Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕައުލް ޕޮގްބާ

ސިޓީ ބަލިނުކުރެވޭ ނަމަ ކުޅުން ހުއްޓާލާނަން: ޕޮގްބާ

މެންޗެސްޓާ ޑާބީގައި ސަސްޕެންޝަނުގެ ސަބަބުން ޕޮގްބާއަށް ނުކުޅެވޭނެ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 7 ޑިސެމްބަރު 2017 | ބުރާސްފަތި 09:55
ޕައުލް ޕޮގްބާ: ސިޓީ އާއި ޔުނައިޓެޑް ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނެ

ޕައުލް ޕޮގްބާ: ސިޓީ އާއި ޔުނައިޓެޑް ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނެ

މެންޗެސްޓާ ސިޓީއަކީ ބަލިކުރެވޭނެ ޓީމެއް ކަމަށާއި އެ ޓީމު ބަލިނުކުރެވޭ ނަމަ ފުޓްބޯޅަ ކުޅުން ހުއްޓާލާނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑް ކުޅެމުން އަންނަ ފްރާންސްގެ ހުނަރުވެރި މިޑްފީލްޑަރު ޕައުލް ޕޮގްބާ ބުނެފިއެވެ.

އާދިއްތަ ދުވަހު ޔުނައިޓެޑާއި ސިޓީ ބައްދަލުކުރާ މެންޗެސްޓާ ޑާބީގައި ސަސްޕެންޝަނުގެ ސަބަބުން ޕޮގްބާއަށް ނުކުޅެވޭނެއެވެ. އޭނާ ސަސްޕެންޑްވީ މިދިޔަ ހަފްތާގައި އާސެނަލް އަތުން 3-1 ގެ ނަތީޖާއަކުން ޔުނައިޓެޑް މޮޅުވި މެޗުގައި އާސެނަލްގެ ހެކްޓާރ ބެލެރީންއަށް ކުރި ނުރައްކާތެރި ފައުލްއަކާ ގުޅިގެން ދެއްކި ރަތް ކާޑެއްގެ ސަބަބުންނެވެ.

މެންޗެސްޓާ ޑާބީ ސިޓީ އިން ކާމިޔާބު ކޮށްފި ނަމަ ޔުނައިޓެޑާއި އެ ޓީމާ ދެމެދު އޮތް ޕޮއިންޓްގެ ފަރަގު 11 ޕޮއިންޓަށް ފުޅާވެގެންދާނެއެވެ.

ޔުނައިޓެޑްގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ޕޮގްބާ ބުނީ ސިޓީ ކިތަންމެ ކުރީގައި އޮތް ނަމަވެސް އެ ޓީމު އަތުލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި ސިޓީ އަތުނުލެނޭކަން ގަބޫލް ކުރާ ނަމަ އޭނާ ފުޓްބޯޅަ ކުޅުން ހުއްޓާލާނެ ކަމަށެވެ.

މި ދެ ޓީމަކީ އެއް ސިޓީއަކަށް ނިސްބަތްވާ ދެ ޓީމަށްވާއިރު ޕޮގްބާ ބުނީ އެ މެޗުގައި އޭނާ ކުޅެން ބޭނުންވާ ކަމަށާއި ނުކުޅެވުނު ކަމުގައި ވިޔަސް ޓީމުގެ އެހެން ކުޅުންތެރިންނަށް ހިތްވަރު ދިނުމުގައި އޭނާ ދެމިހުންނާނެ ކަމަށެވެ. ހަމައެހެންމެ އެ މެޗަކީ ދުނިޔޭގެ ފުޓްބޯޅައިގައި ވެސް ކުޅެވޭ އެންމެ ބޮޑު މެޗުތަކުގެ ތެރޭގައި ހިމެނޭ މެޗެއް ކަމަށާއި އޭނާއަށް ނުކުޅެވުނު ނަމަވެސް ޓީމުގެ ކުޅުންތެރިން އެ މެޗުގައި ނަތީޖާ ނެރޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ސިޓީއަކީ ކޮލިޓީ ޓީމެއް ކަން ފާހަގަކުރަމުން ޕޮގްބާ ބުނީ މިކަހަލަ މެޗުތަކުން މޮޅުވުމަށް ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެންމެ އިސްކަމެއް ދޭންޖެހޭނީ އެޓޭކް ވަރުގަދަ ކުރަން ކަމަށެވެ. ޕޮގްބާ ބުނީ ސިޓީ އެއްވަނައިގައި އޮތީ ނަސީބަކުން ނޫން ކަމަށާއި ސިޓީއަށް އެއްވަނައިގައި ދެމި އޮވެވެނީ އެ ޓީމުގެ ކުޅުންތެރިން ދައްކާ ކުޅުމުގެ ސަބަބުން ކަމަށެވެ. އެގޮތުން ސިޓީގެ ކުޅުންތެރިންނާ އެއްވަރަށް ޔުނައިޓެޑްގެ ކުޅުންތެރިން ވެސް ނަފްސާނީ ގޮތުން ވަރުގަދަވާން ޖެހޭ ކަމަށް ޕޮގްބާ ފާހަގަކުރިއެވެ.

މި ސީޒަނުގެ ޕްރިމިއާ ލީގުގައި އެންމެ ރަނގަޅު ނަތީޖާތަކެއް ހޯދަމުންދާ މި ދެ ޓީމުގެ ކުރިމަތިލުން ވެގެންދާނީ ޕްރިމިއާ ލީގުގައި ފެނިގެންދާނެ އެންމެ ވަރުގަދަ ކުރިމަތިލުމަށެވެ. ތާވަލުގެ ކުރީގައި ކުޅުނު 15 މެޗުން ލިބުނު 43 ޕޮއިންޓާއެކު ސިޓީ އޮތްއިރު ދެވަނައިގައި 35 ޕޮއިންޓާއެކު އޮތީ ޔުނައިޓެޑްއެވެ.

ލީގުގެ އެންމެ މޮޅު ޑިފެންސްއާއި އެންމެ މޮޅު އެޓޭކްގެ ކުރިމަތިލުން ފެށޭނީ އަންނަ އާދިއްތަ ދުވަހުގެ ރޭ 9:30 ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު