Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޓާ ސަރުކާރާއެކު ގުޅުން ބަދަހިކުރުން

ވިޔަފާރިއާއި އިޤްތިޞާދު އަދި ފަތުރުވެރިކަމުގެ ދާއިރާއިން، މޯލްޓާގެ ސަރުކާރާއެކު ގުޅުން ބަދަހިކުރަނީ

13 ޑިސެމްބަރު 2021 | ހޯމަ 13:31

ޖޯގުރަފީ ގޮތުން ދެޤައުމުގައި ހުރި އެއްގޮތްކަމުގެ ވާހަކަފުޅުން ފެށިގެން، މަލްޓިލެޓަރަލިޒަމް ވިސްނުންތަކާ ހަމަޔަށް ސަފީރު ވާހަކަފުޅު ދެއްކެވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 13 ޑިސެމްބަރު 2021 | ހޯމަ 13:31
މޯލްޓާގެ އާ ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވަނީ

މޯލްޓާގެ އާ ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވަނީ

ވިޔަފާރިއާއި އިޤްތިޞާދުގެ ދާއިރާއިންނާއި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ދިވެހި ސަރުކާރާ މޯލްޓާގެ ސަރުކާރާ ދެމެދު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާ ކޮށްފައިވަނީ، މޯލްޓާގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ރޫބަން ގައުޗީ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

Advertisement - newsAdvertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ރަސްމިއްޔާތުގައި މޯލްޓާގެ އައު ސަފީރަށް މަރުޙަބާ ވިދާޅުވެ، އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެފައެވެ. ސަފީރުގެ ވާހަކަފުޅުގައި ވަނީ، ރާއްޖެއާއި މޯލްޓާއާ ދެޤައުމުގެ އެއްގޮތް ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. މިގޮތުން ޖޯގުރަފީ ގޮތުން ދެޤައުމުގައި ހުރި އެއްގޮތްކަމުގެ ވާހަކަފުޅުން ފެށިގެން، މަލްޓިލެޓަރަލިޒަމް ވިސްނުންތަކާ ހަމަޔަށް ސަފީރު ވާހަކަފުޅުދެއްކެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި މޯލްޓާގެ އައު ސަފީރު ވަނީ، ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރައްވަން ބޭނުންފުޅުވާކަން ހާމަކުރައްވައި، ދެ ޤައުމަށް ފައިދާވާ ކަންކަމުގައި އިތުރަށް ގުޅުން ބަދަހިކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މިގޮތުން، އިންސާނީ ވަޞީލަތް ތަރައްޤީކުރުމާ ގުޅޭގޮތުންނާއި، މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކުރުމާ ގުޅޭގޮތުންނާއި، ވިޔަފާރިއާއި އިޤްތިޞާދުގެ ދާއިރާއިންނާއި، ފަތުރުވެރިކަމުގެ ދާއިރާއިންނާއި، ކޮވިޑް ޕެންޑަމިކް މެނޭޖްކުރުމާ ގުޅޭގޮތުންނާއި، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކާ ގުޅޭގޮތުން ދެބޭ ފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ސަފީރު ވަނީ، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާ މޯލްޓާގެ ގުޅުން ބަދަހިކުރެއްވުމަށް، ރާއްޖެއާ ގާތުން މަސައްކަތްކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުންވެސް ދެބޭފުޅުން ވަނީ، ރާއްޖެއާ ޔޫރަޕިއަން ޔޫނިއަންއާ ދެމެދުގައިވާ ވަރުގަދަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓް ކުރާ މަހުގެ ޑިއުޓީއާ ގުޅޭގޮތުންނާއި، ވިސާގެ ކަންކަން ފަހިކުރުމާ ގުޅޭގޮތުންނާއި، ކައުންޓަރ ޓެރަރިޒަމްގެ ދާއިރާއިން އިތުރަށް ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާއާއި މޯލްޓާގެ ސަފީރު ވަނީ، ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރާއްޖެއާއި މޯލްޓާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރީ 5 މާރޗް 1985 ގައެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

13 އޮކްޓޯބަރު 2017

އެމްޑީޕީ ދިއްދޫ ދާއިރާއިން ރާއްޖެޓީވީއަށް އެހީވުމަށް "އަބުރުފުޅު ފަންޑު ފޮއްޓެއް" މާދަމާ ހުޅުވަނީ

13 އޮކްޓޯބަރު 2017
އެމްޑީޕީ ދިއްދޫ ދާއިރާއިން ރާއްޖެޓީވީއަށް އެހީވުމަށް "އަބުރުފުޅު ފަންޑު ފޮއްޓެއް" މާދަމާ ހުޅުވަނީ
12 ޖުލައި 2017

އަޅުގަނޑަކީ ޝަރުއީ ދާއިރާއިން ނިންމާ ނިންމުން އެގްޒެކްޓިވް ބާރު ބޭނުންކޮށްގެން އަނެއް ކޮޅަށް ޖަހާނެ މީހެއް ނޫން : ރައީސް ޔާމީން

12 ޖުލައި 2017
އަޅުގަނޑަކީ ޝަރުއީ ދާއިރާއިން ނިންމާ ނިންމުން އެގްޒެކްޓިވް ބާރު ބޭނުންކޮށްގެން އަނެއް ކޮޅަށް ޖަހާނެ މީހެއް ނޫން : ރައީސް ޔާމީން
06 ޖުލައި 2017

މުހައްމާގެ ނިންމެވުމަށް އެމްޑީޕީ އިހަވަންދޫ ދާއިރާއިން މަރުހަބާ ކިޔައިފި

06 ޖުލައި 2017
މުހައްމާގެ ނިންމެވުމަށް އެމްޑީޕީ އިހަވަންދޫ ދާއިރާއިން މަރުހަބާ ކިޔައިފި
29 މެއި 2017

މި ސަރުކާރުގެ ތިން އަހަރު ސިއްހީ ދާއިރާއިން 100 އިންސައްތައިގެ ކުރިއެރުމެއް ހޯދިއްޖެ: ހެލްތު މިނިސްޓަރ

29 މެއި 2017
މި ސަރުކާރުގެ ތިން އަހަރު ސިއްހީ ދާއިރާއިން 100 އިންސައްތައިގެ ކުރިއެރުމެއް ހޯދިއްޖެ: ހެލްތު މިނިސްޓަރ
22 މެއި 2017

ފަތުރުވެރިކަމުގެ ސިނާއަތް ރައްކާތެރިކޮށް ދެމެހެއްޓުމަށް ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތް ކުރަން ޖެހޭ: މިނިސްޓަރު ތޯރިގް

22 މެއި 2017
ފަތުރުވެރިކަމުގެ ސިނާއަތް ރައްކާތެރިކޮށް ދެމެހެއްޓުމަށް ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތް ކުރަން ޖެހޭ: މިނިސްޓަރު ތޯރިގް
11 މެއި 2017

މަސީހުގެ ދާއިރާއިން މަސީހުގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާ ކޮށްފި

11 މެއި 2017
މަސީހުގެ ދާއިރާއިން މަސީހުގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާ ކޮށްފި
21 މާރިޗު 2017

ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު

21 މާރިޗު 2017
ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު
18 މާރިޗު 2017

ރާއްޖެޓީވީގެ އަބުރު ފަންޑަށް ހުޅުހެންވޭރު ދާއިރާއިން އެހީ

18 މާރިޗު 2017
ރާއްޖެޓީވީގެ އަބުރު ފަންޑަށް ހުޅުހެންވޭރު ދާއިރާއިން އެހީ
18 މާރިޗު 2017

އިލެކްޝަން ކޮމިޝަންގެ މެންބަރުން އިސްތިޢުފާ ދިނުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ގޮވާލައިފި

18 މާރިޗު 2017
އިލެކްޝަން ކޮމިޝަންގެ މެންބަރުން އިސްތިޢުފާ ދިނުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ގޮވާލައިފި
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް