Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޭސީސީ

ކީރިތި ގުރުއާނުގެ ތަރުޖަމާ ޗާޕުކުރަން ނޮވެލްޓީއަށް ދިން 30 މިލިއަން ރުފިޔާ ހޯދުމަށް އަންގައިފި

22 މާރިޗު 2018 | ބުރާސްފަތި 07:30

 ޗާޕް ކުރަން ދިން ފޮތްތަކުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ފޮތް ސަރުކާރާ ހަވާލުނުކުރާ ކަމަށް އޭސީސީން ބުނޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 22 މާރިޗު 2018 | ބުރާސްފަތި 07:30
ކީރިތި ގުރުއާން

ކީރިތި ގުރުއާން

ކީރިތި ގުރުއާނުގެ ދިވެހި ތަރުޖަމާ ޗާޕުކުރަން ހަވާލުކުރި ނޮވެލްޓީ ޕްރިންޓާސް އަށް ސަރުކާރުން ދިން 30 މިލިއަން ރުފިޔާ އަނބުރާ ހޯދަން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ އާއި އެޓާރނީ ޖެނެރަލްގެ އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިފި އެވެ.

އޭސީސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާގެ ޗާޕް ތައްޔާރުކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާއި އެމަސައްކަތް ޙަވާލުކުރި ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ޖުމުލަ އަގު 30,801,000.00 (ތިރީސް މިލިއަން އައްލައްކަ އެއްހާސް) ރުފިޔާ ވަނީ އެ ކުންފުންޏަށް ދޫކޮށްފައިވާކަން ހާމަވެފައިވާ ކަމަށާއި އެ މަސައްކަތުގެ ފުރިހަމައަގު ދަޢުލަތުން އެ ކުންފުންޏަށް ދައްކާފައިވާއިރު، ޗާޕްކުރަން ޙަވާލުކޮށްފައިވާ 150000 ކީރިތި ޤުރުއާނުގެ ތަރުޖަމާގެ ތެރެއިން، އެކުންފުނިން ޗާޕްކޮށް ދަޢުލަތަށް ފޯރުކޮށްދިން 51840 ކީރިތި ޤުރުއާނުގެ ތަރުޖަމާގެ ޗާޕުތަކުގައި ކުށް ހުރުމާއި އަދި ޕްރިންޓްކުރުމުގައި މައްސަލަތަކެއް ހުރުމުން، އެއީ އޭގެއިން އެއްވެސް ބޭނުމެއް ކުރެވޭފަދަ ފޮތްތަކަކަށްނުވުމާއި، އަދި ބާކީ ހުރި 98160 ކީރިތި ޤުރުއާނުގެ ތަރުޖަމާގެ ޗާޕު ވެސް ދަޢުލަތަށް ލިބިފައި ނުވާތީ، އެމަސައްކަތް ކުރުމަށް އެކުންފުންޏަށް ދަޢުލަތުން ދީފައިވާ ޖުމުލަ އަގު ކަމަށްވާ 30,801,000.00 (ތިރީސް މިލިއަން އައްލައްކަ އެއްހާސް) ރުފިޔާ ދަޢުލަތަށް އަނބުރާ ހޯދުމަށް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ އާއި އެޓާރނީ ޖެނެރަލްގެ އޮފީހަށް އަންގާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އޭސީސީން ބަޔާނުގައި ބުނީ ޗާޕުކޮށް ހަވާލުކުރި 51،840 ތަރުޖަމާގައި ކުށް ހުރުމުންނާއި ޕްރިންޓްކުރުމުގައި މައްސަލަތަކެއް ހުރުމުން އޭގެ ބޭނުން ކުރެވިފައި ނުވާ ކަމަށެވެ. އަދި ބާކީ ހުރި 98،160 ފޮތް ސަރުކާރަށް ލިބިފައި ނުވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ގުރުއާނުގެ ދިވެހި ތަރުޖަމާގެ 150،000 ފޮތް ޗާޕްކުރަން އިސްލާމިކް މިނިސްޓްރީން ނޮވެލްޓީ ޕްރިންޓާސްއާ ހަވާލުކޮށްފައިވާއިރު ޗާޕް ކުރަން ދިން ފޮތްތަކުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ފޮތް ސަރުކާރާ ހަވާލުނުކުރާ ކަމަށް އޭސީސީން ބުނެ އެވެ. އަދި ޗާޕުކުރި ފޮތްތަކުގައި ކުށް ހުރި މައްސަލަ ވެސް އޭސީސީގެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

އޭސީސީން ބުނީ އެ މެމޯގައި ސްޓޭޓް މިނިސްޓަރު ސޮއިކުރެއްވި ކަމަށް އެއްބަސްވެވަޑައިގެންފައިވާ ކަމަށާއި އެ މެމޯގައި ކުރި ސޮޔަކީ އޭނާގެ ސޮއިކަން އެނަލިސް ރިޕޯޓުން އެނގޭ ކަމަށެވެ.

އޭސީސީން ބުނި ގޮތުގައި ހުރިހާ ފޮތެއް ލިބުނު ކަމަށް ބުނެ، އިންޓާނަލް މެމޯއެއް ތައްޔާރުކޮށް ފައިސާ ދޫކުރުމަށް އެންގި އެންގުމަކީ ނުލިބޭ މުދަލަކަށް ފައިސާ ދޫކުރަން އެންގުމެވެ. އަދި އެ ފައިސާ ދޫކުރުމަކީ ވަކި ފަރާތަކަށް ނާޖައިޒު ފައިދާ ހޯދައި ދިނުމަށް ހިންގާފައިވާ އަމަލެއްކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.

ގުރުއާނުގެ ދިވެހި ތަރުޖަމާ ޗާޕްކޮށް ހަމައަށް ނުލިބެނީސް ފައިސާ ދެއްކި މައްސަލާގައި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރެއްގެ މައްޗަށް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައި ދިނުމުގެ ކުށުގެ ދައުވާކޮށް ދިނުމަށް އޭސީސީން ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

07 މެއި 2018

ފާރިސް ހައްޔަރުކުރަން ރައީސް ޔާމިން ވަނީ ފުލުހުންނަށް އަންގަވާފައި: ތަރުޖަމާނު

07 މެއި 2018
ފާރިސް ހައްޔަރުކުރަން ރައީސް ޔާމިން ވަނީ ފުލުހުންނަށް އަންގަވާފައި: ތަރުޖަމާނު
25 ޑިސެމްބަރު 2017

ޙާފިޡުންނާ ގުޅޭ ކަންކަން ކީރިތި ޤުރުއާނާބެހޭ މަރުކަޒާއި ހަވާލުކޮށްފި

25 ޑިސެމްބަރު 2017
ޙާފިޡުންނާ ގުޅޭ ކަންކަން ކީރިތި ޤުރުއާނާބެހޭ މަރުކަޒާއި ހަވާލުކޮށްފި
24 ޑިސެމްބަރު 2017

ޑިޕްލޮމެޓުންނަށް ރާއްޖޭގައި އެއްވެސް މިނިވަންކަމެއް ހަނިކުރެވިފައެއް ނުވާނެ: ތަރުޖަމާނު

24 ޑިސެމްބަރު 2017
ޑިޕްލޮމެޓުންނަށް ރާއްޖޭގައި އެއްވެސް މިނިވަންކަމެއް ހަނިކުރެވިފައެއް ނުވާނެ: ތަރުޖަމާނު
20 ނޮވެމްބަރު 2017

ނުލަފާކަން ދައްކާކަށް ނޫޅެން، ދެއްކި ވާހަކަތައް މީޑިއާތަކުން ގެނެސްދެނީ ނުބައިކޮށް ތަރުޖަމާ ކޮށްގެން: ފިނޭންސް މިނިސްޓަރު

20 ނޮވެމްބަރު 2017
ނުލަފާކަން ދައްކާކަށް ނޫޅެން، ދެއްކި ވާހަކަތައް މީޑިއާތަކުން ގެނެސްދެނީ ނުބައިކޮށް ތަރުޖަމާ ކޮށްގެން: ފިނޭންސް މިނިސްޓަރު
04 ސެޕްޓެމްބަރު 2017

އެސެޓްސް ރިިކަވަރީ ކޮމިޝަނުން ބަލާފައިވާ މައްސަލަތަކުގެ އަޕްޑޭޓް ވަރަށް އަވަހަށް ހާމަކުރާނަން:ތަރުޖަމާނު

04 ސެޕްޓެމްބަރު 2017
އެސެޓްސް ރިިކަވަރީ ކޮމިޝަނުން ބަލާފައިވާ މައްސަލަތަކުގެ އަޕްޑޭޓް ވަރަށް އަވަހަށް ހާމަކުރާނަން:ތަރުޖަމާނު
28 އޯގަސްޓު 2017

ޤުރުއާނުގެ ތަރުޖަމާތައް އުކާލީ ވެމްކޯއިން: ފުވައްމުލަކު ސިޓީ ކައުންސިލް

28 އޯގަސްޓު 2017
ޤުރުއާނުގެ ތަރުޖަމާތައް އުކާލީ ވެމްކޯއިން: ފުވައްމުލަކު ސިޓީ ކައުންސިލް
25 އޯގަސްޓު 2017

ތިލަފުށްޓަށް ގުރުއާން ތަރުޖަމާތައް އުކާލި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

25 އޯގަސްޓު 2017
ތިލަފުށްޓަށް ގުރުއާން ތަރުޖަމާތައް އުކާލި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
11 ޖުލައި 2017

މެމްބަރުކަމުން ވަކިވާ ހާލަތުތައް ގާނޫނު އަސާސީގައި ވަނީ ބަޔާންކޮށްފައި، އިތުރު ތަރުޖަމާއެއް ބޭނުމެއް ނޫން: ރައީސް މައުމޫން

11 ޖުލައި 2017
މެމްބަރުކަމުން ވަކިވާ ހާލަތުތައް ގާނޫނު އަސާސީގައި ވަނީ ބަޔާންކޮށްފައި، އިތުރު ތަރުޖަމާއެއް ބޭނުމެއް ނޫން: ރައީސް މައުމޫން
11 އެޕްރީލު 2017

ޖުޑިޝަރީއިން ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމުމުގެ ފުރުސަތު ހުޅުވާލައިފި

11 އެޕްރީލު 2017
ޖުޑިޝަރީއިން ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމުމުގެ ފުރުސަތު ހުޅުވާލައިފި
26 ފެބުރުއަރީ 2017

ސުވާލު ކުރަންޖެހޭ ގޮތް ރައީސް އޮފީހުގެ ތަރުޖަމާނު ކިޔައިދީފި

26 ފެބުރުއަރީ 2017
ސުވާލު ކުރަންޖެހޭ ގޮތް ރައީސް އޮފީހުގެ ތަރުޖަމާނު ކިޔައިދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް