Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕޮގްބާ ޔުނައިޓެޑް ދޫކޮށްލުން

ގަދަކަމުން ޔުނައިޓެޑުގައި ޕޮގްބާ ނުބަހައްޓާނެ: ރަންގްނިކް

11 ޑިސެމްބަރު 2021 | ހޮނިހިރު 10:27

ޖެނުއަރީގައި ޕޮގްބާ ޔުނައިޓެޑް ދޫކޮށްލާނެކަމުގެ އިޝާރާތެއް ވަނީ ދީފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 11 ޑިސެމްބަރު 2021 | ހޮނިހިރު 10:27
ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ

ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ

ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ބޭނުންނުވާ ނަމަ، ގަދަކަމުން އެ ޓީމުގައި އޭނާ މަޑުނުކުރުވާނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ރަލްފް ރަންގްނިކް ބުނެފިއެވެ.

އުމުރުން 28 އަހަރުގެ ޕޮގްބާ ޔުނައިޓެޑުގެ އެއްބަސްވުމުގައި ހުރީ މި ސީޒަނުގެ ނިޔަލަށެވެ. އަންނަ އަހަރުގެ ޖޫން މަހު ޕޮގްބާގެ އެއްބަސްވުން ހަމަވާއިރު، މިހާތަނަށް ޔުނައިޓެޑުން ހުށަހެޅި އައު އެއްބަސްވުމަށް ޕޮގްބާގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ލިބިފައިނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ ކުރިން ޕޮގްބާގެ އޭޖެންޓް މިނޯ ރައިއޯލާ ވަނީ ޔުނައިޓެޑުގައި ޕޮގްބާ ހުރީ ހިތްހަމަޖެހިގެން ނޫން ކަމަށާއި، އެހެންކަމުން ޔުނައިޓެޑް ދޫކޮށް އެހެން ކުލަބަކަށް ޕޮގްބާ ބަދަލުވާން ޖެހޭ ކަމަށް ބުނެފައެވެ.

މި ސީޒަން ނިމުމުން ޕޮގްބާގެ އެއްބަސްވުން ހަމަވާއިރު، ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ޕޮގްބާ ވިއްކާލަން ޔުނައިޓެޑަށް މަޖުބޫރުވާނެއެވެ. އެއީ ޖެނުއަރީ މަހު އޭނާ ވިއްކާނުލެވިއްޖެނަމަ، އަންނަ އަހަރުގެ ހޫނު މޫސުމުގައި ހިލޭ ޓްރާންސްފާއެއްގެ ދަށުން ޕޮގްބާއަށް ކުލަބު ބަދަލުކުރެވޭނެތީއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ނޯވިޗް ސިޓީއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޔުނައިޓަޑުގެ ކޯޗު ރަންގްނިކް ބުނީ ޕޮގްބާ ޔުނައިޓެޑުގައި ބަހައްޓަން ބޭނުންވިޔަސް، އޭނާ ބޭނުންނުވާނަމަ އެކަން ނުކުރާނެ ކަމަށެވެ. އަދި ޔުނައިޓެޑް ފަދަ ބޮޑު ޓީމަކަށް ކުޅެން ބޭނުންނުވާ ކުޅުންތެރިއެއްގެ ވިސްނުން ބަދަލުކޮށްގެން އެކަން ކުރުވަން ބޭނުންނުވާ ކަމަށްވެސް ވަނީ ބުނެފައެވެ.

ގަދަކަމުން ޔުނައިޓެޑުގައި ޕޮގްބާ ނުބަހައްޓާނެ ކަމަށް ރަންގްނިކް ބުނިއިރު، ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ޕޮގްބާ އެ ޓީމު ދޫކޮށްލާނެކަމުގެ އިޝާރާތެއް އޭނާގެ އޭޖެންޓް ވަނީ ދީފައެވެ. އެގޮތުން ދާދި ފަހުން ދިން އިންޓަވިއުއެއްގައި ރައިއޯލާ ބުނީ ޑިސެމްބަރު މަހަކީ ހުވަފެންތަކުގައި ކުލަޖެހިގެންދާ މަސް ކަމަށާއި، އަދި އޭނާއަށް ޕޮގްބާގެ ހުވަފެނެއް ހަގީގަތަކަށް ވިޔަނުދީ ނުހިފެހެއްޓޭނެ ކަމަށެވެ.

މީގެ ކުރިން އެތައް ފަހަރަކު ޔުނައިޓެޑް ދޫކޮށްލަން ޕޮގްބާ މަސައްކަތް ކޮށްފައިވާއިރު، އޭނާ ހޯދުމަށް ރެއާލް މެޑްރިޑާއި، ޔުވެންޓަސް އަދި ޕީއެސްޖީންވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި މީގެ ކުރިން ޕޮގްބާ ވަނީ ކޮންމެވެސް ދުވަހަކުން ރެއާލަށް ކުޅުމަކީ ދެކެމުން އަންނަ ހުވަފެނެއް ކަމަށްވެސް ބުނެފައެވެ.

ޔުނައިޓެޑުން 2010 ވަނަ އަހަރު ކެރިއަރު ފެށި ޕޮގްބާ މީގެ ކުރިން ވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުން ޔުވެންޓަސްއަށް ބަދަލުވެ އެ ޓީމުގައި ހަތަރު ސީޒަން ހޭދަކޮށްފައެވެ. އޭގެ ފަހުން އަނެއްކާވެސް ޕޮގްބާ އަނބުރާ ޔުނައިޓެޑަށް ބަދަލުވީ 2016 ވަނަ އަހަރު 105 މިލިޔަން ޔޫރޯއަށެވެ. ޕޮގްބާ ވަނީ މިހާތަނަށް ޔުނައިޓެޑާއެކު އިނގިރޭސި ލީގު ކަޕުގެ އިތުރަށް ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

20 މާރިޗު 2018

މެސީއަކީ ތަފާތު ކުޅުންތެރިޔެއް: ޕޮގްބާ

20 މާރިޗު 2018
މެސީއަކީ ތަފާތު ކުޅުންތެރިޔެއް: ޕޮގްބާ
07 ޑިސެމްބަރު 2017

ސިޓީ ބަލިނުކުރެވޭ ނަމަ ކުޅުން ހުއްޓާލާނަން: ޕޮގްބާ

07 ޑިސެމްބަރު 2017
ސިޓީ ބަލިނުކުރެވޭ ނަމަ ކުޅުން ހުއްޓާލާނަން: ޕޮގްބާ
30 ސެޕްޓެމްބަރު 2017

ޕޮގްބާގެ އެނބުރި އައުމަށް ދިގު މުއްދަތެއް ނަގާނެ: މޮރީނިއޯ

30 ސެޕްޓެމްބަރު 2017
ޕޮގްބާގެ އެނބުރި އައުމަށް ދިގު މުއްދަތެއް ނަގާނެ: މޮރީނިއޯ
31 އޯގަސްޓު 2017

ޕޮގްބާއަށް ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ: މަކެލޭލޭ

31 އޯގަސްޓު 2017
ޕޮގްބާއަށް ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ: މަކެލޭލޭ
22 އޯގަސްޓު 2017

މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު މިޑްފީލްޑަރަކީ ޕޮގްބާ: މާޝިއާލް

22 އޯގަސްޓު 2017
މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު މިޑްފީލްޑަރަކީ ޕޮގްބާ: މާޝިއާލް
16 އޯގަސްޓު 2017

އަހަރެން ޔުނައިޓެޑަށް އައީ ޕްރިމިއާ ލީގު ހޯދަން: ޕޮގްބާ

16 އޯގަސްޓު 2017
އަހަރެން ޔުނައިޓެޑަށް އައީ ޕްރިމިއާ ލީގު ހޯދަން: ޕޮގްބާ
17 ޖުލައި 2017

ޔުނައިޓެޑުގައި 2021 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރަން ރޮމޭރޯ ނިންމައިފި

17 ޖުލައި 2017
ޔުނައިޓެޑުގައި 2021 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރަން ރޮމޭރޯ ނިންމައިފި
07 ޖުލައި 2017

ޕޮގްބާއާ އެކު ލުކާކޫ ލޮސް އެންޖެލަސްގައި ތަމްރީން ހަދައިފި

07 ޖުލައި 2017
ޕޮގްބާއާ އެކު ލުކާކޫ ލޮސް އެންޖެލަސްގައި ތަމްރީން ހަދައިފި
17 މެއި 2017

ސައުތްހެމްޓަނާ ދެކޮޅަށް ކުޅޭ މެޗުގައި ޕޮގްބާ ނުކުޅޭނެ: މޮރީނިއޯ

17 މެއި 2017
ސައުތްހެމްޓަނާ ދެކޮޅަށް ކުޅޭ މެޗުގައި ޕޮގްބާ ނުކުޅޭނެ: މޮރީނިއޯ
10 މެއި 2017

ޕޮގްބާގެ ޓްރާންސްފާގެ ތަފްސީލު ދިނުމަށް ފީފާއިން ޔުނައިޓެޑަށް އަންގައިފި

10 މެއި 2017
ޕޮގްބާގެ ޓްރާންސްފާގެ ތަފްސީލު ދިނުމަށް ފީފާއިން ޔުނައިޓެޑަށް އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް