Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އިނގިރޭސިވިލާތުގެ ހާލަތު

އޮމިކްރޯން ވޭރިއަންޓާއެކު އިނގިރޭސިވިލާތުގެ ވިޔަފާރިތައް ދަށަށް

އުފެއްދުންތަކަށް އޮންނަ ޑިމާންޑް ވަނީ ކުޑަވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 16 ޑިސެމްބަރު 2021 | ބުރާސްފަތި 15:23
އިނގިރޭސިވިލާތުގައި ޝޮޕިންގ މޯލެއްގައި މީހުން ވިޔަފާރިކުރަނީ

އިނގިރޭސިވިލާތުގައި ޝޮޕިންގ މޯލެއްގައި މީހުން ވިޔަފާރިކުރަނީ

އޮމިކްރޯން ވޭރިއަންޓް ފެތުރެމުންދިޔުމާއެކު ޑިސެމްބަރ މަސް ތެރޭގައި އިނގިރޭސިވިލާތުގެ ހޮސްޕިޓާލިޓީ އާއި ދަތުރުފަތުރުގެ ޙިދުމަތްދޭ ކުންފުނިތަކުގެ ވިޔަފާރިތަކަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަމަށް ސަރވޭއަކުން ހާމަވެއްޖެއެވެ.

އެގޮތުން އެގައުމުގެ ޕްރައިވެޓް ސެކްޓަރގެ ކުރިއެެރުން ޑިސެމްބަރ މަހުގެ ތެރޭގައި، މީގެ 10 މަސް ދުވަސްކުރީގައި ހުރި މިންވަރަށް ވެއްޓިފައިވާކަން ސަރވޭއިން ވަނީ ހާމަވެފައެވެ.

ރޮއިޓަރސް އިން ކުރިޔަށްގެންދިޔަ މި ސަރވޭއިން ހާމަވާ ގޮތުގައި އުފެއްދުންތަކަށް އޮންނަ ޑިމާންޑް ވަނީ ކުޑަވެފައެވެ.

ހަކަތައިގެ އަގު ބޮޑުވުމާއި ކޮވިޑް-19 އާ ގުޅިގެން ސަޕްލައި ޗެއިންގައި އުޅޭ ލަސްތަކާއިއެކު މުޅި ދުނިޔޭގައިވެސް މިއަހަރު ތެރޭގައި އަންނަނީ ތަކެތީގެ އަގު ބޮޑުވަމުންނެވެ.

އިނގިރޭސިވިލާތުގައި އިގްތިޞާދު ކުރިއަރާ މިންވަރު ދަށްވެފައިމިވަނީ އޮމިކްރޯން ވޭރިއަންޓް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުންކަމަށް އެގައުމުގެ ޕާރޗޭސިންގ މެނޭޖަރސް އިންޑެކްސްގެ ޑޭޓާއިން ހާމަވެއެވެ.

އެގޮތުން ހޮޓާ، ރެސްޓޯރަންޓްތަކާއި ދަތުރުފަތުރުގެ ސެކްޓަރ އަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިވެފައިވާކަމަށް އެގައުމުގެ މާހިރުން ބުނެއެވެ. އަދި 2022 ވަނަ އަހަރާ ކުރިމަތިލާއިރު އެގައުމުގެ އިގްތިޞާދު އިތުރަށް މަޑުޖެހެމުން އަންނާނެކަމަށް ބެލެވޭކަމަށްވެސް މާހިރުން ބުނެއެވެ.

ޕާރޗޭސިންގ މެނޭޖަރސް އިންޑެކްސްގެ ސަރވިސް ސެކްޓަރގެ ޑޭޓާއަށް ބަލާއިރުވެސް ނޮވެމްބަރ މަހަށްވުރެ ޑިސެމްބަރ މަހު ވަނީ އެ ސެކްޓަރވެސް ދަށަށްގޮސްފައެވެ. އެގޮތުން ނޮވެމްބަރ މަހު 58.5 ގައި އިންޑެކްސް ހުރިއިރު ޑިސެމްބަރ މަހު ހުރީ 53.2 ގައެވެ.

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2018

ނުވަރައެލިޔާގެ ފިނިހޫނުމިން ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ

08 ޖެނުއަރީ 2018
ނުވަރައެލިޔާގެ ފިނިހޫނުމިން ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ
12 ނޮވެމްބަރު 2017

އަތުލި އަލްބު ކަމާލް އަނެއްކާ ވެސް އައިއެސްގެ އަތްދަށަށް

12 ނޮވެމްބަރު 2017
އަތުލި އަލްބު ކަމާލް އަނެއްކާ ވެސް އައިއެސްގެ އަތްދަށަށް
27 އޮކްޓޯބަރު 2017

ސްޕެއިންގެ ފުރިހަމަ ބާރުގެ ދަށަށް ކެޓަލޯނިއާ ގެނައުމަށް ސެނެޓުގެ ތާޢީދަށް ބޮޑުވަޒީރު އެދިއްޖެ

27 އޮކްޓޯބަރު 2017
ސްޕެއިންގެ ފުރިހަމަ ބާރުގެ ދަށަށް ކެޓަލޯނިއާ ގެނައުމަށް ސެނެޓުގެ ތާޢީދަށް ބޮޑުވަޒީރު އެދިއްޖެ
23 އޮކްޓޯބަރު 2017

ސްޕެއިންގެ އަތްދަށަށް ގެންދަން މަސައްކަތްކޮށްފި ނަމަ އެކަމަށް ބޯނުލަބާނެ: ކެޓަލޯނިއާ

23 އޮކްޓޯބަރު 2017
ސްޕެއިންގެ އަތްދަށަށް ގެންދަން މަސައްކަތްކޮށްފި ނަމަ އެކަމަށް ބޯނުލަބާނެ: ކެޓަލޯނިއާ
27 ޖޫން 2017

ޔަމަނުގައި ކޮލެރާ ފެތުރިފައިވާ މިންވަރު ދަށަށް ހިނގައްޖެ

27 ޖޫން 2017
ޔަމަނުގައި ކޮލެރާ ފެތުރިފައިވާ މިންވަރު ދަށަށް ހިނގައްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު