Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޗްޑީސީގެ ދަށުން ހުޅުމާލެ ވަކިކުރުން

މައްސަލަ ނިމެންދެން އެޗްޑީސީގެ މަސައްކަތަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް ސިވިލް ކޯޓުން އަންގައިފި

16 ޑިސެމްބަރު 2021 | ބުރާސްފަތި 11:55

ހުޅުމާލެ ތަރައްޤީކުރުމާއި ބެލެހެއްޓުމުގެ ގޮތުން އެޗްޑީސީއިން ކުރަމުން އައި ކަންކަމަށް ހުރަސް އެޅޭފަދަ އެއްވެސް ކަމެއް، އެއްވެސް ފަރާތަކުން ނުކުރުމަށް ވަނީ އަންގާފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 16 ޑިސެމްބަރު 2021 | ބުރާސްފަތި 11:55
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)

މައްސަލަ ނިމެންދެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މަސައްކަތަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް ސިވިލް ކޯޓުން އަންގައިފިއެވެ.

އެޗްޑީސީގެ ފަރާތުން މާލެސިޓީ ކައުންސިލްގެ މައްޗަށް ކޮށްފައިވާ ދަޢުވާގައި، އެ ކުންފުނިން ވަގުތީ އަމުރެއް ނެރެދިނުމަށް ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައެވެ. މި މައްސަލާގައި ސިވިލް ކޯޓުން ވަގުތީ އަމުރު ނެރެމުން ބުނެފައިވަނީ، އެޗްޑީސީގެ ނަމުގައި ހުޅުމާލެ ފޭސް އެކެއް އަދި ދޭއް ހަދާފައިވާ ބިމުގެ ރަޖިސްޓްރީތައް މާލެ ސިޓީ ކައުންސިލުން ބާތިލުކޮށްފައިވާކަމަށް އަންގާފައިވާތީ، އެ ނިންމުމަކީ ޤާނޫނު އަސާސީގެ 40 ވަނަ މާއްދާއާއި، ޤާނޫނު އަސާސީގެ 233 ވަނަ މާއްދައާއި، ބިމާ ބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާއި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނާ ޚިލާފަށް އެކައުންސިލުން ނިންމާފައިވާ ޣައިރު ޤާނޫނީ ނިންމުމެއް ކަމަށެވެ.

Advertisement - newsAdvertisement

އަދި އެޗްޑީސީން، ހުޅުމާލޭގެ ބިން ހިއްކުމަށް ސަރުކާރުން ކުރި ޚަރަދާއ، ސަރުކާރަށް ނަގާފައިވާ ދަރަންޏާ ހަވާލުވެ، އެ ޚަރަދާއި އެ ދަރަނީގެ ޖުމްލަ އަގަށްވާ ހިއްސާ ސަރުކާރުގެ ނަމުގައި އެކުންފުނިން އެކަށައަޅައި، އެ ހިއްސާތަކުގެ މުޤާބިލުގައި، ހުޅުމާލޭގެ ބިން އެޗްޑީސީގެ އެސެޓެއްގެ ގޮތުގައި ސަރުކާރުން އެ ކުންފުންޏާ ހަވާލުކޮށްފައިވާ ބިންތަކެއްކަން، މާލެސިޓީ ކައުންސިލުންގެ ފަރާތުން އެޗްޑީސީއަށް ހަދާދީފައިވާ ހުޅުމާލެ ރަޖިސްޓްރީއަށް ބެލުމުން އެނގެން އޮންނަ ކަމެވެ. ވަގުތީ އަމުރު ނެރުމުގައި ފުރިހަމަވާން ޖެހޭކަމަށް ރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އާންމު ޝަރުތުތަކަށް ބަލާއިރު، ހުޅުމާލެ ފޭސް އެކެއް އަދި ދޭއްގެ ބިމަކީ، ދަޢުވާ ކުރާ އެޗްޑީސީގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ދެ ބިންކަން، އެ ދެ ބިމަށް ހަދައިދީފައިވާ ރަޖިސްޓްރީން އެނގެން އޮތުމުން، އެ މައްސަލާގައި ވަގުތީ އަމުރަކަށް އެދުމުގެ ހައިސިއްޔަތު އެޗްޑީސީއަށް ލިބިގެންވާކަން އެނގެން އޮންނަ ކަމަށް ވެސް ސިވިލް ކޯޓުން ބުނެއެވެ.

ސިވިލް ކޯޓުން އިތުރަށް ބުނީ، ހުޅުމާލޭގެ ފޭސް އެކެއް އަދި ފޭސް ދޭއްގައިވާ ބިމުގައި ހިމެނޭ، އަމިއްލަ މީހުންގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ބިންތައް ފިޔަވައި، ދެން އޮންނަ އެންމެހާ ބިންތަކަކީ އެޗްޑީސީގެ މިލްކުގައިވާ މުދަލެއްކަން، އެ ބިންތަކަށް މާލެސިޓީ ކައުންސިލުން ހަދައިދީފައިވާ ރަޖިސްޓްރީތަކުން އެނގެން އޮންނަ ކަމަށާއި، އެ ރަޖިސްޓްރީތައް ބާތިލު ކުރުމުގައި މާލެސިޓީ ކައުންސިލުން އަމަލުކޮށްފައިވާ ގޮތަކީ، އެކަންކަމުގެ މައްޗަށް ކަނޑައަޅައި ބަޔާންކުރެވި، އިސްތިޤްރާރު ކުރެވިފައިވާ ޤާނޫނުތަކާއި ތަޢާރުޟުވާ ގޮތެއްކަން އެނގެން އޮތުމުން، ވަގުތީ އަމުރަށް އެދޭ ފަރާތަކަށް ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ހައްގެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިހްތިމާލު، ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެފައި އޮތްކަން އެނގެން އޮންނަ ކަމަށެވެ.

ހުޅުމާލެ ފޭސް އެކެއް އަދި ދޭއްގެ ރަޖިސްޓަރީ ބާތިލުކުރުމަށް ނިންމާފައިވާ ނިންމުމަށް އަމަލުކުރުން ފަސްކުރުމަށާއި މާލެސިޓީ ކައުންސިލްގެ އެ ނިންމުން ތަންފީޒު ކުރުމުގެ ގޮތުން ދައުލަތުގެ އެއްވެސް އިދާރާއަކުން އެއްވެސް ކަމެއް ނުކުރުމަށާއި، ހުޅުމާލޭގެ ބިމުގެ މިލްކުވެރި ފަރާތުގެ ހައިސިއްޔަތުން ލިބިފައިވާ އެންމެހާ ޤާނޫނީ ޙައްޤުތަކާއި، ބިމާ ގުޅިގެން ކުރަމުން އައި އެންމެހާ ކަންކަމާއި، ހުޅުމާލެ ތަރައްޤީ ކުރުމާއި ބެލެހެއްޓުމުގެ ގޮތުން އެޗްޑީސީން ކުރަމުން އައި ކަންކަމަށް ހުރަސް އެޅޭފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށާއި، ކުރަމުންދާނަމަ އެކަމެއް ހުއްޓުވައިދިނުމަށް ދައުލަތުގެ އެންމެހާ އިދާރާތަކަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް ސިވިލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް