Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ގާނޫނީ ވެރިކަން

ގާނޫނީ ވެރިކަމެއް އެބަ އޮތް ހެއްޔެވެ؟

ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށް، މެމްބަރުން ޖަލަށް ލާފައި

ހުސެން ފިޔާޒް
ހުސެން ފިޔާޒް, ރާއްޖެ އެމްވީ | 16 މާރިޗު 2018 | ހުކުރު 13:34
ރައީސް ޔާމީނާއި އެ މަނިކުފާނު 500 ޕަސެންޓަށް އިތުބާރު ކުރެއްވި، މިހާރު ޖަލަށް ލާފައި އޮންނެވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު

ރައީސް ޔާމީނާއި އެ މަނިކުފާނު 500 ޕަސެންޓަށް އިތުބާރު ކުރެއްވި، މިހާރު ޖަލަށް ލާފައި އޮންނެވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު

ހިޓިލަރު ވެސް ކުރީ އޭނާ ގަބޫލުކުރާ ގާނޫނީ ވެރިކަމެކެވެ. ބޭނުންވާ ގޮތަށް ހުކުމް ނެރެން ކޯޓްތައް ބަދަލުކޮށްލި އެވެ. ބޭނުންވާ ގޮތަށް ގާނޫނުތައް ހަދަމުން ދިޔަ އެވެ. ވާދަވެރިން ހައްޔަރުކޮށް ޖަލަށްލި އެވެ. ވެރިކަމާ ތޮޅެލަން ކެރޭ ވަރުގެ "ހިޔަންޏެއް ވެސް" ނުބެހެއްޓި އެވެ. ދެން ރާއްޖޭގެ ހާލަތަށް ވިސްނާލާށެވެ. މާބޮޑު ތަފާތެއް ނެތެވެ.

ސަރުކާރަށް ނުވަތަ ވެރިކަން ހިންގާ ބާރަށް "ގާނޫނީ ވެރިކަން" މިފަދައިން ނިސްބަތްކުރުން މި ދުވަސްވަރު ގިނަވެފައި ވާއިރު، މިއީ މާނައެއް ނެތް ނަމެއް ނޫނެވެ. ގާނޫނީ ވެރިކަމަކީ ގާނޫނާ އެއްގޮތަށް ރައްޔިތުން އުފައްދާ، ރައްޔިތުންނަށްޓަކައި ހިންގާ ވެރިކަމެވެ. ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުން، ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ އަދި ދެމި އޮންނަނީ ރައްޔިތުންގެ ކިބައިގައެވެ. މި ބާރުވެރިކަން ރައްޔިތުންނަށްޓަކައި އިންސާފާއި ހަމަހަމަކަމާއެކު ހިންގައި ދިނުމަށް، ރައްޔިތުންގެ ފަރާތުން ހަވާލުކޮށްފައި ވަނީ، ގާނޫނު ހެދުމުގެ ބާރު (ރައްޔިތުންގެ މަޖިލިސް) އާއި ވެރިކަން ހިންގުމުގެ ބާރު (ސަރުކާރު) އަދި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު (ކޯޓްތައް) އާ އެވެ. ދައުލަތުގެ އެންމެ އިސް ވެރިޔަކީ ވެރިކަން ހިންގުމުގެ ވެސް ވެރިޔާ، ރައީސުލްޖުމްހޫރިއްޔާ ކަމަށް ގާނޫނު އަސާސީގައި ބުނެފައި އޮތަސް، މި ތިން ބާރުން، އެއް ބާރު އަނެއް ބާރުގެ މައްޗަށް ގަދަވެގަނެވޭނެ ގާނޫނީ ބާރެއް ނެތެވެ. ތިން ބާރުން ވެސް އަމަލު ކުރަންޖެހޭނީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

ރައީސް ޔާމީނާއި އަސޭލާ

"ގާނޫނީ ވެރިކަމޭ" ނުވަތަ "ގާނޫނީ ސަރުކާރޭ" އަޑުހަރުކޮށް ބުނާ މީހުންނަށް ދައުލަތެއްގެ ފަލްސަފާ އެންމެ ފުރިހަމައަށް މޭރުންވެފައި އޮތް ކަމަކަށް އާޖުފާޖު ދަންނަ ހަމަ އެކަކުވެސް ގަބޫލެއް ނުކުރެއެވެ. އާޖުފާޖު ދަންނަ މީހުން އެ ފަލްސަފާ ވިދާޅުވެދެއްވަނީ މިގޮތަށެވެ. ދައުލަތަކީ ރައްޔިތުންނެވެ. އެމީހުންގެ ކަންކަން ބަލަހައްޓައި އިންތިޒާމުކޮށް، ރާވާ ހިންގުމަށް އެމީހުންގެ ތެރެއިން ގިނަ މީހުން އިއްތިފާގުވެގެން އައްޔަނުކުރެވޭ މީހުންނަށް ކިޔަނީ ސަރުކާރެވެ. ސަރުކާރޭ ކިޔޭ މީހުން ރައްޔިތުންނާމެދު އަމަލުކުރާނޭ ގޮތް ކަނޑައަޅަން ރައްޔިތުން ވަކި މުއައްސަސާއެއް އުފައްދައެވެ. މި ރާއްޖޭގައި އެ މުއައްސަސާއަށް ކިޔަނީ ރައްޔިތުންގެ މަޖިލީހެވެ. އެވަރުން ފުދުނީކީ ނޫނެވެ. އެ މަޖިލީހުން ކަނޑައަޅާ އުސޫލުތަކާ ޚިލާފަށް ވެރިކަން ހިންގާނަމަ އެކަން ފާހަގަކޮށް ހުއްޓުވައި ފައިސަލާކުރަން ވެސް ރައްޔިތުން ބަޔަކު އިސްކުރެއެވެ. އެއީ މި ކިޔާ ކޯޓުތަކެވެ. ނަމަވެސް މިއަދު ދިވެހި ދައުލަތުގެ ތިން ބާރުގެ ހާލަތަށް ވިސްނާލާށެވެ.

ގާނޫނީ ވެރިކަން ހަވާލުކޮށްފައިވާ ފަރާތްތަކުން އަމަލުކުރަމުންދާ ގޮތް ބަލައި، ޒިންމާދާރުކުރުވަން އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލިގެން ދިއުމުން، ރައްޔިތުންގެ މަޖިލިސް ގޯސްވެއްޖެ އެވެ. ވެރިކަން ހިންގާ ބާރުން ނޭދޭ ފަދަ އަމުރެއް ނެރުމުން ސުޕްރީމް ކޯޓް ގޯސްވެއްޖެ އެވެ. ނަތީޖާއެއްގެ ގޮތުން ވެރިކަން ހިންގުމަށް އިސްކުރެވުނު މީހުން، ގާނޫނު ހަދާ މީހުންނާއި، ނިޔާ ކަނޑައަޅާ މީހުންގެ ބާރު ނައްތާލައި، އެމީހުން ހުރަގެއަށް ލިއެވެ. ގާނޫނު އަސާސީގައި ބަޔާންކުރާ ތިން ބާރުގެ ތެރެއިން އެއް ބާރުން، އަނެއް ދެ ބޭރު ހިސޯރުކޮށް، އެ ދެ ބާރު ހިންގަން ތިބި މީހުން ހުރަގެއަށްލި ވެރިކަމެއް "ގާނޫނީ" ވާނޭ އެއްވެސް އުސޫލެއް ހަމައެއް ހައްދަވައިގެން ނެތެވެ.

މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ ނައިބު ރައީސް މަގާމުން ދުރުކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ބާރެއް ކަމަށް ބުނެފައިވާއިރު، ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިމުގެ ތެރެއަށް ވަދެގަނެފި އެވެ. މިއީ ގާނޫނީ ވެރިކަމުގެ އުސޫލެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލިގެންދާނެ ގޮތާއި ގެއްލިގެން ނުދާނެ ގޮތްތައް ގާނޫނު އަސާސީގައި ބަޔާންކޮށްފައި ވަނިކޮށް، ގާނޫނު އަސާސީ އާއި ހިލާފަށް ވެރިކަމުގެ ބާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލުވާލައި އަސްކަރިއްޔާ މެދުވެރިކޮށް ރައްޔިތުންގެ މަޖިލިސް ވަނީ ހިސޯރުކޮށްފަ އެވެ. މިއީ ގާނޫނީ ވެރިކަމަކުން ކުރާނެ ކަމެއް ނޫނެވެ.

އަސްކަރިއްޔާއިން މަޖިލިސް ހިސޯރުކޮށްފައި

ވެރިކަން ހިންގުމުގެ ބާރުގެ އެންމެ އިސް ފަރާތަކީ ރައީސުލްޖުމްހޫރިއްޔާއޭ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ފަދައިން، އަދުލް އިންސާފު ގާއިމުކުރުމުގެ ބާރުގެ އެންމެ އިސް ވެރިޔަކީ އުއްތަމަ ފަނޑިޔާރު ކަމަށް ވެސް ބަޔާންކޮށްފައި އޮތީ ގާނޫނު އަސާސީގަ އެވެ. ސުޕްރީމް ކޯޓްގެ އަމުރު ތަންފީޒު ނުކޮށް އިއުލާނު ކުރެވުނު ކުއްލި ހާލަތުގެ ދަށުން، ސުޕްރީމް ކޯޓާއި ކްރިމިނަލް ކޯޓް ވެސް ހިސޯރުކޮށް، އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރި އެވެ. އަދި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު މަގާމުން ދުރުކުރުމަށްޓަކައި އާންމުކޮށް އިއުލާނުކުރުމަށް ފަހު ފަނޑިޔާރުންގެ ގާާނޫނަށް ބަދަލުގެނަ އެވެ. ފަނޑިޔާރުންނާމެދު ފިޔަވަޅު އަޅަންވީ ގާނޫނީ ހަމަ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާއިރު، އެ އުސޫލު މުގުރާލައި ފާސްކުރި ބިލް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަސްދީގުކުރައްވާފަ އެވެ. މިފަދަ އަމަލުތައް ގާނޫނީ ވެރިކަމެއްގައި ނުފެންނާނެ އެވެ.

ގާނޫނީ ވެރިކަން ކުރުމަށް ރައްޔިތުން އިންތިހާބުކުރާ ވެރިޔަކު މަގާމުން ދުރުކުރެވޭނެ ގޮތް އެބަ އޮތެވެ. ރައްޔިތުން ހިތްހަމަ ނުޖެހޭ ނަމަ އަޒުލުކުރެވޭނެ އެވެ. ލާޒިމު ސިފައެއް ގެއްލިއްޖެ ނަމަ، މަގާމުން ދުރު ކުރެވޭނެ އެވެ. އިހްތިޖާޖު ވެސް ކުރެވޭނެ އެވެ. މުޒާހަރާ ވެސް ކުރެވޭނެ އެވެ. ނަމަވެސް ގާނޫނީ ވެރިކަމޭ ކިޔާ ބޭފުޅުން ވަނީ މި ހައްގުތައް ނިގުޅައި ގަނެ، މޭޑޭ ގައި ވެސް ގެންނަން އުޅުނީ ބަޣާވާތެއް ކަމަށް ދެކުނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ، ގާނޫނީ ވެރިކަމޭ ބުނާ މީހުންނަށް ފެނުނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގެންނަން އުޅުނު ބަޣާވާތެއްގެ ގޮތުގަ އެވެ. އަދި ސުޕްރީމް ކޯޓުގެ އަމުރު ވެސް އެ މީހުންނަށް ފެނިގެން ދިޔައީ ބަޣާވާތެއްގެ ގޮތުގަ އެވެ. ގާނޫނުގައި ބަޔާންކޮށްފައިވާ ހަމައިގެ ތެރެއިން، އިންތިހާބީ މަގާމެއްގައި ހުރި މީހަކު ދުރުކުރުމަކީ ގާނޫނާ ހިލާފު ކަމެއް ނޫނެވެ. މިކަން ގަބޫލުނުކޮށް، ތިމާގެ ބާރުވެރިކަން ދެމެހެއްޓުމަށް މުޅި ނިޒާމު ފުނޑުފުނޑުކޮށްލައި، ދައުލަތް ހަރާބުކުރުމަކީ ގާނޫނީ ވެރިކަން ކުރާ ބަޔަކު ކުރާނެ ކަމެއް ނޫނެވެ.

ރައީސް ޔާމީންގެ މައްޗަށް ތުހްމަތު ކުރެވޭ މައްސަލަތައް ތަހްގީގެއް ނުކުރެވޭ

ރައްޔިތުންގެ މުދަލާއި ފައިސާއަށް އަމާނާތްތެރިވުމަކީ ވެރިކަމުގެ ފަރާތުގެ ޒިންމާއެކެވެ. ނަމަވެސް އެކަމަށް ހިޔާނަތްތެރިވެ، ރައްޔިތުންގެ ފައިސާ އާއި މުދަލުން ވައްކަންކޮށް، ތިމާގެ މަންފާއަށް ނުއަގުގައި ރަށްރަށާއި ފަޅުފަޅާއި ބިންތައް ދޫކުރުމަކީ ގާނޫނީ ވެރިކަމަކުން ކުރާނެ ޒާތުގެ ކަމެއް ނޫނެވެ. ހާކިމާއަށް ތާއީދުކުރާ ނަމަ، އެ މީހާ ކުރާ ކުށެއް ކުށަކަށް ނުވެ، ވާދަވެރިން ހުރަގެއަށް ލަމުންދާނަމަ މިއީ ގާނޫނީ ވެރިކަމެއް ނޫނެވެ. މާލިއްޔަތު ކައި ހުސްކޮށް، ހަރާން ފައިސާ ގެއަށް ވަން ކަމަށް އިއުތިރާފުވެފައިވާއިރު، އެކަން ނުބެލޭ ވެރިކަމަކީ ގާނޫނީ ވެރިކަމެއް ނޫނެވެ. އަދުލުވެރި ނުވާ ވެރިޔަކު ނަމަ، އެއީ ގާނޫނީ ވެރިއެއް ނޫނެވެ.

ގާނޫނު އަސާސީގެ 106 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ގާނޫނުއަސާސީ ދަމަހައްޓައި، ދިފާޢުކޮށް، ގާނޫނުއަސާސީ އަށް ހުރުމަތްތެރިކޮށް ހިތުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވާޖިބެއް ކަމަށެވެ. އެ މީހުން އެ ބުނީ "ގާނޫނީ ވެރިކަމުގެ" ވެރިޔާ އަމަލުކުރަނީ ގާނޫނީ އުސޫލުންތޯ ސުވާލު އުފައްދާ މީހުން ގިނަވުމުން، އެކަން ބަލައި ޒިންމާދާރުކުރުވަން އޮތް ގާނޫނީ ދެ ބާރު މިވަނީ ވާގި ނައްތާލާފަ އެވެ. މިވަރުން ވެސް ދެން ކިޔަންވީ ގާނޫނީ ވެރިކަންތޯ އެވެ. ހިޓިލަރު ހިންގި އުސޫލުން ވެރިކަން ހިންގާނަމަ، ގާނޫނީ ވެރިކަމޭ ބުނެވޭނެ ގާނޫނީ ހަމައެއް ނެތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ހުސްގަޔާ ރުކަށް އަރާއޮތް ރާވެރިބެ ކޯޓް ފަޓްލޫނުގައި ކައުންސިލަށް!

ހުސްގަޔާ ރުކަށް އަރާއޮތް ރާވެރިބެ ކޯޓް ފަޓްލޫނުގައި ކައުންސިލަށް!

05 ޖޫން 2017
އިންޑިއާގައި ޒިކާ ވައިރަސް އަސްލު އޮތް މިންވަރު ސިއްރު ކުރަން އުޅެނީ ބާ؟

އިންޑިއާގައި ޒިކާ ވައިރަސް އަސްލު އޮތް މިންވަރު ސިއްރު ކުރަން އުޅެނީ ބާ؟

31 މެއި 2017
ވެރިކަން ބަދަލުވާ މަންޒަރު އެބަ ފެނޭތަ؟

ވެރިކަން ބަދަލުވާ މަންޒަރު އެބަ ފެނޭތަ؟

30 މެއި 2017
ބަލި ގަބޫލުކުރަންވެސް ނޭނގެނީ ހެއްޔެވެ؟

ބަލި ގަބޫލުކުރަންވެސް ނޭނގެނީ ހެއްޔެވެ؟

13 މެއި 2017
ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

21 އެޕްރީލު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު