Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަރުހޫމް ހުސައިންގެ ތައުޒިޔާގެ ދަފްތަރު

މަރުހޫމް ހުސައިން އަކީ ދަތި އުނދަގޫ ދަނޑިވަޅުގައި ވިސްނުންތެރިކަމާއެކު ރަނގަޅު ލަފާ ދެއްވި ބޭފުޅެއް: ރައީސް

ރައީސް ވިދާޅުވީ ހުސައިން އަކީ މަޑުމައިތިރިކަމާއި ކެތްތެރިކަމާއި ވިސްނުންތެރިކަމާއެކުގައި މަސައްކަތްކުރެއްވި ބޭފުޅެއް ކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 15 ޑިސެމްބަރު 2021 | ބުދަ 13:58
މަރުހޫމް ހުސައިންގެ ހަނދާނުގައި ހުޅުވާ ތައުޒިޔާގެ ދަފްތަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މަރުހޫމް ހުސައިންގެ ހަނދާނުގައި ހުޅުވާ ތައުޒިޔާގެ ދަފްތަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރ ހުސައިން ވަހީދަކީ ދަތި އުނދަގޫ ދަނޑިވަޅުގައި ވިސްނުންތެރިކަމާއެކުގައި ވަރަށް ރަނގަޅު ލަފާ ދެއްވަމުން ގެންދެވި ބޭފުޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މަރުހޫމް ހުސައިންގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރު ހުޅުވުމަށް ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮމަންޑޫ ދާއިރާއަށް ގެއްލިގެންދިޔައީ ޚިދުމަތްތެރި ޚާދިމެއްކަމަށެވެ. އަދި އާއިލާއަށް ގެއްލިގެންދިޔައީ ލޯބިވާ އަޚެއްކަމަށެވެ.

Advertisement - newsAdvertisement

ޑިމޮކްރަސީގެ ހަޔާތުގައި އިސްދައުރެއް އަދާކުރެއްވި އެއް ބޭފުޅަކަށް މަރުހޫމް ހުސައިން ވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ހުސައިން އަކީ މަޑުމައިތިރިކަމާއި ކެތްތެރިކަމާއި ވިސްނުންތެރިކަމާއެކުގައި މަސައްކަތްކުރެއްވި ބޭފުޅެއް ކަމަށެވެ. 2009 ވަނަ އަހަރު ފެށުނު 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހުސައިން އާއެކު މަސައްކަތްކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ. އެދުވަސްވަރަކީ އެމްޑީޕީ ވެރިކަމުގައި އޮތް ދުވަސްވަރަށް ވިޔަސް މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީއެއް ނެތްކަމަށް ރައީސް ވިދާޅުވިއެވެ.

އެދުވަސްވަރަކީ މަޖިލީހުގެ ހަޔާތުގައި ހޭދަކުރެއްވި އެންމެ އުނދަގޫ އެއް ދުވަސްވަރު ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިޔާސީ ގޮތުން ހުސައިންއާ އޮތް ގުޅުމުގެ މާކުރިން ވެސް އެއީ ރަހުމަތްތެރިއެއްކަމަށެވެ. އެހެންކަމުން ގެއްލިގެން އެދިޔައީ ތެދުވެރި ހެޔޮއެދޭ ގާތް ރަހުމަތްތެރިއެއްކަމަށް ރައީސް ވިދާޅުވިއެވެ.

ހުސައިން އަކީ ދިމާވާ ކޮންމެ ކަމެއްވެސް ވަރަށް ޕޮޒިޓިވްކޮށް ވިސްނަވާ ކަންކަމާއި ހިތްހަމަޖެހިވަޑައިގެން ހުންނަވާ ބޭފުޅެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކިތަންމެ ބޮޑު އުނދަގުލެއް ކުރިމަތިވެގެންދާ ވަގުތުގައިވެސް އެކަމުގެ ރަނގަޅު ގޮތް އޮންނާނެކަން ގަބޫލުކުރައްވާ އެގޮތަަކަށް މަސައްކަތްކުރެއްވުމުގައި ހުސައިން ހުންނަވާކަމަށް ރައީސް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ވަކިވެގެން ދިޔައީ މަޖިލީހުގެ ހަޔާތުގައި ފާހަގަކުރެވޭ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަމަށެވެ. ދެ ދައުރު މަޖިލީހަށް އިންތިޚާބު ވެވަޑައިގެން މަސައްކަތްކުރައްވާފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ.

އަދި ހުސައިން އަކީ ނަފުރަތާއި ބައިބައިވުން އުފެދޭ ކަންކަމާ ބީރައްޓެހި ބޭފުޅެއްކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މަރުހޫމް ހުސައިން އާއެކު 10 ކެމްޕެއިނެއްގައި މަސައްކަތްކުރެއްވި ކަމަށެވެ. އަދި އެކުގައި 32ށް ވުރެ ގިނަ ރަށަށް ވަޑައިގެންނެވިކަމަށް ނަޝީދު ވިދާޅުވިއެވެ.

މެމްބަރު ހުސައިން ވަހީދު އަވަހާރަވެފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށެވެ. ހުސައިން ވަހީދު އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް، ހޯމަ ދުވަހުގެ މެންދަމު 1:25 އެހާއިރުއެވެ.

މެންބަރު ހުސައިން ވަހީދު ވަނީ ދުބާއީގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވާފައެވެ. ހުސައިން ވަހީދަކީ ވިޔަފާރީގެ ރޮނގުންވެސް ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ.

ހުސައިންގެ ޖަނާޒާ އޮތީ އަންގާރަ ދުވަހުގެ މެންދުރު ނަމާދުގެ ފަހުން އިސްލާމީ މަރުކަޒުގައި ކުރެވުނު ކަށުނަމާދަށްފަހު އާސަހަރާގައެވެ. މެންބަރުގެ ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ނާއިބުރައީސް ފައިސަލް ނަސީމާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން ވެސް ވަރަށް ގިނަ ބަޔަކު ބައިވެރިވިއެވެ.

އިތުރަށް ކިޔާލަން

11 މާރިޗު 2017

ދިވެހި ދިދަ އަކީ ސަރުކާރުގެ ރަމްޒެއް ނޫން، ދައުލަތުގެ ރަމްޒެއް: އަދާލަތު ޕާޓީ

11 މާރިޗު 2017
ދިވެހި ދިދަ އަކީ ސަރުކާރުގެ ރަމްޒެއް ނޫން، ދައުލަތުގެ ރަމްޒެއް: އަދާލަތު ޕާޓީ
03 މާރިޗު 2017

މިހާރު ރާއްޖެއަށް ކުރާ ވިއްސާރައަކީ ލޯ ޕްރެޝަރ ޓްރަފްއަކާ ގުޅިގެން ކުރާ ވިއްސާރައެއް: މެޓް

03 މާރިޗު 2017
މިހާރު ރާއްޖެއަށް ކުރާ ވިއްސާރައަކީ ލޯ ޕްރެޝަރ ޓްރަފްއަކާ ގުޅިގެން ކުރާ ވިއްސާރައެއް: މެޓް
25 ފެބުރުއަރީ 2017

އެމްޑީޕީއަކީ ސައިންޓިފިކް ކެމްޕެއިން ހިންގާ ޕާޓީއެއް: އެމްޑީޕީ ކެމްޕެއިން ޓީމް

25 ފެބުރުއަރީ 2017
އެމްޑީޕީއަކީ ސައިންޓިފިކް ކެމްޕެއިން ހިންގާ ޕާޓީއެއް: އެމްޑީޕީ ކެމްޕެއިން ޓީމް
20 ފެބުރުއަރީ 2017

ޑރ. ހުސައިން ނިޔާޒަށް ޔޫއޭއީގެ ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފި

20 ފެބުރުއަރީ 2017
ޑރ. ހުސައިން ނިޔާޒަށް ޔޫއޭއީގެ ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފި
06 ފެބުރުއަރީ 2017

އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުއައްސަސާއެއް ކަމަށް ޤަބޫލުކުރަން ދަތި: ރައީސް މައުމޫން

06 ފެބުރުއަރީ 2017
އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުއައްސަސާއެއް ކަމަށް ޤަބޫލުކުރަން ދަތި: ރައީސް މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު