Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކާނަލް ނާޒިމް

އަޅުގަނޑަކީ ޝަރުއީ ދާއިރާއިން ނިންމާ ނިންމުން އެގްޒެކްޓިވް ބާރު ބޭނުންކޮށްގެން އަނެއް ކޮޅަށް ޖަހާނެ މީހެއް ނޫން : ރައީސް ޔާމީން

12 ޖުލައި 2017 | ބުދަ 01:43

ނާޒިމްގެ މައްސަލަ އަލުން ހުޅުވާލާތޯ ސުޕްރީމް ކޯޓަށް ވަޑައިގަންނަވާ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 12 ޖުލައި 2017 | ބުދަ 01:43
ރައީސް އަބްދުﷲ ޔާމީން

ރައީސް އަބްދުﷲ ޔާމީން

އަޅުގަނޑަކީ ޝަރުއީ ދާއިރާއިން ނިންމާ ނިންމުން އެގްޒެކްޓިވް ބާރު ބޭނުންކޮށްގެން އަނެއް ކޮޅަށް ޖަހާނެ މީހެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ޕީޕީއެމް އާއި ގުޅިވަޑައިގަތުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ ގެކޮޅުން ފެނުނު ފިސްތޯލާއިގެ މައްސަލައާ ގުޅޭގޮތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހެޅުއްވި ސިޓީއާއި ގުޅިގެން ބައެއް މެންބަރުން އެމަނިކުފާނުގެ އަރިހުގައި ނާޒިމް ދޫކޮށްލަން އެދިވަޑައިގަތްކަމަށެވެ.

" އަޅުގަނޑަކީ ޝަރުއީ ދާއިރާއިން ނިންމާފަ އޮންނަ ކަންކަމުގައި އެގްޒެކްޓިވް ބާރު ބޭނުންކޮށްގެން އެ ނިންމާފަ އޮންނަ ނިންމުން އަނެއް ކޮޅަށް ޖަހާނެ މީހެއް ނޫން، އޭގަ އެއްވެސް ޖާއިޒު ކަމެއް ނޫނީ އެއްވެސް ސައްހަކަމެއް ހުރި ކަމަށް ނާޒިމްގެ ލޯޔަރުންނަށް ޤަބޫލުނުކުރެވޭކަމަށްވަންޏާ އެ ބޭފުޅުންގެ ކަމެއް އެ މައްސަލަ އަލުން ހުޅުވާލާތޯ ސުޕްރީމް ކޯޓްއަށް ވަޑައިގަތުން، އެއީކީ ރައީސް ޔާމީން ކުރަން ޖެހިވަޑައިގަންނަވާ ކަމެއް ނޫން " ރައީސް ޔާމީން ވިދާޅުވިއެވެ.

ކާނަލް ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައާއި ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަނީ ޖޫން މަހުގެ 22 ވަނަ ދުވަހު ސުޕްރީމް ކޯޓަށް ސިޓީއެއް ހުށައަޅާފައެވެ. އެސިޓީގައި ބުނެފައިވަނީ، ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރޓޑ.) މުޙައްމަދު ނާޒިމްގެ ގެއިން ފެނުނުކަމަށް ބުނާ ފިސްތޯލައާ ނާޒިމްއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. ފިސްތޯލައިގެ މައްސަލައިގަ ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އިރު އެ ފިސްތޯލައިން ނާޒިމް އަދި އެ އެޕާޓްމަންޓްގައި އުޅޭ އެއްވެސް މީހެއްގެ ފިންގަޕްރިންޓް ފެނިފައި ނުވެއެވެ. ފުލުހުން ކުރި ތަހުގީގުތަކަށް ފަހުން ބުނެފައި ވަނީ އެ ފިސްތޯލައިން ފެނިފައި ވަނީ އަދީބުގެ ފިންގަޕްރިންޓް ކަމަށެވެ. ނާޒިމްގެ މައްޗަށް ކުރި ހުކުމު އިސްތިއުނާފީ މައްސަލައިގައި ގޮތެއް ކަނޑައެޅުމުގެ ކުރިން ސުޕްރީމް ކޯޓަށް އެކަން އެންގި ނަމަވެސް އެކަމަށް ބެލުމެއް ނެތި ސުޕްރީމް ކޯޓުން ނިންމާފައި ވަނީ ކްރިމިނަލް ކޯޓާއި އަދި ހައި ކޯޓުން ކުރި ހުކުމުގައި މައްސަލައެއް ނެތް ކަމަށެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

08 ފެބުރުއަރީ 2017
ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
31 ޖެނުއަރީ 2017

ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް

31 ޖެނުއަރީ 2017
ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް
30 ޖެނުއަރީ 2017

ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު

30 ޖެނުއަރީ 2017
ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު
27 ޖެނުއަރީ 2017

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް