Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމްއެމްއެމްޕީއާރުސީގެ ޚިޔާނާތް

މަކުނުވާ ސާފުވީވަރަކަށް ޔާމީނުގެ ކުށްވެރިކަން ވާނީ ބޮޑު

6 އޮކްޓޯބަރު 2021 | ބުދަ 11:32

މަކުނުވާތައް ސާފުވާވަރަކަށް ރައީސް ޔާމީނުގެ ކުށްވެރިކަން ބޮޑަށް ސާފުވުން ނޫންކަމެއް ނުވޭ

ދެލިކޮޕީ
ދެލިކޮޕީ | 6 އޮކްޓޯބަރު 2021 | ބުދަ 11:32
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ދައުލަތުން ރައީސް ޔާމީނުގެ މައްޗަށް އުފުލި ދައުވާ ފެށުމާ ހިސާބުން "މަކުނުވާ އަޅައި ފުރިފައިވާ ކަމަށާއި މަކުނުވާތައް ސާފުކޮށްގެން ނޫން ގޮތަށް އަސްލު މައްސަލައާ ހަމައަށް ނުދެވޭނެ ކަމަށް" އެމަނިކުފާނު ވިދާޅުވީމާ އަންނަނީ ހިންޏެވެ. އެމަނިކުފާނުގެ މައްޗަށް ބޭއިންސާފުވަމުންދާ ކަމުގެ ގިނަ ވާހަކަ ދެއްކެވުމަށް އެމަނިކުފާނު ލަދުފުޅުގެން ވަޑައިގަންނަވަން ޖެހޭނެއެވެ. މައްސަލައިގެ ވަށައިގެންވާ ހުރިހާ ކަމަކަށް ފަނޑިޔާރުން ބައްލަވައި ނިންމެވުމުން ނިކުންނާނެ ނަތީޖާއަކީ ކޮބައިކަން ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާނެއެވެ. ކިތަންމެ އޮޅުވާލުމެއް އޮޅުވާލިޔަސް ކުރައްވާފައިވާ ބޮޑު ވައްކަމުން ރެކިވަޑައި ނުގެންނެވޭނެކަން އެނިކުފާނަށް ވިސްނިވަޑައި ގަނެއެވެ. އެންމެ ފަހު ވަގުތުވެސް ޖަޒްބާތީ ވާހަކަފުޅުތަކެއް ދެއްކެވީ އެހެންވެގެނެވެ.

މައްސަލައިގައި އެއްކޮޅުގައި އޮތީ ދިވެހި ދައުލަތެވެ. އަނެއްކޮޅުގައި ހުރީ  އާރާބާރުގައި ހުރެ އެދައުލަތް ލޫޓުވާލި ލުޓޭރެވެ. އާދައިގެ ފަރުދެއް ނޫނެވެ. ދައުލަތުގެ ދައުވާއަކީ ވަަރަށް ބޮޑަށް އޮޅުވާލައިގެން ހިންގާފައިވާ ބޮޑު ޚިޔާނާތެއްގެ ތެރެއިން ކުޑަ މިންވަރެއްގެ މައްޗަށް ބިނާވެފައިވާ އިންސާފުވެރި ދައުވާއެކެވެ.

އެމަނިކުފާނު ވިދާޅުވީ ރަނގަޅަށެވެ. ކަންކަން ހިނގާފައި އޮތް ގޮތް ފަނޑިޔާރުން ބައްލަވަން ޖެހިވަޑައިގަންނަވާނެ އެވެ. އެކަން ފަނޑިޔާރުން ނިކަން ރަގަނޅަށް ކުރައްވައިފިއެވެ. ބަހަނާއެއްގެ ގޮތުގައި ހައިކޯޓުގައި އެމަނިކުފާނުގެ މައްސަލަ ބެއްލެވި ފަނޑިޔާރުންނަށް ފާޑު ވިދާޅުވިޔަސް އެ ފަޑިޔާރުންވެސް ފައިސަލާ ކުރައްވުމުގައި ޖަޒުބާތުގައި ޖެހިވަޑައި ނުގެންނެވިކަން ސާބިތު ވެއްޖެއެވެ.

ސުޕްރީމް ކޯޓުން މި މައްސަލައިގައި ވަށައިގެންވާ ކަންކަން އޮޅުންފިލުވަން އެތައް ސުވާލެއް ކުރެއްވީތީ އުފާ ކުރައްވާ ކަމަށް ވިދާޅުވެ ސްޕްރީމް ކޯޓުގެ ބެންޗު ޅޮސް އުނދޯއްޔަށް އެރުވޭނެ ކަމަށް ހީފުޅު ކުރެއްވިޔަސް އެކަމެއް ނުވި ދޮގެއްތޯއެވެ. ކްރިމިނަލް ކޯޓުން ބެންޗެއް އެކުލަވާލާ ގޮތަކުން މައްސަލައަށް އަސަރެއް ނުކުރާނެކަން އެނގޭއިރުވެސް އެވާހަކަ ދެއްކެވީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ވާވެއްދުވޭނެ ކަމަށް ދޮގެއްތޯއެވެ. 

އަޖައިބެކެވެ. އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ އާއި ނާއިބުރައީސް މުއައްވިޒު ރަޝީދު ދެއްވި ބަޔާނުގެ ވާހަކާގައި ގާނޫނީ ބުރަދަނެއް ނެތެއް ނޫންތޯއެވެ. އެދެބޭފުޅުންނަކީ މަނިކުފާނު އިސްކޮށްފައި ތިއްބެވި ބޭފުޅުން ވީމާ މަނިކުފާނު ކުރެއްވި ވައްކަން ފޮރުވާދެއްވުމަށް ތަހުގީގަކާ ނުލާ އެސްކްރޯ އެކައުންޓު ހުޅުވާދެއްވައި ޒަމީރު އަތްޕުޅުން ހޯއްދެވި ފައިސާ ޖަމާކޮށް ދެއްވި ބޭފުޅުން ނޫންތޯއެވެ.

އޭސީސީން ބަޔާނޭ ޔައުމިއްޔާއޭ ރައީސް އޮފީހުގެ އެޕޮއިންޓްމެންޓްތަކުގެ ލޮގޭ ކިޔުއްވުމުގެ ބޭނުމެއްނެތެވެ. އަދި އަމިއްލަފުޅު އެކައުންޓަށް ޖަމާކުރީ ވޮޑަމުލާގެ ފައިސާ ކަމާއި އެއީ ދައުލަތުގެ ފައިސާއެއްކަން އެންމެ ރަނގަޅަށް އެގިވަޑައިގަންނަވަނީ ރައީސް ޔާމީނަށް ނޫންތޯއެވެ. ތިން ފަނޑިޔާރެއްގެ ފޭކު އޯޑިއޯ ނެރެގެން ޖައްސަވަން އުޅުއްވި ސަކަރާތަކީ ހައްގެއް ގެއްލި ވަޑައިގެން ކުރެއްވި ކަމެއްނޫނެވެ. ސަރީއަތުގެ އިތުބާރު ކަނޑުވާލާ ނުފޫޒު ފޯރުވަން ކުރެއްވި ކަންކަމެވެ.

އިސްތިއުނާފީ ނުކުތާތަކާ ބެހޭ ގޮތުން ވާހަކަފުޅު ނުދައްކަވާ އެނުކުތާތަކުގެ ބޭރުން ކިތަންމެ ވާހަކައެއް ދެއްކެވިޔަސް އެކަމަށް ނުބެއްލެވޭނެ ކަން އެގިވަޑައިގެން ހުންނަވާ ފަނޑިޔާރުން ގޮތް ނިންމެވުމުން ހުކުމް ތަންފީޒު ކުރައްވަން ޖެހިވަޑައިގަންނަވާނީ އެމަނިކުފާނުކަން ފާހަގަ ކުރައްވައި އުފެދޭ ޝުއޫރުތައް ފާޅުކުރެއްވީ ފަނޑިޔާރުން އަސަރުގައި ޖެއްސެވޭނެ ކަމަށެވެ.

އާދޭހެވެ. މައްސަލައިގައި ބަލާނީ އިސްތިއުނާފީ ނުކުތާތަކަށެވެ. ޝަރީއަތުން ކުރަން އުޅޭ ކަމަކީ މީހެއްގެ މައްޗަށް އަދުލު ގާއިމް ކުރުމެވެ. މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންކަން ހިނގާފައި ވަނީ ކިހިނެއްތޯ ބެލުން މުހިންމު ވަނީ އެހެންވެގެނެވެ. މުޅި ކަންތަކުގައި އޮތީ މަކުނުވާ ފުރާ ފުރިފައެވެ. އެމަކުނުވާ ފެށުނީއްސުރެ ފުރުއްވީ ރައީސް ޔާމީނެވެ. ކުށް ކުރައްވައިގެން ހުންނަވާ އެކަމުން ރެކިވަޑައިގަތުމަށެވެ. އެހެންވީމާ މަކުނުވާތައް ސާފުވާވަރަކަށް ރައީސް ޔާމީނުގެ ކުށްވެރިކަން ބޮޑަށް ސާފުވުން ނޫންކަމެއް ނުވެއެވެ.

އެމްއެމްޕީއާރްސީކުރީގެ ރައީސް ޢަބްދުﷲ ޔާމީން

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2025

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި
14 އޮކްޓޯބަރު 2025

ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

14 އޮކްޓޯބަރު 2025
ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް
14 އޮކްޓޯބަރު 2025

ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

14 އޮކްޓޯބަރު 2025
ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި
30 ސެޕްޓެމްބަރު 2025

އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

30 ސެޕްޓެމްބަރު 2025
އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް
26 ސެޕްޓެމްބަރު 2025

ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ

26 ސެޕްޓެމްބަރު 2025
ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ
31 އޯގަސްޓު 2025

ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

31 އޯގަސްޓު 2025
ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން
20 އޯގަސްޓު 2025

ކެޓްރީނާ ކައިފް އަށް ދޭ އަގުވެސް، ކުރަން ޖެހޭ މަސައްކަތް ވެސް، މަސައްކަތް ކުރާ މުއްދަތުވެސް އެއީ ސިއްރެއް ކަމަށް ބުނެފި

20 އޯގަސްޓު 2025
ކެޓްރީނާ ކައިފް އަށް ދޭ އަގުވެސް، ކުރަން ޖެހޭ މަސައްކަތް ވެސް، މަސައްކަތް ކުރާ މުއްދަތުވެސް އެއީ ސިއްރެއް ކަމަށް ބުނެފި
12 ޖުލައި 2025

އިނގިރޭސިވިލާތުގެ މަޝްހޫރު ދަ ޓެލެގްރާފުން ހޮވާ ދުނިޔޭގެ އެންމެ މަގުބޫލު ގައުމުތަކުގެ ލިސްޓުން ބޮޑުތަނުން ރާއްޖެ ވެއްޓިއްޖެ

12 ޖުލައި 2025
އިނގިރޭސިވިލާތުގެ މަޝްހޫރު ދަ ޓެލެގްރާފުން ހޮވާ ދުނިޔޭގެ އެންމެ މަގުބޫލު ގައުމުތަކުގެ ލިސްޓުން ބޮޑުތަނުން ރާއްޖެ ވެއްޓިއްޖެ
03 ޖުލައި 2025

"އެމްއެމްޕީއާރުސީގެ މާލީ ހާލަތު ގޯސްވީ މި ދޮޅު އަހަރު، އެމްއެމްޕީއާރުސީގެ ޗެއަރމަން އާއި އެމްޑީ އާއި ޗެލެންޖުކޮށްފައި އެހެން ބުނަން ކެރޭނެ"

03 ޖުލައި 2025
"އެމްއެމްޕީއާރުސީގެ މާލީ ހާލަތު ގޯސްވީ މި ދޮޅު އަހަރު، އެމްއެމްޕީއާރުސީގެ ޗެއަރމަން އާއި އެމްޑީ އާއި ޗެލެންޖުކޮށްފައި އެހެން ބުނަން ކެރޭނެ"
03 ފެބުރުއަރީ 2025

ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން

03 ފެބުރުއަރީ 2025
ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް