Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އަގުއޭރޯ ކުޅުން ހުއްޓާލުން

ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އަގުއޭރޯ ރަސްމީކޮށް އިއުލާނުކޮށްފި

މި ނިންމުމަކީ އުނދަގޫ ނިންމުމެއް ކަމަށް ވަނީ ބުނެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 15 ޑިސެމްބަރު 2021 | ބުދަ 15:20
ކުޅުން ހުއްޓާލިކަން އިއުލާނުކުރަން ބޭއްވި އިވެންޓުގެ ތެރެއިން ސާޖިއޯ އަގުއޭރޯ

ކުޅުން ހުއްޓާލިކަން އިއުލާނުކުރަން ބޭއްވި އިވެންޓުގެ ތެރެއިން ސާޖިއޯ އަގުއޭރޯ

ހިތުގެ މައްސަލަތަކެއް ފާހަގަވުމާ ގުޅިގެން ބާސެލޯނާއަށް ކުޅެމުން އައި އާޖެންޓީނާގެ ތަޖުރިބާކާރު ފޯވާޑް ސާޖިއޯ އަގުއޭރޯ ފުޓްބޯޅަ ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

ސްޕެނިޝް ލީގުގައި މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ޑިޕޯޓިވޯ އަލަވޭސްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މެޔަށް އުނދަގުލެއްވެގެން އުމުރުން 33 އަހަރުގެ އަގުއޭރޯ ބަދަލުކުރަން ޖެހުނެވެ. އެ މެޗުގައި އަގުއޭރޯއަށް ނޭވާލާން އުނދަގޫވެގެން ދަނޑުމަތީގައި ފަރުވާދިނުމަށްފަހު ވަނީ ހޮސްޕިޓަލަށް ގެންގޮސް، އިތުރު ޓެސްޓުތަކެއް ހަދާފައެވެ.

މީގެ ކުރިން މިދިޔަ ނޮވެމްބަރު މަހުގެ ކުރީކޮޅު ބާސާއިން ނެރުނު ބަޔާނެއްގައި ބުނީ އަގުއޭރޯގެ ޓެސްޓުތަކުގެ ނަތީޖާއިން ދައްކާގޮތުން އޭނާގެ ހާލަތު މި ވަގުތު އެންމެ ރަނގަޅު ނޫން ކަމަށެވެ. އެހެންކަމުން އަގުއޭރޯގެ ހާލަތު އިތުރަށް ބެލުމަށް ޓެސްޓުތަކެއް ހެދިއިރު، އެ ޓެސްޓުތަކުގެ ނަތީޖާއިން ވަނީ އަގުއޭރޯގެ ހިތުގައި މައްސަލަތަކެއް ހުރިކަން ފާހަގަވެފައެވެ.

އެހެންކަމުން ބުދަ ދުވަހު ބާސާގެ ދަނޑުގައި ބޭއްވި ޚާއްސަ އިވެންޓެއްގައި އަގުއޭރޯ ވަނީ ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފައެވެ. މި އިވެންޓުގައި ބާސާގެ ރައީސް ޖޮއާން ލަޕޯޓާ ބައިވެރިވެވަޑައިގެންނެވިއެވެ. މި އިވެންޓުގައި ރޮވިފައި ހުރެ ވާހަކަދައްކަމުން އަގުއޭރޯ ބުނީ ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމި ނިންމުމަކީ އުނދަގޫ ނިންމުމެއް ކަމަށެވެ. އެކަމަކު މުހިންމީ އަމިއްލަ ސިއްހަތު ކަމަށާއި، ކުޅުން ހުއްޓާލަން ނިންމީ އެކަމަށް ވިސްނުމަށްފަހު ކަމަށްވެސް ބުންޏެވެ.

އަގުއޭރޯގެ ހިތުގައި މައްސަލަތަކެއް ހުރިކަން ފާހަގަވިއިރު، އާޖެންޓީނާގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން އަގުއޭރޯގެ އުމުރުން 12 އަހަރުގައިވެސް ވަނީ ހިތުގެ މައްސަލައެއް ދިމާވެގެން ފަރުވާދީފައެވެ.

އަލަވޭސްއާ ދެކޮޅަށް ކުޅުނު މެޗުގައި އަގުއޭރޯގެ މެޔަށް އުނދަގުލެއް ވެގެން ބަދަލުކުރިއިރު، އެ މެޗަކީ ބާސާއަށް ބަދަލުވެ އަމިއްލަ ދަނޑުގައި އަގުއޭރޯ ކުޅުނު ފުރަތަމަ މެޗެވެ. އަގުއޭރޯ ބާސާއަށް ބަދަލުވީ މެންޗެސްޓާ ސިޓީގައި 10 އަހަރު ހޭދަކުރުމަށްފަހު މިދިޔަ ޖޫން މަހު ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އެކަމަކު ބާސާއަށް ބަދަލުވުމަށްފަހު ކަނާތު ފައިގެ ކުޑަކަޅުވާ މަސްގަނޑަށް އަނިޔާވެގެން އަގުއޭރޯއަށް މި ސީޒަނުގެ ފުރަތަމަ ދެ މަސް ގެއްލުނެވެ. އެއާއެކު އަނިޔާއިން ރަނގަޅުވެ އަގުއޭރޯ ބާސާއަށް ކުޅެދިން ފުރަތަމަ މެޗަކީ މިދިޔަ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު ލީގުގައި ވެލެންސިއާ އަތުން 3-1 ގެ ނަތީޖާއަކުން ބާސާ މޮޅުވި މެޗެވެ. އަދި އޭގެ ފަހުން އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ކުޅުނު އެލް ކްލަސިކޯ މެޗުގައި އަގުއޭރޯ ވަނީ ބާސާއާއެކު ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައެވެ.

މި ސީޒަނަށް ސިޓީ ދޫކޮށް އަގުއޭރޯ ބާސާއަށް ބަދަލުވިއިރު، މީގެ ކުރިން އޭނާ ވަނީ ސްޕެނިޝް ލީގުގައި ވާދަކުރަމުން އަންނަ އެތުލެޓިކޯ މެޑްރިޑަށް ކުޅެފައެވެ. އެތުލެޓިކޯ ދޫކޮށް އަގުއޭރޯ އެންމެ ފުރަތަމަ ސިޓީއާ ގުޅުނީ 2011 ވަނަ އަހަރެވެ. އެއަށްފަހު އަގުއޭރޯ ވަނީ ސިޓީއަށް ކުޅެދިން 390 މެޗުގައި 260 ލަނޑު ޖަހާފައެވެ. އަދި ސިޓީއާއެކު އަގުއޭރޯ އިނގިރޭސި ޕްރިމިއާ ލީގު ފަސް ފަހަރު ކާމިޔާބުކޮށްފައިވާއިރު، އޭނާ އަކީ ޕްރިމިއާ ލީގުގެ ތާރީޚުގައި އެއް ކުލަބަކަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރިކޯޑު އޮންނަ ކުޅުންތެރިޔާއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު