Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމްޝާތިރުގެ ކޮލަމް

ނައްތާލަން އުޅުނު ދަރިފަސްކޮޅު ރާއްޖޭގެ އެންމެ ބޮޑު ދަރިކޮޅަށް!

ދިޔަމިގިލި ދަރިކޮޅު އެތައް ގޮތަކުން އެތައް ރޮނގަކުން ފާހަގަކުރެވޭ

| 16 ޑިސެމްބަރު 2021 | ބުރާސްފަތި 07:02
ދިޔަމިގިލި ބޮޑުބަންޑާރައިންގެ ބިސްތާނު (މާލެ ހުކުރުމިސްކިތް ގަބުރުސްތާނު)

ދިޔަމިގިލި ބޮޑުބަންޑާރައިންގެ ބިސްތާނު (މާލެ ހުކުރުމިސްކިތް ގަބުރުސްތާނު)

ރާއްޖޭގެ ރަސްދަރިކޮޅުތަކުގެ ތެރެއިން ދިޔަމިގިލީ ރަސްދަރިކޮޅު އެތައް ގޮތަކުން އެތައް ރޮނގަކުން ފާހަގަކުރެވެއެވެ. ގައުމަށް ނަސްރާއި ނަސީބާއި ކާމިޔާބު ހޯއްދެވުމާއި ގައުމަށްޓަކައި ގުރުބާންވެވަޑައިގަތުމުގައެވެ. ދިވެހި ގައުމީ ދިދައިގެ ކުލަތައް ރަމްޒުކޮށްދޭ ސިފަތަކުންނެވެ.

މި ދަރިކޮޅު ފެށުނީ ކޮޅުމަޑުލު ދިޔަމިގިލިންނެވެ. ދިޔަމިގިލީ މުހައްމަދު ތޮށަލި ތަކުރުގެ ދަރިކޮޅުންނެވެ. ދިޔަމިގިލީ ދަރިކޮޅުން 4 ރަސްކަލުން ރާއްޖޭގެ ސިންގާސަނާގައި ރެދަލި ކުރެއްވިއެވެ. ރާއްޖޭގެ އެންމެމަތީ ވެރިކަން ކުރެއްވިއެވެ.

އެއީ ދިޔަމިގިލީ ބޮޑުބަންޑާރައިން ނުވަތަ ސުލްތާން މުޒައްފަރު މުހައްމަދު އިމާދުއްދީން (1704-1721) އާއި އެބަންޑާރައިންގެ ދެ ދަރިކަލުން ކަމުގައިވި ސުލްތާން އިބްރާހީމް އިސްކަންދަރު ދެވަނަ (1721-1750) އާއި، ސުލްތާން މުކައްރަމް މުހައްމަދު އިމާދުއްދީން "ކޮރުބަންޑާރައިން" (1750-1752) އަދި ކާފަދަރިކަލުން ސުލްތާން ޣާޒީ މުހައްމަދު ޣިޔާޘުއްދީން "ހާޖީ ބަންޑާރައިން" ނުވަތަ ޝަހީދުކުޅަ ބަންޑާރައިން" (1767-1773) އެވެ. މި ހަތަރު ރަސްކަލުންނަކީވެސް ގައުމަށް ނުހަނު ގިނަގުނަ އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ އައުދާނަ ރަސްރަސްކަލުންނެވެ.

ދިޔަމިގިލީ ބޮޑުބަންޑާރައިންނަކީ ދިވެހި ތާރީޚު ލިޔުއްވުމަށް އަމުރުކުރެއްވި ރާއްޖޭގެ ތާރީޚު ރަސްމީގޮތުން ފުރޭފުކުރައްވަން ފެއްޓެވުމުގެ އުއްތަމަ ބާނީއެވެ. ރަސްކަމުގެ ކުރިން، ދިވެހި ޢަސްކަރާއި ލަޝްކަރުގެ ވެރިކަން ކުރެއްވި ގައުމީ ދިފާއީ ޚިދުމަތްތެރި ބަތަލެކެވެ.

ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށް ކަލާސީން އުފެއްދެވީ ވެސް މި ބަންޑާރައިންނެވެ. ކަލާސީން އުފެއްދެވީ ރަދުން ރާއްޖޭގެ އެކިއެކި ކަންކޮޅުތަކަށް ކުރެއްވި އަރުމާދުތަކުގެ ތަޖުރިބާއިން އާންމު ރައްޔިތުންގެ މުހުތާދުތައް ފުއްދަވައިދެއްވުމަށާއި އާންމު ރައްޔިތުންެނަށް ޚިދުމަތް ކުރެއްވުމަށްޓަކައި ދައުލަތުގެ ފަރާތުން ޚާއްސަކުރެވިފައިވާ ބައެއްގެ ގޮތުގައެވެ.

ދިޔަމިގިލީ އިބްރާހީމް ރަސްގެފާނަކީ ކީރިތި މޫރިތި ރައްޔިތުންނަށް އޯގާތެރި ނަމޫނާ ރަސްކަލެކެވެ. އެރަސްގެފާނުގެ ރަސްކަމަކީ ރާއްޖޭގެ ހަމަޖެހުމާއި އުފާފާގަތިކަމުގެ ރަން ޒަމާނެކެވެ.

ސުލްތާން މުކައްރަމް މުހައްމަދު އިމާދުއްދީނަކީ ގައުމަށްޓަކައި ގުރުބާންވެވަޑައިގެންނެވި ޝަހީދު ރަސްކަލެކެވެ. ހޮޅިން ޑިސެންބަރު 1752ގައި ރާއްޖެ ހިފައި މިރަދުން މަލިކަށް ގެންދިޔައެވެ. މަލިކުގައި މިރަދުން އަވަހާރަވީ އަނިޔާވެރިގޮތުގައެވެ. ރަދުންގެ ލޯފުޅު ނަގައިގެން ގެންގޮސް ކަންނަންނޫރު ރާޖާއަށް ވެދުންކުރިއެވެ. މިއީ ދިވެހި ތާރީޚުގެ އިބްރަތްތެރި ސަފުހާއެކެވެ.

ސުލްތާން ޣާޒީ މުހައްމަދު ޣިޔާޘުއްދީނަކީ ގައުމަށް އެންމެ އަގުހުރި ގިނަގުނަ ގައުމީ ޚިދުމަތްތަކެއް ކުރެއްވި ރަސްކަލެކެވެ. ބޭރުގެ އުދުވާނީ ހަމަލާތަކުން ގައުމު ދިފާއުކުރައްވައި ނަސްރާއި ނަސީބާއި ކާމިޔާބު ހޯއްދަވައިދެއްވި ޣާޒީއެކެވެ. އަދި އެޒަމާނަށް ފުރިހަމަ ދިފާއީ ނިޒާމެއް ގާއިމުކުރެއްވިއެވެ.

އިލްމީ، ބަހަވީ، އަދަބީ، ތާރީޚީ، ސަގާފީ އެންމެ އަގުހުރި ގައުމީ ޚިދުމަތްތަކެއް ކުރެއްވިއެވެ. ދިވެހި ބަހުގެ ރަދީފެއް ފުރަތަމަ އެކުލަވާލެއްވީ މިރަދުންނެވެ. މިރަދުންގެ ފުރޭފުތައް ހިމެނެނީ އަަދަބީ ތާރީޚީ އެންމެމަތީ ފަންތީގައެވެ.

ބަނބުކެޔޮގަސް މިރާއްޖެއަށް ތައާރަފުކުރެއްވީ ވެސް މިރަދުންނެވެ. ވީމާ ބަނބުކެޔޮގަސް ރާއްޖެއަށް ތައާރަފުވިތާ އަދި މިވީ 250 އަހަރެވެ. ދިވެހީންގެ ކެއިންބުއިމުގެ މުހިންމު ކާނާއެއް އެގަހަކުން ލިބޭ ގަހެކެވެ. އަދި އެތައް ދުވަހެއްގައި ބެހެއްޓޭ ބާވަތުގެ ކާބޯތަކެތި ބަނބުކޭލުން ތައްޔާރުކުރެވެއެވެ. އިހުޒަމާނުގައި ކޮންމެ ގޯއްޗެއްގައިހެން ބަނބުކެޔޮގަސް ހުރެއެވެ. އަދި ބަނބުކެޔޮ ގަސްގަހުގެ ވައުވައު ރަށްރަށުގައި ހުއްޓެވެ.

ސުލްތާން ޣާޒީ މުހައްމަދު ޣިޔާޘުއްދީނަކީ ދާޚިލީ ފިތުނަައިގެ ތެރެއިން ޝަހީދުކުޅަ ހާޖީ ބަންޑާރައިންނެވެ. ހައްޖުދަތުރުފުޅުގައި ވަޑައިގެންވަނިކޮށް ނުހައްގުން ރަސްކަން ބަދަލުކުރިއެވެ. ހައްޖުކުރައްވައިގެން ވަޑައިގެންނެވުމުން އެމައުސޫމް ޠާހިރު ބޭފުޅާ ހައްގުން ކަމަކާއި ނުލައި، ބަރޯސީ ބަނދެ ވާދޫ ކަނޑަށް އަރަގުކޮށް ޝަހީދުކުޅައީ އެންމެ އަނިޔާވެރި ގޮތުގައިކަން ދިވެހި ތާރީޚު ހެކިދެއެވެ.

ގައުމަށް ކޮށްދެއްވި މަތިވެރި އަގުހުރި ޚިދުމަތްތަކަށާއި ހަޔާތްޕުޅުގައި ކުރިމަތިވެވަޑައިގެންނެވި ކަންތައްތަކާއި ޝަހީދުކުރެވުނު ގޮތަށް ބަލާނަމަ، ދިވެހި ރަސްރަސްކަލުންގެ ތެރެއިން އެންމެ މަތިވެރި ދަރަޖައިގެ ގައުމީ ގުރުބާނީއެއް ވެވަޑައިގެންނެވި ރަސްކަލެކެވެ.

ސުލްތާން މުކައްރަމް މުހައްމަދު އިމާދުއްދީން (ކޮރުބަންޑާރައިން) ހޮޅީން ގެންދިޔައިރު މުހައްމަދު މަނިކުފާނު ނުވަތަ ޣިޔާޘުއްދީނަކީ ވަލީއަހުދެވެ. މި މަނިކުފާނުވެސް ހޮޅީން ގެންދިޔައެވެ. ހޮޅީންގެ އަނިޔާވެރިކަމުގައި އެތައްދުވަހަކު އުތުރުކަރައިގެ އެތަންމިތާނގައި އުޅުއްވަންޖެހިވަޑައިގަތެވެ. ސަލާމަތުން ވަޑައިގަތީ ދޮންބަންޑާރައިންގެ ރަަސްކަމުގައެވެ.

ދޮންބަންޑާރައިން މިމަނިކުފާނަށް ވަލީއަހުދުކަން ދެއްވިއެވެ. ވީމާ ދެ ރަސްކަލުންގެ ވަލީއަހުދު ކަމުގެ ޝަރަފު ލިބިވަޑައިގަތެވެ. ދޮންބަންޑާރައިން މިމަނިކުފާނަށް ވަލީއަހުދުކަން ދެއްވުންވީ ދޮންބަންޑާރައިންގެ ދަރިކޮޅު ނުވަތަ ހުރަވީން ނުހަނު ނުގަބޫލު ކަމެއްކަމުގައެވެ. ޝަހީދުކުރެވުނު ސަބަބެއް ކަމުގައި މިކަން ހިމެނުނެވެ. އަދި ދިޔަމިގިލީ ރަސްދަރިކޮޅުގެ ފިރިހެން މަތިފުށް ނައްތާލަން ހުރަވީން ރޭވިއެވެ.

ސުލްތާން ޣާޒީ މުހައްމަދު ޣިޔާޘުއްދީނުގެ ތުއްޕުޅު މައުސޫމް ދަރިކަލުން ގަތުލުކުރަންވެސް ހުރަވީން އުޅުނެވެ. އެހެންނަމަވެސް އެކަމެއް ނުވިއެވެ. މި ދަރިކަލުންނަކީ ފަހުން އަލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނެވެ. މިކިލެގެފާނު ދިރިއުޅުއްވީ ފުވައްމުލަކުގައެވެ. އެއީ 1700ގެ އެންމެފަހުކޮޅާއި 1800ގެ ކުރީކޮޅުގެ އަހަރުތަކެވެ. މިއަމީރު މަނިއްޕުޅުގެ ދަރިކޮޅު އެންމެ ދެކުނުގެ ފުވައްމުލަކާއި ހުވަދޫ އަދި އައްޑޫގައި ނުހަނު ބޮޑެވެ. ހާހުންނެވެ. އަދި ނިލަންދެއަތޮޅާއި ހައްދުންމައްޗާއި ކޮޅުމަޑުލާއި ފުރަމާލޭގައިވެސް އެހާގިނައެވެ. ދިޔަމިގިލީ ރަސްދަރިކޮޅުން އިބްރާހީމް ރަސްގެފާނުގެ އަންހެން ބޭފުޅުންގެ ދަރިކޮޅު ފުރަމާލެއާއި ރާއްޖޭގެ އެތައް ރަށެއްގައެވެ. ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައެވެ.

ވީމާ، ދިޔަމިގިލީ ރަސްދަރިކޮޅުގެ މިނިމިނީންގެ އަދަދު އެތައްހާހެވެ. މިހާރު ތިރީސް ހާހަށްވުރެ އިތުރެވެ. ގައުމުގެ ވެރިންނެވެ. އިލްމުވެރިންނެވެ. ހިކުމަތްތެރިންނެވެ. ހުނަރުވެރިންނެވެ. ފަންނުވެރިންނެވެ. ގައުމުގެ ހުރިހާ ދާއިރާއެއްގެ ހުރިހާ ރޮނގުތަކުގެ ޚިދުމަތްތެރިންނެވެ. މަސައްކަތްތެރިންނެވެ.

ވޭތުދިޔަ 250 އަހަރު ދިޔަމިގިލީ ރަސްދަރިކޮޅުގެ ބޭފުޅުން ގައުމުގެ އިސްމަގާމުތައް އަދާކުރެއްވިއެވެ. ގައުމަށް އަގުހުރި ގިނަގުނަ ޚިދުމަތްތައް ކުރެއްވިއެވެ.

"ނައްތާލަން ހުރަވީން އުޅުނު" ދިޔަމިގިލީ ރަސްދަރިކޮޅު އެންމެބޮޑު ރަސްދަރިކޮޅުގެ ގޮތުގައި ދެމިއޮތުމާއި ގައުމީ އެންމެ އަގުހުރި ޚިދުމަތްތެރިން ކަމުގައިވުން މިވަނީ އަޖާއިބެއް ކަމުގައި ހިމެނިފައި ނޫންތޯއެވެ!

އިތުރަށް ކިޔާލަން

21 އޮކްޓޯބަރު 2021

މާޒީގެ ތެރެއިން ރާއްޖޭގެ ތަފާސްހިސާުބުގެ ކަންކަމަށް ނަޒަރެއް

21 އޮކްޓޯބަރު 2021
މާޒީގެ ތެރެއިން ރާއްޖޭގެ ތަފާސްހިސާުބުގެ ކަންކަމަށް ނަޒަރެއް
06 އޮކްޓޯބަރު 2021

މަކުނުވާ ސާފުވީވަރަކަށް ޔާމީނުގެ ކުށްވެރިކަން ވާނީ ބޮޑު

06 އޮކްޓޯބަރު 2021
މަކުނުވާ ސާފުވީވަރަކަށް ޔާމީނުގެ ކުށްވެރިކަން ވާނީ ބޮޑު
16 ސެޕްޓެމްބަރު 2021

ދިވެހިރާއްޖޭގެ ޚާރިޖީ ތާރީޚުގެ އެންމެބޮޑު ފަޚުރާއި ޝަރަފު

16 ސެޕްޓެމްބަރު 2021
ދިވެހިރާއްޖޭގެ ޚާރިޖީ ތާރީޚުގެ އެންމެބޮޑު ފަޚުރާއި ޝަރަފު
09 ސެޕްޓެމްބަރު 2021

ރާއްޖޭގެ ޕޯސްޓުގެ ޚިދުމަތަށް މިއަދު 115 އަހަރު

09 ސެޕްޓެމްބަރު 2021
ރާއްޖޭގެ ޕޯސްޓުގެ ޚިދުމަތަށް މިއަދު 115 އަހަރު
12 އޯގަސްޓު 2021

ދިވެހިރާއްޖޭގެ އިސްލާމްކަމަށް 895 ވަނަ އަހަރު

12 އޯގަސްޓު 2021
ދިވެހިރާއްޖޭގެ އިސްލާމްކަމަށް 895 ވަނަ އަހަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު