Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުސެއިން ޝަމީމް

ސުޕްރީމް ކޯޓުން ބަލާ މައްސަލައެއް ނިމެންދެން ޝަމީމް ސަސްޕެންޑްކޮށްފައި ހުންނަތާ ދޮޅުއަހަރު!

29 މެއި 2017 | ހޯމަ 14:17

ގަވާއިދާ ޚިލާފުވެފައިވާ ކަމަށް ބުނާ މައްސަލައަކަށް ސަސްޕެންޑް ކުރީ ވަގުތީ ގޮތުން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 29 މެއި 2017 | ހޯމަ 14:17
ހުސެއިން ޝަމީމް، ސަސްޕެންޑް ކުރިއިރު ހުންނެވީ އަދީބުގެ ވަކީލަކަށް

ހުސެއިން ޝަމީމް، ސަސްޕެންޑް ކުރިއިރު ހުންނެވީ އަދީބުގެ ވަކީލަކަށް

ސުޕްރީމް ކޯޓުން ބަލަމުންދާ މައްސަލައެއް ނިމެންދެން ކޯޓުތަކުގައި ވަކާލާތު ނުކުރެއްވެވޭ ގޮތަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ސަސްޕެންޑް ކުރިތާ ދޮޅުއަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޤާނޫނީ ވަކީލަކަށް އައްޔަން ކޮށްފައިވަނިކޮށް ކޯޓުތަކުގައި ވަކާލާތު ކުރެއްވުން ޝަމީމް އަށް މަނާކޮށްފައިވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރު 4 ވަނަ ދުވަހު އެވެ.

Advertisement - newsAdvertisement

ޝަމީމްގެ ސަސްޕެންޑް ކުރުމަށް ފަހު ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން ޝަމީމަށް ސުޕްރީމް ކޯޓުން ވަގުތީ ގޮތުން މަނާކޮށްފައި ވަނީ ސުޕްރީމް ކޯޓުން ނެރެފައިވާ "ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ގާނޫނީ ވަކީލުންނާ ބެހޭ ގަވާއިދު" ގެ 3.2 ގެ (ހ)، (ނ)، (ރ)، (ބ) އަދި (މ) އާ ޝަމީމް ޚިލާފުވެފައިވާކަމުގެ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުންދާތީ، އެ މައްސަލައިގައި ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ކަމަށެވެ.

"ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާ ބެހޭ ޤަވާޢިދު" ގެ 3.2 އަކީ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުން ކޮށްގެން ނުވާނެ ކަންތައްތައް ބަޔާންކޮށްފައިވާ މާއްދާއެވެ. އެމާއްދާގެ (ހ) ގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވާ އެއްވެސް ޤާނޫނީ ވަކީލަކު ކޯޓުގެ ތެރޭގައިވެސް އަދި ކޯޓުން ބޭރުގައިވިޔަސް ކޯޓުތަކާއި އެކޯޓުތަކުގެ ފަނޑިޔާރުންގެ ޙުރުމަތް ކެނޑޭފަދަ ގޮތަކަށް ޢަމަލުކުރުން އެއީ މަނާކަމެއް ކަމަށެވެ.

އެ މާއްދާގެ (ނ) ގައި ބުނެފައި ވަނީ ޤާނޫނީ ވަކީލުން ކޯޓުތަކުގައި ވަކާލާތުކުރުމުގައްޔާއި އަދި ކޯޓުން ބޭރުގައި ޤާނޫނީ ލަފާ ދިނުމުގައްޔާއި ޤާނޫނީ ރައުޔު ހާމަކުރުމުގައި ޤާނޫނީ ވަކީލުން ހިފަހައްޓަންޖެހޭ ޕްރޮފެޝަނަލިޒަމްއާއި މުސްތަޤިއްލުކަމާ ޚިލާފުވާފަދަ އެއްވެސް ކަމެއް ކުރުމަކީ މަނާކަމެއް ކަމަށެވެ.

މާއްދާގެ (ރ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ނުވަތަ ޤާނޫނެއްގައި ނުވަތަ ޤަވާޢިދެއްގައި ކަނޑައެޅި ބަޔާންވެފައިވާ ކަމަކާ ޚިލާފަށް ނުވަތަ އިސްތިއުނާފީ އުޞޫލާއެއްގޮތަށް އިސްތިއުނާފީ ކޯޓެއްގައި ވަކާލާތުކުރާ ކުރުމެއް ފިޔަވައި، ދިވެހިރާއްޖޭގެ ކޯޓަކުން ކޮށްފައިވާ ޙުކުމަކާ ނުވަތަ އަމުރަކާ ޚިލާފަށް އެޙުކުމް ނުވަތަ އެ އަމުރުގެ ޙުރުމަތް ކެނޑޭގޮތަށް ޤާނޫނީ ރައުޔެއް ބަޔާންކުރުން އެއީ ވެސް މަނާކަމެއް ކަމަށެވެ.

މާއްދާގެ (ބ) ގައި ބުނެފައި ވަނީ ވަކާލާތުކުރުމުގައި، ޝަރީޢަތުގެ މަޖިލީހަށް ދަތިކުރުން ނުވަތަ ޝަރީޢަތުގެ ޙުރުމަތް ކަނޑައި، އިހާނާތްތެރި ޢަމަލެއް ހިންގުމަކީ ވެސް ވަކީލަކު ކުރުން މަނާ ކަމެއް ކަމަށެވެ. އަދި (މ)ގައި ބުނެފައި ވަނީ އެއްވެސް ކަމެއް ސާބިތުކުރުމަށްޓަކައި ނުވަތަ ނަފީ ކުރުމަށް ކަނޑައެޅިގެން ފެންނަން ހުންނަ ޙަޤީޤަތާ ޚިލާފުވާގޮތަށް ވަކާލާތުކުރުމަކީ ވެސް ވަކީލަކު ކުރުން މަނާ ކަމެއް ކަމަށެވެ.

ވަގުތީ ގޮތުން ކޯޓުތަކުގައި ވަކާލާތު ކުރުން ޝަމީމް އަށް މަނާ ކުރުމުން އޭނާ ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސުޕްރީމް ކޯޓަށް ސިޓިއެއް ހުށަހަޅުއްވާފަ އެވެ. ވަކާލަތު ކުރުމުގެ ހުއްދަ އެއްވެސް ސަބަބަކާހުރެ ސަސްޕެންޑްވާކަން ނުވަތަ ނޫންކަމާއި، ސަސްޕެންޑް ވާނަމަ އެކަން އެގޮތަށް ހިނގާފައިވާ ސަބަބާއި، އެކަމާ ގުޅޭގޮތުން ކުރަންވީ ކަމަކީ ކޮބައިކަން ލިޔުމަކުން އަންގައި ދެއްވުން އެދި ޝަމީމް ފޮނުއްވި ސިޓީ ސުޕްރީމް ކޯޓުން ވަނީ ބަލައިނުގަނެ އަނބުރާ ފޮނުވާލާފަ އެވެ.

ޝަމީމް ސަސްޕެންޑް ކުރި މައްސަލައާ ގުޅޭ ގޮތުން އޭނާގެ ބަޔާން ނަގާފައިވަނީ މިއަހަރުގެ މާޗް މަހުގެ 19 ވަނަ ދުވަހު އެވެ. އޭގެ ފަހުން ވެސް، ޝަމީމް ވަނީ ކޯޓަށް ސިޓީއެއް ފޮނުއްވާފަ އެވެ. ޝަމީމް ފޮނުއްވި ސިޓީގައި އެދިވަޑައިގަތީ ސުޕްރީމް ކޯޓަށް ފެންނަ އަދަބެއް އޭނާއަށް ދިނުމަށް ފަހު އެ މައްސަލަ ނިންމައި ދިނުމަށެވެ.

ޝަމީމްގެ ސަސްޕެންޝަނާ ގުޅޭ ގޮތުން ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުގެ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފަ އެވެ.

ކޯޓުތަކުގައި ވަކާލާތު ނުކުރެވުނު ނަމަވެސް ޝަމީމް ގެންދަވަނީ ބައެއް ބޭބޭފުޅުންނަށް ގާނޫނީ ލަފާ އަރުވަމުންނެވެ. އެގޮތުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގާނޫނީ ވަކީލުންގެ ޓީމުގައި ވެސް ޝަމީމް ހިމެނިވަޑައިގަންނަވަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިތުރު ވަކީލުންތަކަކާއި ގުޅިވަޑައިގެން ޝަމީމް ގެންދަވަނީ ސަސްޕެންޑް ކުރެވިފައިވާ ވަކީލުންގެ ޖަމިއްޔާ އެއް ރަޖިސްޓްރީ ކުރެއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް