Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޭ 6ގެ ހަމަލާގެ ޝަރީއަތް

މޭ ހަޔެއްގެ ހަމަލާގެ ޝަރީއަތް: ދެން އޮންނާނީ އަދުހަމްގެ މައްޗަށް ހުކުމްކުރުން

12 ޑިސެމްބަރު 2021 | އާދީއްތަ 11:26

ހުކުމް ކުރުން މިމަހުގެ 14 ވަނަ ދުވަހުގެ ވަގުތަކަށް ތާވަލް ކުރުމަށް ގާޒީވަނީ ނިންމަވާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 12 ޑިސެމްބަރު 2021 | އާދީއްތަ 11:26
ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު

ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް މެއި 6 ވަނަ ދުވަހު ދިން ޓެރަރިސްޓު ހަމަލާގައި, ބޮންގޮއްވާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް, ދައުވާ އުފުލާފައިވާ އަދުހަމްގެ ޝަރީއަތުގެ އަޑުއެހުން ސިއްރުކޮށްގެން ކްރިމިނަލް ކޯޓުގައި ކުރިއަށްގެންގޮސްފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައި ވަނީ، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދުގެ މައްޗަށެވެ.

Advertisement - newsAdvertisement

ސިއްރުކޮށްގެން ކުރިއަށްގެންދިޔަ މި އަޑުއެހުން ނިންމާލީ، ދެން އޮންނާނީ ހުކުމް ކުރުމުގެ އަޑުއެހުންކަމަށް ނިންމުމަށްފަހުގައެވެ. އާދީއްތަ ދުވަހުގެ އަޑުއެހުމުގައިވަނީ ޕީޖީ އޮފީހާ އަދުހަމާ ދެމެދު ވެފައިވާ އިއުތިފާގެ އެއްބަސްވުން ޝަރީއަތުން ވަނީ ބަލައިގަތުމަށް ނިންމާފައެވެ. އަދުހަމާއެކު ވެފައިވާ އެއްބަސްވުމުގައި ވަނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.

ހުކުމް ކުރުން ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ވަގުތަކަށް ތާވަލް ކުރުމަށް ގާޒީވަނީ ނިންމަވާފައެވެ. 21 ސެޕްޓެންބަރ 2021ވީ އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ ޝަރީއަތުގައި އަދުހަމް ވަނީ، އެއްވެސް މަޖުބޫރުކަމެއް އަދި ނުފޫޒެއް ނެތި، ހަތަރު ދައުވާއަށް ވެސް އިއުތިރާފްވާކަމަށް ބުނެފައެވެ.

މި މައްސަލައާ ގުޅިގެން އަދުހަމުގެ މައްޗަށް ވަނީ 4 ދައުވާއެއް އުފުލާފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމުގެ ކުށުގެ ދައުވާއާއި، ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ކުށުގެ ދައުވާއާއި، ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާގެ އިތުރުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެ މީހެއްގެ ފުރާނަ ނަގާލަން މަސައްކަތް ކުރުމުގެ ކުށުގެ ދައުވާއެވެ.

މި ދައުވާތަކަށް ބަލާއިރު، ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ 20-25 އަހަރު، ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ 17-20 އަހަރު، ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ 3-5 އަހަރު އަދި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެ މީހެއްގެ ފުރާނަ ނަގާލަން މަސައްކަތް ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ 15-25 އަހަރުގެ ޖަލު ހުކުމެއް އަންނާނެކަން ދައުލަތުން ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި އުފުލާފައިވާ ދައުވާތައް ސާފުވެއްޖެކަން ފާހަގަކޮށް އަދުހަމް ބުނީ، އެއްވެސް މަޖުބޫރު ކަމެއް އަދި ނުފޫޒެއް ނެތި, އަމިއްލަ އިޚުތިޔާރުގައި 4 ދައުވާއަށްވެސް އިއުތިރާފުވާ ކަމަށެވެ. އަދުހަމުގެ އިއުތިރާފުގެ އެއްބަސްވުންވެސް ދައުލަތުން މިހާރު ވަނީ ކޯޓާ ހިއްސާކޮށްފައެވެ.

އެންމެ ފަހުންވެސް މި މަައްސަލައިގައި ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލިސް ވަކި ހިސާބަކުން ފަނޑިޔާރުންވަނީ ސިއްރުކުރައްވާފައެވެ. އެއީ ގައުމީ ސަލާމަތާ ގުޅުންހުރި ވާހަކަތަކެއް ޝަރީއަތުގެ މަޖިލީހުގައި ދެކެވޭތީ ކަމަށާއި، އެބައި ނިމުމުން އަލުން މަޖިލިސް ހުޅުވާލާނެ ކަމަށް ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!
01 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް