Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޔާމީނަށް ކުރާ ދައުވާތައް

ޝަރީއަތް ނިމެންދެން ރައީސް ޔާމީނު ބަންދުކުރުމުގެ އަމުރު ހޯދުމަށް އިރުޝާދެއް ނުދޭ - ޕީޖީއޯ

12 ޑިސެމްބަރު 2021 | އާދީއްތަ 07:58

ޝަރީއަތް ނިމެންދެން ޔާމީނުގެ ޕާސްޕޯޓު ހިފަހައްޓައިދިނުމަށް ދައުލަތުން އެދުނު ނަމަވެސް އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 12 ޑިސެމްބަރު 2021 | އާދީއްތަ 07:58
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

ޝަރީއަތް ނިމެންދެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބަންދުކުރުމުގެ އަމުރެއް ހޯދަން ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމު އެއްވެސް އިރުޝާދު ދެއްވާފައި ނުވާ ކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.

ޕީޖީ މިގޮތަށް އިރުޝާދު ދެއްވާފައިވާ ކަމަށް ބުނެ އޮންލައިން ނޫހަކުން ފަތުރަމުންދަނީ ދޮގު މައުލޫމާތު ކަމަށް ޕީޖީ އޮފީހުން ރާއްޖެއެމްވީއަށް ވަނީ މައުލޫމާތުދީފައެވެެ.

ރ.ފުއްގިރި މައްސަލައިގެ ޝަރީއަތް ނިމެންދެން ޔާމީނުގެ ޕާސްޕޯޓު ހިފަހައްޓައިދިނުމަށް ދައުލަތުން އެދުނު ނަމަވެސް އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ޑިސެމްބަރު މަހުގެ 6ވަނަ ދުވަހު ކޯޓުން ވަނީ ކަނޑައަޅާފައެވެ.

އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ، މި މައްސަލައިގައި ޔާމީނުގެ މައްޗަށް ދައުވާ ކޮށްފައިވާ ކުށުގެ ބާވަތަށް ބަލާއިރު، ފުރުން މަނާ ކުރެވޭނެފަދަ ހާލަތެއް އޮތްކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެގޮތުން ޔާމީނުގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ލިބިފައިވާކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. ދައުވާ ފޯމާއެކު އެ ހެކިތައް ދައުލަތުން ވަނީ ހުށައަޅާފައެވެ.

ރާއްޖެ ދޫކޮށް ފުރައިގެން ދިއުމުގެ އިހުތިމާލު އޮތްކަމަށް ބަޔާންކޮށް ދައުލަތުން ބުނީ، ފިލައިގެން ގޮސްދާނެކަން ނުވަތަ ނޫންކަން ފަނޑިޔާރު ވަޒަން ކުރެއްވުމަށް ކުށުގެ ބާވަތަށް ބެލޭއިރު، ކޮރަޕްޝަންގެ ކުށްތައްވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ މައްސަލައިގައި ކުށް ސާބިތުވެފައިވާ ކުރީގެ ނާއިބުރައީސް އަހުމަދު އަދީބުވެސް ފިލައިގެން ދިއުމަށް މަސައްކަތް ކުރިކަން އޭގެ މިސާލެއްގެ ގޮތުން ދައުލަތުން ފާހަގަ ކުރިއެވެ.

އަދި ޔާމީނަކީ ފިލައިގެން ގޮސް އުޅުމުގެ މާލީ ތަނަވަސްކަން ހުރި މީހެއްކަން ބޭންކް ސްޓޭޓްމަންޓާއި، ޔާމީނުގެ މަގާމުގެ ޙައިސިއްޔަތުން އޮންނާނެ "ކޮންޓެކްޓްސް" އިންވެސް ދޭހަވާ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. މި މައްސަލައިގެ އިތުރުންވެސް އިތުރު މައްސަލަ ޔާމީނުގެ މައްޗަށް ހިނގަމުންދާކަމަށް ވަކީލާ ވިދާޅުވިއެވެ.

ދިފާއުން އެދުނީ ޕާސްޕޯޓު ހިފެހެއްޓުމަށް ދައުލަތުން އެދުނު އަމުރު ބާތިލު ކުރުމަށެވެ.

މައްސަލައާއި ގުޅިގެން ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ޝަކީލު ވަނީ ޕާސްޕޯޓު ހިފެހެއްޓުމަށް އަމުރު ނެރެވޭނެ ހާލަތްތަކާއި އެ އަމުރުގައި ފުރިހަމަވާން ޖެހޭ ކަންކަން ބަޔާން ކުރައްވާފައެވެ. އެގޮތުން ގާޒީ ވިދާޅުވީ، މި މައްސަލައިގައި ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން މަދަނީ މިންގަނޑުން ބަލާއިރު ޕާސްޕޯޓު ހިފެހެއްޓޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށެވެ. އަދި ކުށުގެ ތުހުމަތު ކުރެވޭ މީހާ ރާއްޖެ ދޫކޮށް ދިއުމުގެ އިހުތިމާލަށް ބަލާއިރު، އެމީހަކު ކުރި ކުށުގެ ބާވަތާއި، ކުރިންވެސް ފިލައިގެން އުޅޭ މީހެއްތޯ ބެލުމާއި، އެމީހަކީ ފިލައިގެން ބޭރުގައި އުޅުމުގެ މާލީ ތަނަވަސްކަން ހުރި މީހެއްކަން ފަދަ ކަންކަމަށް ބަލާއިރު، މި މައްސަލައިގައި ރާއްޖެ ދޫކޮށް ފިލައިގެން ގޮސްދާނެކަމަށް ބަލައި ދައުލަތުން ވަނީ ސަބަބުތަކެއް ހުށައަޅާފައެވެ. އަދި އެމަނިކުފާނު ފިލައިގެން ގޮސްފިނަމަ، ދައުވާ ކުރިއަށް ގެންދިއުމަށް ދަތިވާނެކަން ބަޔާން ކުރިނަމަވެސް، ފިލައިގެންދާން އުޅޭކަން އެނގޭ އެއްވެސް ހެއްކެއް އަދި ސަބަބެއް ނެތްއިރު، ހިފެހެއްޓުމަށް ހުށައަޅާފައިވާ ޕާސްޕޯޓަކީވެސް މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއްކަން ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، ޔާމީނުގެ ދައުވާތައް ހިންގުމަށް ރާއްޖޭގައި މަޑުކުރަން ޖެހޭތީ ޔާމީން ފުރުން މަނާ ކުރުމުގެ ސަބަބެއް އޮތްކަން ގަބޫލު ކުރެވުނު ނަމަވެސް، ވުޖޫދުގައި ނެތް އެއްޗެއް ހިފަހައްޓާނީ ކިހިނެއްތޯ ފަނޑިޔާރު ވަނީ ސުވާލު އުފައްދަވާފައެވެ. ފަނޑިޔާރު ވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށް ކަނޑައަޅުއްވާފައެވެ. ނަމަވެސް ބޭރަށް ފުރަން އުޅޭކަމުގެ އެއްވެސް ހެއްކެއް ލިބިއްޖަނަމަ، އެފަދައިން އެދުމުގެ ފުރުސަތު އޮތްކަން ފާހަގަ ކުރެއްވިއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް