Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއައު ސީޕްލޭން ޓާމިނަލް

އަންނަ އެޕްރީލްގައި އައު ސީޕްލޭން ޓާމިނަލްގެ ޚިދުމަތް ފަށާނެ

މިއަންނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް ހުރިހާ ކުންފުނިތަކުން އައު ސީޕްލޭން ޓާމިނަލަށް ބަދަލުވާނެ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 14 ޑިސެމްބަރު 2021 | އަންގާރަ 12:07
އަލަށް އިމާރާކުރި ސީޕްލޭން ޓާމިނަލް

އަލަށް އިމާރާކުރި ސީޕްލޭން ޓާމިނަލް

މިއަންނަ އަހަރުގެ އޭޕްރީލް މަހުގައި އައު ސީޕްލޭން ޓާމިނަލްގެ ޚިދުމަތް ފަށާނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީލް)ން ބުނެފިއެވެ.

އެމްއޭސީއެލް އިން ބުނީ މިއަންނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް ހުރިހާ ކުންފުނިތަކުން އައު ސީޕްލޭން ޓާމިނަލަށް ބަދަލުވުމަށް އަންގާފައިވާނެ ކަމަށެވެ. އަދި ހުރިހާ ކުންފުނިތަކެއް އައު ޓާމިނަލަށް ބަދަލުވުމާއެކު، އަންނަ އޭޕްރީލް މަހުގެ ތެރޭގައި އައު ޓާމިނަލްގެ ޚިދުމަތް ފަށާނެ ކަމަށެވެ.

އެމްއޭސީއެލް އިން ވަނީ އައު ޓާމިނަލްގެ ޚިދުމަތް އަވަހަށް ފެށުމަށްޓަކައި އެއާޕޯޓުގައި ލައުންޖުތައް ހިންގާ ފަރާތްތަކާއެކު މިދިޔަ އާދިއްތަ ދުވަހު މަޝްވަރާކޮށްފައެވެ.

ޗައިނާގެ ބީޔޫސީޖީ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެނދިޔަ މި މަޝްރޫއުގެ އަގަކީ 55 މިލިއަން ޑޮލަރު (848.1 މިލިއަން ރުފިޔާ)އެވެ. މި ޓާމިނަލް އިމާރާތް އެޅުމަށް ހުޅުލޭ އިރުމަތީ ފަރާތުން 2.3 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އައު ޓާމިނަލާއެކު އޮންނަ ފަޅުގެ ސަރަހައްދަކީ އެ ތަނުގައި އެއްފަހަރާ 100 މަތިންދާ ބޯޓަށް ޚިދުމަތް ދެވޭނެ ޖާގައިގެ ތަނަވަސްކަން ހުރި ތަނެކެވެ.

އިމާރާތް ނިންމައި މިދިޔަ އޮގަސްޓް މަހުގެ ހަތަރު ވަނަ ދުވަހު ބީޔޫސީޖީިން ވަނީ އެމްއޭސީއެލްއާ ޓާމިނަލް ހަވާލުކޮށްފައެވެ. އެމްއޭސީއެލް އިން ބުނެފައިވަނީ އިމާރާތް އެއްކޮށް އެއް ކުންފުންޏަކާ ހަވާލުނުކޮށް އޮޕަރޭޓުކުރާނީ އެމްއޭސީއެލް އިން ކަމަށެވެ.

ރާއްޖޭގައި ސީޕްލޭންގެ ޚިދުމަތް ތިން ކުންފުންޏަކުން މިހާރު އަންނަނީ ދެމުންނެވެ. އެއީ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)، މަންތާ އެއާ އަދި މޯލްޑިވިއަންއެވެ.

އައު ސީޕްލޭން ޓާމިނަލެއް ހަދާފައި މިވަނީ ޓީއެމްއޭއިން މިހާރު ބޭނުންކުރާ ސީޕްލޭން ޓާމިނަލްގެ ސަބަބުން އެއާޕޯޓުގައި އަލަށް ހަދާފައިވާ ރަންވޭ ބޭނުން ނުކުރެވޭތީ އެވެ. އައު ރަންވޭ ބޭނުން ކުރެވެން އަންނަނީ ސީޕްލޭން ޓާމިނަލް ނަގައި އެ ސަރަހައްދު ސާފުކުރުުމުންނެވެ. އައު ރަންވޭ ބޭނުންކުރަން ފެށުމުން އެއާޕޯޓުގެ ތޮއްޖެހުމުގެ މައްސަލައަށް ލުއި ލިބޭނެ ކަމަށް ލަފާކުރެވެ އެވެ.

އިތުރަށް ކިޔާލަން

29 އޯގަސްޓު 2017

ޔޫރޯ ސްޓޯރގެ އައު ފިހާރަ ހުޅުވައިފި

29 އޯގަސްޓު 2017
ޔޫރޯ ސްޓޯރގެ އައު ފިހާރަ ހުޅުވައިފި
08 އޯގަސްޓު 2017

ޗައިނާގެ ލަކީ އެއަރގެ ދަތުރުތައް އަންނަ ޖެނުއަރީމަހު ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެ

08 އޯގަސްޓު 2017
ޗައިނާގެ ލަކީ އެއަރގެ ދަތުރުތައް އަންނަ ޖެނުއަރީމަހު ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެ
24 ޖުލައި 2017

މީރާއިން އަންނަ މަހު ޓެކްސް ވީކެއް ބާއްވަނީ!

24 ޖުލައި 2017
މީރާއިން އަންނަ މަހު ޓެކްސް ވީކެއް ބާއްވަނީ!
24 ޖޫން 2017

ވެކޭޝަންސް އެކްސްޕޯ 2017 އަންނަ ޖުލައި މަހު

24 ޖޫން 2017
ވެކޭޝަންސް އެކްސްޕޯ 2017 އަންނަ ޖުލައި މަހު
16 ޖޫން 2017

އާއްމުންނަށް ވިއްކި ހިއްސާ އެކަށައަޅައި އަންނަ އާދިއްތަދުވަހު އިއުލާނުކުރާނަން: އުރީދޫ

16 ޖޫން 2017
އާއްމުންނަށް ވިއްކި ހިއްސާ އެކަށައަޅައި އަންނަ އާދިއްތަދުވަހު އިއުލާނުކުރާނަން: އުރީދޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު