަކީ އެހާ ފަސޭހަކަމެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ދައްކާ އަވާމެންދުރެއްގައި ޕީޕީއެމްގެ މެންބަރުން ނުފެތޭނޭކަމަށެވެ.

މުފީދު ވިދާޅުވީ، މަޖިލީހުގެ ރައީސްކަމުން މަސީހު ބޭރުކުރާނެކަމަށް ބުނެ، ކިތަންމެ ވަރަކަށް ސޯޝަލް މީޑިއާގައި އެ ވާހަކަ ދެއްކިނަމަވެސް އެކަން އަދި ނުވާނެކަމަށެވެ.

ލޯކަލްކައިންސިލް އިންތިޚާބުން ފެނިގެން ދިޔައީ މާ މުހިއްމު ކަމެއް ނޫން ކަމަށާ، "ކާފަގޭ ތަސްބީހަ ފަތިހެން" އޮތް އާއިލީ ގުޅުމާއިއެކު ރައްޔިތުން ކައުންސިލް އިންތިޚާބުގައި ވޯޓް ދިނީ އާއިލާއަށް ބަލައިގެން ކަމަށް މުފީދު ވިދާޅުވިއެވެ. އަދި އެ އިންތިހާބުގައި ގައުމީ ވިސްނުމަށް ވުރެ އިސްކޮށްފައިވަނީ އާއިލީ ވިސްނުންކަމަށް މުފީދު ވިދާޅުވިއެވެ.

މުފީދު މިހެން ވިދާޅުވި އިރު، ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި، ށ. އަތޮޅު ކައުންސިލްގެ މިލަންދޫ ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީގެ ކެނޑިޑޭޓް ސައުދުﷲ އުސްމާނެވެ. އަދި އެ އިންތިހާބުގައި ށ އަތޮޅުގެ ރަށްތަކުގެ ކައުންސިލްތަކުންވެސް ގިނަ ގޮނޑިތަކެއް އިދިކޮޅުފަރާތްތަކުން ވަނީ ކާމިޔާބުކޮށްފައެވެ.

މުފީދު ވިދާޅުވީ މި ސަރުކާރު ހަމަހިލާ ބަދަލު ނުކުރެވޭނެކަމަށާ، ޕީޕީއެމް ޕީޖީ އޮތީ އެފުރުސަތު ދޭގޮތަށް ނޫންކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު