Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގުރުއާނުގެ އާޔަތްތަކުގެ މައްސަލަ

ގުރުއާނުގެ އާޔަތްތައް އުނިކުރަން ނިންމުމަށްފަހު އެ ނިންމުމަށް ބަދަލު ގެނެސްފި

16 ޑިސެމްބަރު 2021 | ބުރާސްފަތި 04:41

ޤުރުއާނާއި އިސްލާމް ފޮތްތަކުގައި ހުރި އާޔަތްތައް އުނިކުރަން މިނިސްޓްރީން އެންގި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 16 ޑިސެމްބަރު 2021 | ބުރާސްފަތި 04:41
އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން - ފައިލް ފޮޓޯ

އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން - ފައިލް ފޮޓޯ

ޤުރުއާނާއި އިސްލާމް ފޮތްތަކުގައި ހުރި އާޔަތްތައް އުނިކުރަން ނިންމުމަށްފަހު އަލުން އެ ނިންމުން ބާތިލްކޮށް، ފޮތްތަކުގައި އާޔަތްތައް ހިމެނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިގޮތަށް ނިންމާފައިވަނީ ޤުރުއާނާއި އިސްލާމް ފޮތްތަކުގައި ހުރި އާޔަތްތައް އުނިކުރަން ނިންމުމަށްފަހު އެކަން ނެޝަނަލް އިންސްޓިޓިއުޓް ފޮރ އެޑިއުކޭޝަނަށް އެންގި ސިޓީ ލީކުވުމާ ގުޅިގެންނެވެ. މިކަމާ ގުޅިގެން މީޑިއާތަކުން ސުވާލު ކުރިނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. މީގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ޤުރުއާނާއި އިސްލާމް ފޮތްތަކުގައި ހުރި އާޔަތްތައް އުނިކުރަން ނިންމާފައި ނުވާ ކަމަށެވެ.

Advertisement - newsAdvertisement

މި މައްސަލަ ހޫނުވެފައިވަނިކޮށް އެޑިއުކޭޝަން މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އަލަށް ޗާޕްކޮށްގެން ނެރުނު ބައެއް ފޮތްތަކާއި ކުރީގެ ޗާޕްތަކުގައި ޤުރުއާނުގެ ބައެއް އާޔަތްތަކާއި ކަލިމަތައް ލިޔުމުގައި ކުށް ހުރިކަން ފާހަގަކުރެވި، މިކަން ހައްލުކުރުމަށް ކުރެވުނު މަޝްވަރާތަކުގައި ޤުރުއާނުގެ އާޔަތްތައް ފޮތްތަކުގައި ލިޔުމުގެ ބަދަލުގައި ޚަތިމަށް ނުވަތަ އައްމާފޮތަށް ހަވާލާދިނުމަށް (ރިފަރެންސް ދިނުމަށް) މަޝްވަރާކުރެވި މިކަން ބަޔާންކޮށް އެންއައިއީ އަށް ސިޓީއެއްފޮނުވުނު ކަމަށެވެ.

އަދި މިގޮތަށް މަޝްވަރާ ކުރެވުނީ އެއްވެސް ހާލެއްގައި ދަރިވަރުން ޤުރުއާނަށް ދޭ އަހައްމިއްޔަތުކަން ކުޑަކުރުމުގެ ނިޔަތެއްގައިނޫން ކަމުގައެވެ. އެ ގޮތަށް މަޝްވަރާ ކުރެވުނީ ޤުރުއާން ލިޔާއިރު ޖެހޭ ކުށްތައް ތަކުރާރު ނުވާނެގޮތެއް ހެދުމަށާއި، މިފޮތްތައް ނައްތާލާއިރު ޤުރުއާންގެ އާޔަތްތަކަށް އިހާނެތިކޮށް ބައެއް ފަހަރު ޢަމަލުކުރެވޭކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވާތީއެވެ. ނަމަވެސް އެއީ ރަނގަޅު ކަމެއް ނޫން ކަމަށް ވިސްނި، އަދި ދަރިވަރުންނަށް ކޮންމެ ފަހަރަކު ޚަތިމަށް ނުވަތަ އައްމާފޮތަށް ބެލުމަކީ ދަތި ކަމަކަށް ވާނެ ކަމުން އެ ސިޓީއަށް ޢަމަލު ނުކުރުމަށް ޖެހިގެން އައި ދުވަހު އެންއައިއީ އަށް އަންގާފައިވާނެ ކަމަށެވެ. މިއާއެކު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ލިޔުމުން ކުރިން ފޮނުވުނު ސިޓީ ބާތިލް ވެސް ކޮށްފައެވެ.

އެޑިއުކޭޝަނުން ބުނީ މިނިސްޓްރީން ނިންމީ އިސްލާމް ފޮތާއި ޤުރުއާން ފޮތްތަކުގައި ހުރި ކުށްތައް އިސްލާހުކޮށް ޕްރޫފް ރީޑިންގ ވަރުގަދަ ކުރުމަށް ކަމަށެވެ. އަދި މިފަހަރު ފޮތްތައް ޗާޕުކުރަން ފޮނުވާ އިރު ކުށްތައް އިސްލާހުވެފައިވާކަން ކަށަވަރު ކުރަން ވެސް އެންއައިއީ އަށް އަންގާފައިވާނެ ކަމަށާއި، މީގެ ދުވަސްކޮޅެއް ކުރިން މިސުވާލު މީޑިއާތަކުން ކުރުމުން ވެސް ޤުރުއާންގެ އާޔަތްތައް އެ ފޮތްތަކުން އުނި ނުކުރާނެ ކަމަށް ބުނެފައިވާނެ ކަމަށެވެ. އަދި މިކަމުގައި މިނިސްޓްރީން ޢަމަލުކުރަން ނިންމާފައިވާގޮތް ވެސް ވާނީ ހިއްސާކޮށްފައި ކަމަށާއި، މި ޚަބަރާ ގުޅިގެން ބެލެނިވެރީންގެ ހިތުގައި އުފެދުނު ނުތަނަސްކަމަށްޓަކައި ނިހާޔަތަށް މާފަށް އެދޭކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އަބަދުވެސް މަސައްކަތްކުރަނީ ދަރިވަރުންގެ ހިތްތަކުގައި ދީނީ ރޫހު އާލާކޮށް، ދީނީ ލޯބި އަށަގެންނެވުމަށް ކަމަށް ބުނެފައިވެއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

22 މާރިޗު 2018

ކީރިތި ގުރުއާނުގެ ތަރުޖަމާ ޗާޕުކުރަން ނޮވެލްޓީއަށް ދިން 30 މިލިއަން ރުފިޔާ ހޯދުމަށް އަންގައިފި

22 މާރިޗު 2018
ކީރިތި ގުރުއާނުގެ ތަރުޖަމާ ޗާޕުކުރަން ނޮވެލްޓީއަށް ދިން 30 މިލިއަން ރުފިޔާ ހޯދުމަށް އަންގައިފި
02 ފެބުރުއަރީ 2018

ސުޕްރީމް ކޯޓުގެ ނިންމުމަށް ފުރިހަމަ އަށް އިހްތިރާމް ކުރުމަށް އދ. އިން ދިވެހި ސަރުކާރަށް ގޮވާލައިފި

02 ފެބުރުއަރީ 2018
ސުޕްރީމް ކޯޓުގެ ނިންމުމަށް ފުރިހަމަ އަށް އިހްތިރާމް ކުރުމަށް އދ. އިން ދިވެހި ސަރުކާރަށް ގޮވާލައިފި
01 ފެބުރުއަރީ 2018

ސުޕްރީމް ކޯޓުގެ ނިންމުމަށް އެމެރިކާ އިން މަރުހަބާ ކިޔައިފި

01 ފެބުރުއަރީ 2018
ސުޕްރީމް ކޯޓުގެ ނިންމުމަށް އެމެރިކާ އިން މަރުހަބާ ކިޔައިފި
11 ޑިސެމްބަރު 2017

އެލްޖީއޭގެ ނިންމުމަށް ޖޭމްސް ޑޯރިސްގެ ފާޑުކިއުންތައް

11 ޑިސެމްބަރު 2017
އެލްޖީއޭގެ ނިންމުމަށް ޖޭމްސް ޑޯރިސްގެ ފާޑުކިއުންތައް
11 ނޮވެމްބަރު 2017

އިންތިހާބާއި ގުޅޭ އަދާލަތު ޕާޓީގެ ނިންމުމަށް އެމްޑީޕީން މަރުޙަބާކިޔައިފި

11 ނޮވެމްބަރު 2017
އިންތިހާބާއި ގުޅޭ އަދާލަތު ޕާޓީގެ ނިންމުމަށް އެމްޑީޕީން މަރުޙަބާކިޔައިފި
20 އޯގަސްޓު 2017

ނާގޯށި ތަރައްގީކުރަން އިންވެސްޓަރަކަށް ދޭން ނިންމުމަށް ފަހު އަނެއްކާ އެމްޓީޑީސީއަށް!

20 އޯގަސްޓު 2017
ނާގޯށި ތަރައްގީކުރަން އިންވެސްޓަރަކަށް ދޭން ނިންމުމަށް ފަހު އަނެއްކާ އެމްޓީޑީސީއަށް!
23 ޖުލައި 2017

ބްރޯޑްކާސްޓިން ކޮމިޝަނުގެ ނިންމުމަށް ރާއްޖެޓީވީގެ ރައްދު

23 ޖުލައި 2017
ބްރޯޑްކާސްޓިން ކޮމިޝަނުގެ ނިންމުމަށް ރާއްޖެޓީވީގެ ރައްދު
20 ޖޫން 2017

އެލްޖީއޭގެ ނިންމުމަށް އިހުތިރާމް ކުރަން:އިހަވަންދޫ ކައުންސިލް

20 ޖޫން 2017
އެލްޖީއޭގެ ނިންމުމަށް އިހުތިރާމް ކުރަން:އިހަވަންދޫ ކައުންސިލް
10 ފެބުރުއަރީ 2017

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް