Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

އަލުން ގުރުލުމުން ޕީއެސްޖީއަށް ދިމާވީ ރެއާލް

13 ޑިސެމްބަރު 2021 | ހޯމަ 14:58

ގުރުލުން އަލުން ބޭއްވީ ތިން މައްސަލައެއް ފާހަގަވުމުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 13 ޑިސެމްބަރު 2021 | ހޯމަ 14:58
މީގެ ކުރިން ރެއާލާއި ޕީއެސްޖީ ބައްދަލުކުރި މެޗެއްގެ ތެރެއިން

މީގެ ކުރިން ރެއާލާއި ޕީއެސްޖީ ބައްދަލުކުރި މެޗެއްގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ގުރުއަތުލުން އަލުން ބޭއްވިއިރު، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލް މެޑްރިޑާއި ޕީއެސްޖީ ކުރިމަތިލާން ޖެހިއްޖެއެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ގުރުނެގުން އެންމެ ފުރަތަ ހޯމަ ދުވަހުގެ ހަވީރު ސްވިޓްޒަލެންޑުގެ ނިޔޯނުގައި ހުންނަ ޔުއެފާ ހެޑްކުއާޓަރުގައި ކުރިއަށްދިޔައިރު، އެ ފަހަރު ޕީއެސްޖީއަށް ދިމާވީ މެންޗެސްޓާ ޔުނައިޓެޑެވެ. އެކަމަކު ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ މެޗުތަކުގެ ގުރުއަތުލުން އަލުން ބާއްވަން ޔުއެފާއިން ނިންމީ ޔުނައިޓެޑާއި އެތުލެޓިކޯ މެޑްރިޑުގެ ގުރުއަތުލުންތައް ކަނޑައެޅުމުގައި ހެދުނު ގޯސްތަކެއްގެ މައްސަލަ ހޫނުވެ، ގިނަ ޓީމުތަކަކުން އަލުން ގުރުއަތުލުން ބާއްވަން އެދުމާ ގުޅިގެންނެވެ.

އެގޮތުން އެންމެ ފުރަތަމަ ބޭއްވި ގުރުލުމުގައި ފާހަގަކުރެވުނު ފުރަތަމަ މައްސަލައަކީ މެންޗެސްޓާ ޔުނައިޓެޑާއި ވިޔަރެއާލް ކުޅެން ޖެހޭގޮތަށް ގުރުއަތުން ދިމާވުމެވެ. ޔުއެފާގެ ގަވާއިދުގައިވާ ގޮތުން އެއް ގްރޫޕެއްގައި އޮތް ދެ ޓީމަކަށް ދެވަނަ ބުރުގައި ނުކުޅެވޭނެއެވެ. އެހެންކަމުން އަލުން ގުރުއަތުލައިގެން ޔުނައިޓެޑަށް އެ ފަހަރު ދިމާވީ ޕީއެސްޖީއެވެ.

ދެން ފާހަގަކުރެވުނު އަނެއް މައްސަލައަކީ ލިވަޕޫލުގެ ބޯޅަ އެތުލެޓިކޯއާ ކުޅެން ޖެހޭ ގުރުއަތުލުމުގައި ހިމެނުމެވެ. އެތުލެޓިކޯ އާއި ލިވަޕޫލް އެއް ގްރޫޕެއްގައި ކުޅެފައިވާއިރު، މި ދެ ޓީމަށް ދެވަނަ ބުުރުގައި ބައްދަލުނުކުރެވޭނެއެވެ. މީގެ އިތުރުން އެތުލެޓިކޯގެ ގުރުއަތުލުމުގައި ޔުނައިޓެޑް ހިމަނާފައިނުވުންވެސް ވަނީ ފާހަގަވެފައެވެ.

އެއާއެކު އަލުން ގުރުލާން ޔުއެފާގެ ކޮމްޕެޓިޝަން ޑިޕާޓްމަންޓުން ނިންމިއިރު، ހޯމަ ދުވަހުގެރޭ ކުރިއަށްދިޔަ ގުރުއަތުލުމުގައި ރެއާލާއި ޕީއެސްޖީ ބައްދަލުކުރަން ވަނީ ޖެހިފައެވެ. މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރެއާލާއި ޕީއެސްޖީ ބައްދަލުކުރާއިރު، މި މުބާރާތުގައި މިހާތަނަށް މި ދެ ޓީމު ކުޅުނު ހަ މެޗުގެ ތެރެއިން ތިން މެޗުން ރެއާލް ވަނީ މޮޅުވެފައެވެ. ރެއާލް އަތުން ޕީއެސްޖީއަށް ލިބުނު ހަމައެކަނި މޮޅަކީ 2019-2020 ވަނަ އަހަރުގެ ސީޒަނުގެ ގްރޫޕް ސްޓޭޖުގައި އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ލިބުނު މޮޅެވެ.

މީގެ އިތުރުން ރެއާލާއި ޕީއެސްޖީގެ ކުރިމަތިލުން ޚާއްސަވާނެ ކުޅުންތެރިއަކީ މި ސީޒަނުގައި ރެއާލް ދޫކޮށް ޕީއެސްޖީއަށް ބަދަލުވި ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސްއަށެވެ. އެގޮތުން މިއީ ރާމޯސް ފުރަތަމަ ފަހަރަށް އޭނާގެ ކުރީގެ ކުލަބާ ދެކޮޅަށް ކުޅެން ލިބޭ ފުރުސަތެވެ. ރާމޯސް އެންމެ ފަހުން ހުރީ ރެއާލުގެ ކެޕްޓަނެއްގެ ގޮތުގައި ހުރިއިރު، އޭނާ ވަނީ އެ ޓީމާއެކު ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ކާމިޔާބުކޮށްފައެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ގުރުއަތުލުން އަލުން ބޭއްވިއިރު، މި ފަހަރު ޔުނައިޓެޑަށް ދިމާވީ އެތުލެޓިކޯ މެޑްރިޑެވެ. އަދި މުޅިން އަލަށް ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ކުޅޭ ސާލްޒްބާގުން ބަޔާން މިއުނިކާ ދެކޮޅަށް ކުޅޭއިރު، ސްޕޯޓިން ލިޒްބަން ކުޅޭނީ މެންޗެސްޓާ ސިޓީއާއެވެ. އަދި ދެވަނަ ބުރުގައި ބެންފީކާ އިން އަޔަކްސްއާ ދެކޮޅަށް ކުޅޭއިރު، މިދިޔަ އަހަރުގެ ޔުއެފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަން ވިޔަރެއާލް ކުޅޭނީ ޔުވެންޓަސްއާއެވެ.

މީގެ އިތުރުން އިންޓަ މިލާނުން ލިވަޕޫލާ ދެކޮޅަށް ކުޅޭއިރު، އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ ބައްދަލުކުރާނީ ލިލްއާއެވެ. ޗެމްޕިއަންސް ލީގުގެ ގުރުއަތުލުން އަލުން ބޭއްވިއިރު، ދެވަނަ ބުރުގެ އަށް މެޗުގެ ތެރެއިން ބަދަނުވެ އޮތީ ޗެލްސީ އާއި ލިލްގެ މެޗު އެކަންޏެވެ.

ޗެމްޕިއަންސް ލީގުގެ މި ފަހަރުގެ ފައިނަލް މެޗު އަންނަ އަހަރު މެއި މަހު ރަޝިއާގެ ސެއިންޓް ޕީޓާސްބާގުގައި ކުޅޭއިރު، ދެވަނަ ބުރުގެ މެޗުތައް ކުޅޭނީ އަންނަ އަހަރުގެ ފެބްރުއަރީ 15-16 އަދި 22-23 ގައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި

12 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި
11 ފެބުރުއަރީ 2017

ބެންޒެމާ އަށް ރެއާލް އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

11 ފެބުރުއަރީ 2017
ބެންޒެމާ އަށް ރެއާލް އިން އާ އެއްބަސްވުމެއް ހުށަހަޅައިފި
04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
30 ޖެނުއަރީ 2017

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017
ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
04 ޖެނުއަރީ 2017

ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު

04 ޖެނުއަރީ 2017
ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް