Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕެނިޝް ލީގު

ރެއާލުން ލީޑު ދެމެހެއްޓިއިރު، ބާސާ އެއްވަރު

އޮސަސޫނާ އާއި ބާސާ އެއްވަރުވީ 2-2 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 13 ޑިސެމްބަރު 2021 | ހޯމަ 08:31
ރެއާލާއި އެތުލެޓިކޯ ބައްދަލުކުރި މެޗުގެ ތެރެއިން

ރެއާލާއި އެތުލެޓިކޯ ބައްދަލުކުރި މެޗުގެ ތެރެއިން

ސްޕެނިޝް ލީގުގައި އާދީއްތަ ދުވަހުގެރޭ އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ތާވަލުގެ އެއްވަނައިގައި ރެއާލް މެޑްރިޑުން ލީޑު ދެމެހެއްޓިއިރު، އޮސަސޫނާއިން ފަހު ވަގުތު ބާސެލޯނާއާ އެއްވަރުކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ރެއާލް މޮޅުވީ ވާދަވެރި އެތުލެޓިކޯ އަތުން 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ރެއާލުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 16 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ވިނީޝިއަސް ޖޫނިއާ ނެގި ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ކަރީމް ބެންޒެމާއެވެ. މިއީ މި ސީޒަނުގެ ލީގުގައި ބެންޒެމާ ކާމިޔާބުކުރި 13 ވަނަ ލަނޑެވެ. އަދި އޭނާ ވަނީ މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި މިހާތަނަށް 18 ލަނޑު ހަމަކޮށްފައެވެ.

ބެންޒެމާގެ ލަނޑުން މެޗުގެ ކުރީކޮޅު ރެއާލުން ލީޑު ނެގިއިރު، ފުރަތަމަ ހާފުގައި އެތުލެޓިކޯގެ އެންޓޮއިން ގްރީޒްމަނަށް ވަނީ ނަތީޖާ އެއްވަރުކުރަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެއާއެކު މެޗުގެ ދެވަނަ ހާފު ފަށޑައިގެން 12 ވަނަ މިނެޓުގައި ރެއާލުން ވަނީ ލީޑު ފުޅާކޮށްފައެވެ. ވިނީޝިއުސް ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މާކޯ އަސެންސިއޯއެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި ރެއާލް އޮތީ އަށް ޕޮއިންޓުގެ ލީޑަކާއެކުއެވެ. އެގޮތުން އެ ޓީމަށް ކުޅުނު 17 މެޗުން 42 ޕޮއިންޓް ލިބިފައިވާއިރު، ތާވަލުގެ ދެވަނައިގައި އޮތް ސެވިއްޔާއަށް 16 މެޗުން ލިބިފައިވަނީ 34 ޕޮއިންޓެވެ.

މީގެ އިތުރުން ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ބާސާ އެއްވަރުވީ ރަށުން ބޭރުގައި ކުޅެ އޮސަސޫނާއާ 2-2 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން 12 ވަނަ މިނެޓުގައި ޕަބްލޯ ގަވީރާގެ އެހީތެރިކަމާއެކު ނިކޮލަސް ގޮންޒާލޭޒް ވަނީ ބާސާއަށް ލީޑު ނަގައިދީފައެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން އޮސަސޫނާއިން ނަތީޖާ އެއްވަރުކުރިއިރު، ޖޮން މޮންކައްޔޯލާ ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑޭވިޑް ގާސިއާއެވެ.

މި މެޗުގައި ބާސާއިން އަލުން ލީޑު ނަގާފައިވަނީ ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި އަބްދުއްސަމަދު އެޒަލްޒޯލީ ކާމިޔާބުކުރި ލަނޑުންނެވެ. މިއީ އުމުރުން 19 އަހަރުގެ އަބްދުއްސަމަދު ބާސާއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. އެކަމަކު މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް އެޒެކީލް އަވީލާ ވަނީ އޮސަސޫނާއަށް އަލުން ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗުން ފަހު ވަގުތު ބާސާ އެއްވަރުވިއިރު، މިއީ މި ފަހަރު ލީގުގައި ބާސާ އެއްވަރުވި ހަވަނަ މެޗެވެ. އެއާއެކު އެ ޓީމު އޮތީ ތާވަލުގެ އަށްވަނައިގައި ބާސާ އޮތީ 16 މެޗުން 24 ޕޮއިންޓާއެކުއެވެ. އެއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ރެއާލާ ބާސާއާ ދެމެދު 18 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް

ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް

08 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

05 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު