Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަސައްކަތްތެރިންނަށް އިހުތިރާމް ނުކުރުން

"ކުނިމީހާ" އޭ ހެއްޔެވެ؟ އިހަށް ތާހިރު ކުރަންޖެހެނީ އަނގައެވެ.

12 ޑިސެމްބަރު 2021 | އާދީއްތަ 05:26

ކުނި ނަގާ މީހުންނަށް އެކި ކަހަލަ އުނދަގޫތައް ކުރިމަތިކުރޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 12 ޑިސެމްބަރު 2021 | އާދީއްތަ 05:26
ވެމްކޯގެ މަސައްކަތްތެރިން

ވެމްކޯގެ މަސައްކަތްތެރިން

މީހަކު އާމްދަނީ ހޯދުމަށް ކުރާ މަސައްކަތެއްގެ ސަބަބުން ނުވަތަ މީހަކު ހުންނަ ގޮތެއްގެ ސަބަބުން އެމީހަކަށް އެހެން މީހުންގެ ފާޑުކިޔުމާއި، މަލާމާތް ރައްދުވާތަން ފެނެއެވެ. އެމީހަކު ކުރާ މަސައްކަތެއްގެ ސަބަބުން އެމީހެއްގެ ތައުލީމީ ފެންވަރާއިމެދު ސުވާލު އުފައްދައެވެ. އެމީހުންނަކީ އަޚުލާގު ދަށް ބަޔަކަށް ވެގެންދެއެވެ. މިއީ މި މުޖުތަމައުގައިވެސް ހިނގާ ވަރަށް ދަށު ދަރަޖައިގެ އަމަލެކެވެ. މިފަދަ ވާހަކަތައް އެންމެ ބޮޑަށް ދައްކަނީ އަހަރުމެންގެ ގޭގެއިން އުފައްދާ ކުނި ނަގައި، އެ ކުނިތައް އުކާލަދޭ ވެމްކޯގެ މުވައްޒަފުންނަށް އަމާޒުކޮށެވެ.

ހަގީގަތުގައި އެމީހުން އެ ކޮށްދެނީ ހާދަހާ މުހިންމު މަސައްކަތެކެވެ. ވިސްނާލަބަލާށެވެ. އެމީހުން އަހަރުމެންގެ ގޭގެއިން ކުނި ނުނަގައިދޭނަމަ އެ ކުނިތައް ނަގައިދޭން އަންނާނީ ކާކު ހެއްޔެވެ؟ ތިޔަގޭގައި އުޅޭ ފިރިހެން ވެރިން އެކަން ކުރާނެ ހެއްޔެވެ؟ އެއްވެސް ޝަކުވާއެއް ނުކޮށް ދެތިން ދުވަހަށް އެފަދަ މަސައްކަތެއް ކޮށްދީފާނެއެވެ. އެހެންނަމަވެސް ދެން ފެންނާނީ އެކަންވެސް ނުވާތަނެވެ. އެހެންކަމަށްވާއިރު ވެމްކޯގެ މުވައްޒަފުން އެކޮށްދެނީ ކިހާ މުހިންމު، ކިހާ ބޮޑު މަސައްކަތެއްކަން ނުވިސްނުމަކީ ދެރަކަމެކެވެ.

އެމީހުން އެކުރާ މަސައްކަތަކީ އަހަރުމެން އެންމެންގެ ގަދަރާއި އިހުތިރާމު ބޭނުންވާ ނުހަނު މުހިންމު މަސައްކަތެކެވެ. އެހެންނަމަވެސް އެމީހުން އެ ޚިދުމަތުގައި އުޅޭއިރު އެމީހުންނާ ދިމާލަށް ނުރުހިފައި ބަސް ބުނެވޭތަން އާދެއެވެ. އެމީހުންނަކީ ވަރަށް ދަށު ދަރައިގެ ބަޔަކަށް ހަދާލައެވެ. އެމީހުންނަކީ އެއްވެސް ތައުލީމެއް ލިބިފައިނެތް އަޚުލާގު ދަށް ބަޔަކަށް ހަދާލައެވެ. އެހެންނަމަވެސް މީހަކު ހުންނަ ގޮތަކުން ނުވަތަ މީހަކު ކުރާ މަސައްކަތަތަކުން އެމީހެއްގެ ތައުލީމީ ފެންވަރު ދެނެގަތުމަކީ ނުކުރެވޭނެ ކަމެކެވެ. މީހަކާ ދިމާލަށް އެެއީ ތައުލީމެއް ލިބިފައި ނެތް މީހެކޭ ބުނުމަކީ ތިމާގެ ތައުލީމީ ފެންވަރުގެ ދަށްކަން ހާމަކޮށްދޭ ކަމެކެވެ.

އެމީހުން މަސައްކަތުގައި އުޅޭ ވަގުތު އެމީހުންނަށް އެކި ކަހަލަ އުނދަގޫތައް ކުރިމަތިކުރުވުމާއި، އެމީހުންގެ މަސައްކަތަށް ހުރަސް އަޅަމުން ދެއެވެ. އެގޮތުން ތަންތަނުން ކުނި އަޅައިގެން ދުއްވާ ޑަސްބިން ޓްރޯލީ ދުއްވާނެ ތަން މަގުމަތިން ނުދިނުމާއި، އެމީހުންނާ މަގުމަތިން ދިމާކޮށް، މާރާމާރީ ހިންގަމުންދެއެވެ. އެމީހުން ކޮށްދޭ މަސައްކަތުން އަހަރުމެންނަށް ލިބެނީ ކިހާ ބޮޑު ލުޔެއް ކަމާއިމެދު ވިސްނައިނުލައެވެ.

އަހަރުމެންނަށް މިހާ ބޮޑު ޚިދުމަތެއް ކޮށްދޭ ބަޔަކަށް އަހަރުމެން ގަދަރު ނުކުރާކަން ހާމަވާ އަނެއް ކަމަކީ އެމީހުންނަށް ނިސްބަތްކޮށް "ކުނިމީހާ" އޭ ބުނުމެވެ. ކުޑަކުދިންނަކީ ވަރަށް އަވަހަށް ކަންކަން ދަސްކުރާ ބަޔަކަށް ވާއިރު، ބޮޑެތި މީހުން އެހެން ބުނުމުން ކުޑަކުދިންވެސް އެމީހުންނަށް ކިޔައިއުޅެނީ ކުނި މީހާއެވެ. އެމީހުން ގެއަށް ކުނި ބަލާ ދިއުމުން ކުނި މީހާ އައީއޭ އެ ކުދިން ބުނެއެވެ. މިއީ ވަރަށް ދެރަ ކަމެކެވެ. އެންމެ ކުޑައިރުން ފެށިގެން ތުއްތު ކުދިންނަށް އެ ދައުކުަވައިދެވެނީ ވަރަށް ހަޑި ނަމޫނާއެކެވެ. އެއީ ކުނި މީހާ ނޫންކަން އެކުދިންނަށް ކިޔައިދޭން ޖެހެއެވެ.

އެމީހުން ކޮށްދެނީ ކިހާ މުހިންމު ޚިދުމަތެއްކަން ބޮޑުވަމުން އަންނަ ކުދިންނަށް ކިޔައިދޭންޖެހެއެވެ. މާތް ﷲ އެ މަސައްކަތެއް ހަރާމްނުކުރައްވާހާ ހިނދަކު އެއީ މުޑުދާރު މަސައްކަތެއް ނޫނެވެ. އެކަން އެ ކުދިންނަށް ކިޔައިދޭން ޖެހެއެވެ. އެއީ ބޭރުން އައިސް ހުރި މަސައްކަތްތެރިއެއް ނަމަވެސް މެއެވެ. އެމީހުންނަށް އަމާޒުކޮށް ދެރަ ބަސް ބަސް ބުނުމަކީ ހަޑި ކަމެއްކަން އެކުދިންނަށް ބުނެދޭން ޖެހެއެވެ.

އެހެން މީހަކަށް ކަމެއްގެ ރަނގަޅު ގޮތް ކިޔައިދިނުމުގެ ކުރިން އެންމެ ފުރަތަަމަ ޖެހެނީ އަމިއްލަ މީހާގެ ވިސްނުން ބަދަލުކޮށް ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރާށެވެ. އަހަރުމެން އެމީހުންނާމެދު އަމަލުކުރާ ގޮތާ، ދައްކާ ވާހަކަތަކާ ދިމާވާންޖެހެއެވެ. ކުނި އުކައިދޭ މީހުންވެސް އެ ކުރަނީ ގަދަރުވެރި މަސައްކަތެއްކަން އަހަރުމެން ގަބޫލުކުރަންޖެހެއެވެ. އެހެން މީހަކަށް އެކަމުގެ ރަނގަޅު ގޮތް ކިޔައިދެވޭވަރު މީހަކަށް ތިމާ ވާނީ އޭރުންނެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

19 މެއި 2018

ވެމްކޯއިން ކުނި އުކާލިއްޔާ މާ ތާހިރުވާނެ!

19 މެއި 2018
ވެމްކޯއިން ކުނި އުކާލިއްޔާ މާ ތާހިރުވާނެ!
16 މާރިޗު 2018

ގާނޫނީ ވެރިކަމެއް އެބަ އޮތް ހެއްޔެވެ؟

16 މާރިޗު 2018
ގާނޫނީ ވެރިކަމެއް އެބަ އޮތް ހެއްޔެވެ؟
03 ޑިސެމްބަރު 2017

ރައްޔިތުން ފެލާނެ ވާހަކަ ބަޖެޓުގައި ޖެހުމުން ވެސް ރައްޔިތުން ހަމަ ޖިޒީ ދައްކަ ދައްކައި ތިބެންވީ ހެއްޔެވެ؟

03 ޑިސެމްބަރު 2017
ރައްޔިތުން ފެލާނެ ވާހަކަ ބަޖެޓުގައި ޖެހުމުން ވެސް ރައްޔިތުން ހަމަ ޖިޒީ ދައްކަ ދައްކައި ތިބެންވީ ހެއްޔެވެ؟
19 ނޮވެމްބަރު 2017

ގައުމީ ދުވަސް: ބޮޑުތަކުރުފާނު ފަސްތާނުލާފައިވާ ބިން ހަމަ ނަގަނީ ހެއްޔެވެ؟

19 ނޮވެމްބަރު 2017
ގައުމީ ދުވަސް: ބޮޑުތަކުރުފާނު ފަސްތާނުލާފައިވާ ބިން ހަމަ ނަގަނީ ހެއްޔެވެ؟
11 އޯގަސްޓު 2017

ރައީސް ޔާމީނެވެ، މަނިކުފާނަށް އެނގި ވަޑައިގަންނަވަނީ ކޮންކަމެއް ހެއްޔެވެ؟

11 އޯގަސްޓު 2017
ރައީސް ޔާމީނެވެ، މަނިކުފާނަށް އެނގި ވަޑައިގަންނަވަނީ ކޮންކަމެއް ހެއްޔެވެ؟
20 ޖޫން 2017

ސަރުކާރުގެ ތެރޭގައި ހަމަ ރަނގަޅަށްވެސް ހަމަ ނުޖެހުން އޮތީހެއްޔެވެ!

20 ޖޫން 2017
ސަރުކާރުގެ ތެރޭގައި ހަމަ ރަނގަޅަށްވެސް ހަމަ ނުޖެހުން އޮތީހެއްޔެވެ!
13 މެއި 2017

ބަލި ގަބޫލުކުރަންވެސް ނޭނގެނީ ހެއްޔެވެ؟

13 މެއި 2017
ބަލި ގަބޫލުކުރަންވެސް ނޭނގެނީ ހެއްޔެވެ؟
01 އެޕްރީލު 2017

ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

01 އެޕްރީލު 2017
ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟
10 މާރިޗު 2017

ދިވެހި ވެލީގައި ގައުމީ އިހްސާސްވޭ ހެއްޔެވެ؟

10 މާރިޗު 2017
ދިވެހި ވެލީގައި ގައުމީ އިހްސާސްވޭ ހެއްޔެވެ؟
29 ޖެނުއަރީ 2017

ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟

29 ޖެނުއަރީ 2017
ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް