Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލުކާކޫ އަދި ޕޮގްބާ

ޕޮގްބާއާ އެކު ލުކާކޫ ލޮސް އެންޖެލަސްގައި ތަމްރީން ހަދައިފި

ލުކާކޫ އެމެރިކާއަށް ދިޔައީ ޔުނައިޓެޑާއެކު މެޑިކަލް ހަދަން

ލީވާން އަލީ
ލީވާން އަލީ | 7 ޖުލައި 2017 | ހުކުރު 13:22
ލުކާކޫ (ވ) އަދި ޕޮގްބާ (ކ) އެކުގައި

ލުކާކޫ (ވ) އަދި ޕޮގްބާ (ކ) އެކުގައި

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕައުލް ޕޮގްބާއާ އެކު އެ ކްލަބަށް ބަދަލުވާނެ ކަމަށް ބެލެވޭ އެވަޓަންގެ ފޯވާޑް ރޮމެލޫ ލުކާކޫ ތަމްރީން ހަދައިފި އެވެ.

ރިޕޯޓްތައް ބުނާގޮތުން މި ސީޒަނަށްފަހު ޔުނައިޓެޑަށް ލުކާކޫ ބަދަލުވާނެ އެވެ. އެގޮތުން އޭނާ މިވަގުތު އެމެރިކާގައި ހުރީ މެޑިކަލް ހެދުމަށެވެ. އެހެންނަމަވެސް މީގެއިން އެއްވެސް ކަމެއް އަދި ކަށަވަރެއްނުވެއެވެ.

ގާތް ދެ ރަހްމަތްތެރިން ކަމަށްވާ ލުކާކޫ އަދި ޕޮގްބާ ލޮސް އެންޖަލަސްގައި ތަމްރީންތައް ހަދަމުންދާ ފޮޓޯތައް އާންމުވެފައިވާއިރު، ގިނަ ބަޔަކު ބުނަމުން އަންނަނީ މިފަހަރު ލުކާކޫ ޔުނައިޓެޑަށް ބަދަލުވާނެ ކަމަށެވެ.

ޔުނައިޓެޑުން ރެއާލްގެ ފޯވާޑް ހަމޭސް ރޮޑްރިގޭޒް ހޯދުމަށް މަސައްކަތްކޮށްފައިވާއިރު، އެ ކްލަބަށް ރެއާލް އިން ހުށަހަޅާ އަގު ބޮޑުވެގެން އެކަމަށް އެއްބަހެއް ނުވެއެވެ. ހަމޭސް ވިއްކާލަން ރެއާލް އިން އެއްބަސްވެފައިވަނީ 90 މިލިއަން ޕައުންޑު ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންނަމަވެސް ލުކާކޫ ވިއްކާލަން އެވަޓަން އިން ވަނީ 75 މިލިއަން ޕައުންޑަށް އެއްބަސްވެފައިކަމަށް ރިޕޯޓްތައް ބުނެއެވެ.

ސްކައި ސްޕޯޓްސް އަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޗެލްސީން ހޯދުމަށް މަސައްކަތްކުރަމުން އަންނަ ލުކާކޫ ބުނީ އޭނާ އާއި އޭނާގެ އެޖެންޓަށް ދެން ވާން އޮތް ގޮތް އެނގޭ ކަމަށާއި، މާގިނަ ދުވަސްތަކެއް ނުވެ އެކަން އެންމެންނަށް އެނގިގެންދާނެ ކަމަށެވެ.

ލުކާކޫ ވަނީ އެކިފަހަރުގެ މަތިން އެވަޓަންއާއެކު އޭނާގެ އެއްބަސްވުން އިތުރުކުރުމަށް މަޝްވަރާކޮށްފައެވެ. އެހެންނަމަވެސް ރިޕޯޓްތައް ބުނާގޮތުން ލުކާކޫ ބޭނުންވާގޮތަށް އަދިވެސް އެވަޓަންއަށް އެއްބަސްވުން ނެހެދެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން އުމުރުން 23 އަހަރުގެ ލުކާކޫ ޗެމްޕިއަންސް ލީގު ކުޅުމުގެ ފުރުސަތު ހޯދުމަށް އޭނާ ކުރިޔަށް އޮތް ސީޒަނަށް އެހެން ކްލަބަކަށް ބަދަލުވާނެ ކަމަށް ވަނީ ބެލެވިފައެވެ.

ޗެލްސީން 2014 ވަނަ އަހަރު އެވަޓަންއަށް ބަދަލުވި ލުކާކޫ ވަނީ ވެސްޓްބްރޮމް އަށް ވެސް ކުޅެފައެވެ. ޗެލްސީއާއެކު ދެ ސީޒަން ހޭދަކޮށްފައިވާ ލުކާކޫ ވަނީ އެ ޓީމަށް 15 މެޗު ކުޅެދީފައެވެ.

މީގެ އިތުރުން އޭނާ ވަނީ މިހާތަނަށް އެވަޓަން އަށް ކުޅުނު 219 މެޗުގައި 104 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ ބެލްޖިއަމް ޓީމަށް ކުޅުނު 57 މެޗުގައި 20 ލަނޑު ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
07 ޖެނުއަރީ 2017

ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ

07 ޖެނުއަރީ 2017
ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު