Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ދައުލަތުގެ އާމްދަނީ

ނޮވެމްބަރ މަހު ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީން

ޓެކްސްގެ ގޮތުގައި ދައުލަތަށް 976 މިލިއަން ރުފިޔާ ވަނީ ލިބިފައި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 11 ޑިސެމްބަރު 2021 | ހޮނިހިރު 17:26
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)

މިއަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައި ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީން ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ން ބުނެފިއެވެ.

މީރާއިން ނެރުނު މިއަހަރުގެ ނޮވެމްބަރ މަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޓެކްސްގެ ގޮތުގައި ދައުލަތަށް 976 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ޓެކްސް ނޫން އެހެނިހެން ގޮތްގޮތުން މިދިޔަ މަހު ދައުލަތަށް ލިބުނީ 267.4 މިލިއަން ރުފިޔާއެވެ. މިދިޔަ މަހުގެ ތެރޭގައި ދައުލަތަށް ޖުމްލަ 1،243.4 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

Advertisement - businessAdvertisement

މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ޖީއެސްޓިގެ ގޮތުގައި މިދިޔަ މަހު ދައުލަތަށް ލިބުނީ 773.39 މިލިއަން ރުފިޔާއެވެ. އަދި އިންކަމް ޓެކްސްގެ ގޮތުގައި 80.82 މިލިއަން ރުފިޔާ ލިބުނު އިރު، ގްރީން ޓެކްސްގެ ގޮތުގައި ލިބިފައި ވަނީ 75.85 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ލީސް އެކްސްޓެންޝަންގެ ގޮތުގައި 77 މިލިއަން ރުފިޔާ ދައުލަތަށް ލިބުނެވެ.

މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައި ދައުލަތަށް ލިބުނު އާމްދަނީ ވަނީ 168.4 އިންސައްތަ އިތުރުވެފައެވެ. މިއީ މިއަހަރުގެ ނޮވެމްބަރ މަހަށް އަންދާޒާ ކުރިވަރަށްވުރެ 51.8 އިންސައްތައިގެ އިތުރުވުމެކެވެ. މި އަހަރާ އަޅާބަލާއިރު މިދިޔަ އަހަރުގެ ނޮވެމްބަރ މަހު އާމްދަނީ އެހާ ބޮޑުތަން ދަށްވީ ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް މައިގަނޑު ގޮތެއްގައި އާމްދަނީ ވަންނަ ހުރިހާ ދޮރެއް ބަންދުވުމާ ގުޅިގެންނެވެ.

މީރާއިން ބުނީ މިއަހަރުގެ ނޮވެމްބަރ މަހު އާމްދަނީ އިތުރުވީ އިންކަމް ޓެކްސްއާއި، ޓޫރިޒަމް ބިމު ކުއްޔާއި، ޖީއެސްޓީއާއި، ގްރީން ޓެކްސް، އަދި އެއާޕޯޓް ޓެކްސް އިތުރުވުމުގެ ސަބަބުން ކަމަށެވެ. މީގެ އިތުރުން މިދިޔަ މަހު ލީސް އެކްސްޓެންޝަން ފީވެސް މީރާއަށް ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެ އިދާރާއަށް ނުލިބޭ ފީއެކެވެ.

ގްރީން ޓެކްސްއާއި އެއާޕޯޓް ޓެކްސް އިތުރުވީ މި އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު އިތުރުވުމާ ގުޅިގެން ކަމަށް މީރާއިން ބުންޏެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު މި އަހަރުގެ އޮކްޓޯބަރު މަހު އައި ޓޫރިސްޓުންގެ އަދަދު ވަނީ ހަތް ގުނަ އިތުރުވެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

13 މާރިޗު 2017
ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް

ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް

24 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު