Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެޓީވީ ރޯކޮށްލި މައްސަލަ

ރާއްޖެޓީވީ ރޯކޮށްލިކަން މީއާދުގެ މައްޗަށް ސާބިތުވެ، 2 އަހަރަށް ޖަލަށް

16 ޑިސެމްބަރު 2021 | ބުރާސްފަތި 12:05

މައްސަލައިގެ ޚުލާސާ ބަޔާން އިއްވާފައިވަނީ މިއަހަރުގެ އޯގަސްޓު މަހުގެ 29 ވަނަ ދުވަހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 ޑިސެމްބަރު 2021 | ބުރާސްފަތި 12:05
ރާއްޖެޓީވީ ރޯކޮށްލި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގެ ތެރެއިން

ރާއްޖެޓީވީ ރޯކޮށްލި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގެ ތެރެއިން

"ރާއްޖެޓީވީ"ގައި ރޯކޮށްލި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ހ. ގަސްވާ މުހައްމަދު މީއާދުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މީއާދުގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމައި، ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް 2 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެގޮތުން ގާޒީ އަލީ އާދަމް ވަނީ، ޝައްކެއް ނެތް މިންވަރަށް އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައެވެ.

Advertisement - newsAdvertisement

މި މައްސަލައިގެ ޚުލާސާ ބަޔާން އިއްވާފައިވަނީ މިއަހަރުގެ އޯގަސްޓު މަހުގެ 29 ވަނަ ދުވަހުއެވެ.

މައްސަލައިގެ ޚުލާސާ ބަޔާން އިއްވަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ، މީއާދު އިތުރު 5 މީހުންނާ ބައިވެރިވެގެން ރާއްޖެޓީވީގެ ސްޓޫޑިއޯ ހިންގަމުން ދިޔަ ބީކޭޓީ އިމާރާތުގައި އަލިފާން ރޯކޮށްލާފައިވާ ކަމަށާއި، ދައުވާ އިއްވުމުން ދައުވާއަށް މީއާދު އިންކާރު ކޮށްފައިވާ ކަމަށެވެ. މައްސަލަ ސާބިތު ކުރުމަށް ޕީޖީ އޮފީހުން ވަނީ ޝަފަހީ ހެކިންނާއި ކިތާބީ ހެކިންގެ ހެކިބަސް ނަގާފައެވެ.

ޚުލާސާ ބަޔާން އިއްވަވަމުން ވަކީލު ވިދާޅުވީ، ރާއްޖެޓީވީ ރޯކޮށްލި މީހުންގެ ތެރޭގައި މީއާދު ހިމެނޭކަން ސިއްރު ހެކިވެރިންގެ ބަހުން އެނގޭ ކަމަށެވެ. އަދި އޭނާ މޫނުގައި މާސްކް އަޅަން ހުރިތަން ފެނުނު ކަމަށާއި، އޭނާ ބީކޭޓީ އިމާރާތަށް ވަދެގެން ދިޔަތަން ފެނުނުކަމަށް ވެސް ސިއްރު ހެކިންގެ ހެކިބަހުން އެނގޭކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. އޭގެ އިތުރުން، ރާއްޖެޓީވީ ރޯކޮށްލަން ބޭނުންކުރި ދަތް ދަގަނޑު ހިފައިގެން މީއާދުއާއެކު އިތުރު 5 މީހަކު އުޅުނުކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

ބަރުދަނުގައި 690ގުރާމް، ދިގުމިނުގައި 15.5އިންޗި، ވަށަމިނުގައި 2އިންޗި ހުރި އެއްކޮޅު ލަންބާފައިވާ މި ދަގަނޑުގަނޑަކީ ރާއްޖެޓީވީ އިމާރާތުގެ ދަގަނޑުގޭޓުގެ ތަޅު ހަލާކު ކޮށްލައި، އެއަށްފަހު ލަކުޑި ގޭޓު ފުނޑާލައިގެން އެތެރެއަށް ވަނުމަށް ބޭނުންކުރި ހަތިޔާރެވެ. ރާއްޖެޓީވީގެ ސްޓޭޝަން ރޯކޮށް އަންދާލުމަށްފަހު އެކަންކުރި މީހުން އެތަނުން ނިކުމެގެން ދިޔައިރު އެމީހުން ހަތިޔާރުގެ ގޮތުގައި ބޭނުންކުރި މި ދަތްދަގަނޑު އޮތީ އެތަނުގެ އެތެރޭގައެވެ.

ވަކީލާ ވިދާޅުވީ، މީއާދު ޑޮކްޓަރަށް ދައްކާފައިވާ ބޭސް ސިޓީން އޭނާގެ ގައިގެ އެކި ތަންތަން ފިހިފައިވާކަން އެނގޭ ކަމަށާއި، ރާއްޖެޓީވީ ރޯކޮށްލުމަށްފަހު އެތަނުގެ ސެކިއުރިޓީ ގާޑަށް ވެސް އޭނާ ހަމަލާދީފައި ވާކަމަށެވެ. އަދި މީއާދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު ނަގާފައިވާ ފޮޓޯތަކުން އެކަންކަމަށް އިތުރަށް ބާރު ލިބިދޭ ހެކިތައް ފެނިފައިވާކަން ދައުލަތުން ފާހަގަކުރިއެވެ.

އޭގެ އިތުރުން، ހާދިސާ ހިނގި ދުވަހު ހުރީ ދަތުރު ގޮސްފައިކަމަށް ދިފާއީ ހެކިން ބުނި ނަމަވެސް، އެ ހެކިންގެ ހެކިބަސްތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުރިކަން ދައުލަތުގެ ވަކީލު ފާހަގަކުރެއްވިއެވެ. ވަކީލު ވިދާޅުވީ، ދަތުރު ދިޔަ ރަށުގެ ނަން ވެސް ހަނދާން ނެތްކަމަށް ދިފާއީ ހެކިން ބުނި ކަމަށެވެ. އަދި ދައުލަތުން ހުށަހަޅާފައިވާ ހެކި ގަރީނާ ނަފީ ކުރެވޭ ވަރުގެ ހެއްކެއް ދިފާއުން ހުށައަޅާފައިނުވާކަން ވެސް ވަކީލު ފާހަގަކުރެއްވިއެވެ.

ދައުލަތުން އޭރުވެސް ވަނީ މި މައްސަލަ އެކަށީގެންވާ ޝައްކެއް ނެތި ސާބިތުވާކަމަށް ކަނޑައަޅައިދެއްވުމަށް އެދިފައެވެ.

ރާއްޖެޓީވީ ހިންގަމުން ގެންދިޔަ އިމާރާތުގައި ރޯކޮށްލުމުގެ ޖަރީމާ ހިންގާފައިވަނީ 2013 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައެވެ. ރާއްޖެޓީވީގެ ސްޓޫޑިއޯ ހިންގަމުން ދިޔަ ބީކޭޓީ އިމާރާތުގައި އަލިފާން ރޯކޮށްލައި ހުރިހާ އިކުއިޕްމެންޓެއް އަންދައި އަޅިއަށް ހަދާލާފައިވަނީ، ރާއްޖެޓީވީއަށް ހަމަލާދޭން އުޅޭކަމުގެ މައުލޫމާތު ލިބި، އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވަނިކޮށެވެ. މި ޖަރީމާގެ ސަބަބުން 11.65 މިލިއަން ރުފިޔާގެ ގެއްލުން ރާއްޖެޓީވީއަށް ލިބިފައިވެއެވެ.

އެންމެ ހިނގާ

1

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

2

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

3

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

4

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

5

ސުލްހައިގެ އުންމީދުތައް ވިއްސިވިހާލި: އެތައް ސަތޭކަ ޑްރޯނާއި މިސައިލް ހަމަލާތަކުން މޮސްކޯ އަދި ކީވް ސިއްސުވާލައިފި!

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް