Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޭ 6 ގެ ހަމަލާގެ ޝަރީއަތް

މޭ ހަޔެއްގެ ހަމަލާގެ ޝަރީއަތް: އަދުހަމްގެ އަޑު އެހުން ސިއްރު

މި މައްސަލައިގައި ދައުވާ އުފުލާފައި ވަނީ، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދުގެ މައްޗަށް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 12 ޑިސެމްބަރު 2021 | އާދީއްތަ 09:21
އަދުހަމް މުހައްމަދު ރަޝީދު ކޯޓަށް ވައްދަނީ

އަދުހަމް މުހައްމަދު ރަޝީދު ކޯޓަށް ވައްދަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް މެއި 6 ވަނަ ދުވަހު ދިން ޓެރަރިސްޓު ހަމަލާގައި, ބޮންގޮއްވާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ އަދުހަމްގެ ޝަރީއަތުގެ އަޑުއެހުން އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ސިއްރުކޮށްފިއެވެ.

މި މައްސަލައިގެ އަޑުއެހުން ކޯޓުގައި ތާވަލު ކޮށްފައިއޮތީ، އާދިއްތަ ދުވަހުގެ މެންދުރު 1:00 އަށެވެ. މި މައްސަލައިގައި ދައުވާ އުފުލާފައި ވަނީ، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދުގެ މައްޗަށެވެ. އާދީއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައި އޮތީ އަދުހަމްގެ މައްޗަށް އުފުލާފައިވާ 3 ދައުވާއެއްގެ އަޑުއެހުމެކެވެ. އެއީ، ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމުގެ ކުށުގެ ދައުވާއާއި، ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ކުށުގެ ދައުވާއާއި، ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާއެވެ.

Advertisement - newsAdvertisement

21 ސެޕްޓެންބަރ 2021ވީ އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ ޝަރީއަތުގައި އަދުހަމް ވަނީ އެއްވެސް މަޖުބޫރުކަމެއް ނުފޫޒެއް ނެތި, ހަތަރު ދައުވާއަށް ވެސް އިއުތިރާފްވާކަމަށް ބުނެފައެވެ.

މި މައްސަލައާއި ގުޅިގެން އަދުހަމުގެ މައްޗަށް ވަނީ 4 ދައުވާއެއް އުފުލާފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމުގެ ކުށުގެ ދައުވާއާއި، ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ކުށުގެ ދައުވާއާއި، ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާގެ އިތުރުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެ މީހެއްގެ ފުރާނަ ނަގާލަން މަސައްކަތް ކުރުމުގެ ކުށުގެ ދައުވާއެވެ.

މި ދައުވާތަކަށް ބަލާއިރު، ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ 20-25 އަހަރު، ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ 17-20 އަހަރު، ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ 3-5 އަހަރު އަދި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެ މީހެއްގެ ފުރާނަ ނަގާލަން މަސައްކަތް ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ 15-25 އަހަރުގެ ޖަލު ހުކުމެއް އަންނާނެކަން ދައުލަތުން ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި އުފުލާފައިވާ ދައުވާތައް ސާފުވެއްޖެކަން ފާހަގަކޮށް އަދުހަމް ބުނީ، އެއްވެސް މަޖުބޫރު ކަމެއް އަދި ނުފޫޒެއް ނެތި, އަމިއްލަ އިޚުތިޔާރުގައި, 4 ދައުވާއަށްވެސް އިއުތިރާފުވާ ކަމަށެވެ. އަދުހަމުގެ އިއުތިރާފުގެ އެއްބަސްވުންވެސް ދައުލަތުން މިހާރު ވަނީ ކޯޓާ ހިއްސާކޮށްފައެވެ.

އެންމެ ފަހުންވެސް މި މަައްސަލައިގައި ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލިސް ވަކި ހިސާބަކުން ފަނޑިޔާރުންވަނީ ސިއްރުކުރައްވާފައެވެ. އެއީ ގައުމީ ސަލާމަތާ ގުޅުންހުރި ވާހަކަތަކެއް ޝަރީއަތުގެ މަޖިލީހުގައި ދެކެވޭތީ ކަމަށާއި، އެބައި ނިމުމުން އަލުން މަޖިލިސް ހުޅުވާލާނެ ކަމަށް ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު